ކޮވިޑް-19: އެންމެ ފަހުގެ

18,742,160
  • ކޮވިޑް-19: ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ވެސްޓް ހޭމުން ނިންމައިފި
  • ކޮވިޑް-19: ކެނީ ޑަލްގިޝް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
  • ދަރިވަރުން މޮބައިލް ފޯނުގެ ޚިދުމަތް ހޯދާ ފަރާތުގެ މަޢުލޫމާތު އެއްކުރުމުގެ ސާރވޭ ފޯމު ފުރުމަށް އިލްތިމާސްކޮށްފި
 
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ވެސްޓް ހޭމުން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އަރައިގަތުމަށް، ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ވެސްޓް ހޭމް ޔުނައިޓެޑުން ނިންމައިފި އެވެ.

ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ވެސްޓް ހޭމުން ނިންމިއިރު، އެޓީމަކީ ޕްރިމިއާ ލީގުން ކުޅުންތެރިންގެ މުސާރަ ކުޑަކުރި ދެވަނަ ޓީމެވެ. މީގެ ކުރިން ސައުތެމްޓަނުން ވަނީ ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗާއި އޮފިޝަލުންގެ އިތުރުން ބޯޑް މެމްބަރުންގެވެސް މުސާރަވެސް ކުޑަކޮށްފައެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 01:27
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ކެނީ ޑަލްގިޝް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ލިވަޕޫލްގެ ކުރީގެ ފޯވާޑް އަދި އެޓީމުގެ ކުރީގެ ކޯޗު ސާ ކެނީ ޑަލްގިޝް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޑަލްގިޝް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ މިދިޔަ ބުދަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 00:34
Writer Profile Picture
އުމްނާ އިސްމާއިލް
ދަރިވަރުން މޮބައިލް ފޯނުގެ ޚިދުމަތް ހޯދާ ފަރާތުގެ މަޢުލޫމާތު އެއްކުރުމުގެ ސާރވޭ ފޯމު ފުރުމަށް އިލްތިމާސްކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ކޮލެޖް އަދި ޔުނިވަރސިޓީތައް ބަންދުކުރުމުގެ މުއްދަތު އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، އޮންލައިންކޮށް ކިޔަވައި ދިނުމުގައި ދަރިވަރުންނަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ދަރިވަރުން މޮބައިލް ފޯނުގެ ޚިދުމަތް ހޯދާ ފަރާތުގެ(ދިރާގު/އޫރީދޫ) މަޢުލޫމާތު އެއްކުރުމުގެ ސާރވޭ ފޯމު ހުރިހާ ދަރިވަރުންވެސް ފުރުމަށް އިލްތިމާސްކޮށްފިއެވެ.

bit.ly/MobileData-IUM

10 އޭޕްރިލް 2020 | ހުކުރު 18:37
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 90،000 އަށްވުރެ މައްޗަށް އަރައިފި

ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 90،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

އެންމެފަހުގެ ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 91,830 އަށް ވަނީ އަރާފަ އެވެ. އަދި ޖުމްލަ 1,555,019 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، 345,834 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތުގެ އެކްޓިވް ކޭސްތަކުގެ ޖުމްލައަކީ 1,117,355 އެވެ. އަދި އޭގެތެރެއިން 48,510 މީހުންނަށް ކްރިޓިކަލް ހާލަތުގައި ފަރުވާދެމުން އަންނަކަމަށް ހިސާބުތައް ދައްކަ އެވެ.

ހިސާބުތައް ދައްކާގޮތުން މިވަގުތު ވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފަިއވަނީ އެމެރިކާގަ އެވެ. އެ ޤައުމުގައި ޖުމްލަ 440,735 ޕޮޒިޓިވްވެފައިވާއިރު، 15,826 މީހުން ވަނީ މަރުވެފަ އެވެ. އަދި ފާއިތުވި 24 ގަޑިއިރުގައި 5,808 އިތުރު ކޭސްއެއް ފެނިފައިވެއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 21:50
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކާފިއު އިތުރު ނުކުރީ ކޮމިއުނިޓީ ސްޕްރެޑްއެއް ނެތުމުން، ރާއްޖޭގެ ހާލަތަށް ބަލުމަށްފަހު: ޑރ. އަލީ ލަތީފް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ކާފިއުގެ ވަގުތު ހަމަވުމުން ގިނަ ބަޔަކު ރަށުތެރެޔަށް ނިކުމެ އުޅުނު މަންޒަރު ފެނުނު ކަމަށެވެ. އަދި އެހީ ވަރަށް ދެރަކަމެއްކަން ފާހަގަކުރައްވާ ޑރ. އަލީ ލަތީފް ވިދާޅުވީ އެކަމުގެ ސަބަބުން ކާފިއުގެ ބޭނުން ކެނޑޭކަމަށެވެ. އަދި ކާފިއުގެ ވަގުތު ޤައުމުތަކުން އިތުރުކުރިނަމަވެސް، ރާއްޖެގެ ހާލަތަށް ބަލާއިރު ކޮމިއުނިޓީ ސްޕްރެޑްއެއް ނެތުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ ކާފިއު އުވާލިނަމަވެސް މަގުތަކަށް ނުނިކުތުމަށް އިލްތިމާސްކުރާކަމަށެވެ. އަދި މިއީ ސީރިއަސްކަމެއްގެ ގޮތުގައި ނެގުމަށް ޑރ. އެދިވަޑއިގެންނެވި އެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 21:25
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކާފިއު އުވާލީ، ކަމާބެހޭ ފަރާތްތައް މަޝްވަރާކުރުމަށްފަހު: މިނިސްޓަރ އަމީން

ދަރުބާރު ގޭގައި ބައްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ކާފިއު އުވާލުމަށް ނިންމީ މަޝްވަރާތައް ކުރުމަށްފަހު އެ ލުއި ދިނުމަށް ފެނުމުން ކަމަށެވެ. އަދި އެގޮތަށް ނިންމުމުގައި މިވަގުތު ހާލަތަށް ރިޔާއަތްކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވަނީ ކާފިއު ކުރިއަސްގެންދިޔައިރު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 21:21
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ގްރޭޑް 1 އިން 6 ގެ ދަރިވަރުންނަށް ޓެލެކްލާސްތައް ފަށާނަން: މިނިސްޓަރ އާއިޝަތު އަލީ

ދަރުބާރު ގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެމެޖެންސީ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލެންތައް އެކުލަވާލާފައިވާކަމަށެވެ. އަދި އެކި ލެވަލްތަކުގައި އަމަލުކުރާނެ ގޮތްތައް ވަކިވަކިން އެކުލަވާލާފައިވާކަމަށާއި، ދަރިވަރުންނަށް ކްލާސްތައް ނަގައިދިނުމުގައި ދުނިޔޭގެ އެހެން ޤައުމުތަކުން އަމަލުކުރަމުން އަންނަ ގޮތްތައް ބަލައި ދިރާސާކޮށްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޓެލަކްލާސްތަކުގެ އިތުރުން ގޫގުލް ކްލާ މެދުވެރިކޮށް ދަރިވަރުންނާއި މުއާމަލާތްކޮށްގެން ކްލާސްތައް ނަގައިދެމުން އަންނަ ކަމަށެވެ. އަދި އިންޓަނެޓް އަދި ޓީވީ ނުލިބޭ ފަރާތްތައްވެސް ދެނެގެނެ، އެ ކުދިންނަށް ތައުލީމް ފޯރުކޮށްދެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 21:14
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޭސްއެއް ނުފެންނަތާ މަދު ދުވަސްކޮޅެއްވިނަމަވެސް މިއީ ކަން ފަސެހަކޮށްލަންވީ ވަގުތެއް ނޫން: މިނިސްޓަރ އަމީން

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވް ކޭސްތަކެއް ނުފެންނަތާ ދުވަސްކޮޅެއްވުމަކީ ނުވަތަ ޝައްކުކުރެވޭ މީހުންގެ އަދަދު މަދުވުމަކީ ކަން ފަސޭހަކޮށްލަންވީ ވަގުތު ނޫން ކަމަށެވެ. އަދިވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކޮށް، މިނިސްޓަރ ވިދާޅުވީ ރިސޯޓުތަކުންވެސް ތެދު މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ. އަދި ބަޔެއްފަހަރު ހުމާއި ރޯގާގެ ކޭސްތައް ފެނުމުން ކަން ފަސޭހަކޮށްލާ ނުވަތަ މައުލޫމާތު ހިއްސާކުރުމަށް ޖެހިލުންވާ ވަގުތު އަންނަ ކަމަށެވެ. މިނިސްޓަރ ވަނީ އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 21:08
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އާއި ގުޅިގެން ބަހްރައިންގަ ތާށިވި ސައުދީގެ ރައްޔިތުންގެ ފުރަތަމަ ބެޗު ސައުދީއަށް ގޮސްފި

ކޮވިޑް-19 އާއި ގުޅިގެން ބަހްރައިންގައި ތާށިވި ސައުދީޢަރަބިއްޔާގެ ރައްޔިތުންގެ ތެރެއިން 196 މީހުން މިއަދު ސައުދީއަށް ގެންގޮސްފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 19:40
Writer Profile Picture
ޒިހްނަތު ހަސަން
ސޯނޫގެ ހޮޓެލް ސިއްހީ މަސައްކަތްތެރިންނަށް ހުޅުވާލައިފި

ބޮލީވުޑްގެ އެކްޓަރ ސޯނޫ ސުއޫދުގެ ހޮޓެލް ޞިއްޙީ މަސައްކަތްތެރިންނަށް ހުޅުވާލައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 19:31
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް ރަނގަޅުވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު އުމުރުން 18 އަހަރުގެ ޑެނިއަލް މަލްޑިނީ ރަނގަޅުވެއްޖެ އެވެ.

ދެބަފައިން މި ވައިރަހުން ރަނގަޅުބެފައިވާ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އޭސީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު ޕައުލޯ މަލްޑިނީ އާއި އެޓީމުގެ މިޑްފީލްޑަރު ޑެނިއަލް މަލްޑިނީ ވައިރަހަށް ޕޮޒިޓިވްވީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު އެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ވައިރަހުގެ ސަބަބުން ދެބަފައިންގެ ތެރެއިން އެންމެ ބޮޑަށް އަސަރުކުރީ ޑެނިއަލް އަށެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 18:56
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސިއަކާއި ޑައިރެކްޓް ކޮންޓެކްވި ދިވެއްސެއްގެ ސާމްޕަލް ނަގަނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސިއަކާއި ޑައިރެކްޓް ކޮންޓެކްވި ދިވެއްސެއްގެ ސާމްޕަލް ނަގުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 18:34
Writer Profile Picture
ޒިހްނަތު ހަސަން
ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް: ޕީޖީ ޝަމީމު

ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ކުރުމުގެ ނިޒާމަކީ ޢަދުލުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 18:33
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19ގެ ބަލިމަޑުކަމާއި ކުރިމަތިލުމަށް، ގުޅިގެން ފިޔަވަޅު އެޅުމަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19)ގެ ބަލިމަޑުކަމާއި ކުރިމަތިލުމަށް މެންބަރު ޤައުމުތައް ގުޅިގެން ފިޔަވަޅު އެޅުމަށް އޯގައިނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް(އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް އަލް އުޘައިމީން ގޮވާލައްވައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 17:31
Writer Profile Picture
ޒިހްނަތު ހަސަން
އަންނަ ހަފުތާގައިވެސް ސްކޫލުތަކާއި ތަޢުލީމު ފޯރުކޮށްދޭ އެންމެހާ ތަންތަން ބަންދު

އަންނަ ހަފުތާގައިވެސް ތަޢުލީމު ފޯރުކޮށްދޭ އެންމެހާ ތަންތަން ބަންދު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 17:10
Writer Profile Picture
ޒިހްނަތު ހަސަން
ވުހާން ލޮކްޑައުންކޮށްފައި އޮތްއޮތުން ނިމުމަކަށް އައުމާއެކު ފުރަތަމަ ދުވަހުވެސް 620,000 މީހުން އެކިތަންތަނަށް ދަތުރުކުރި

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީ ލޮކްޑައުން ކޮށްފައި އޮތްއޮތުން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ނިމުމަކަށް ގެނައުމާއެކު އެދުވަހު އެކަނިވެސް އެގައުމުގެ 620،000 ށް ވުރެ ގިނަ މީހުން އެއް ތަނުން އަނެއްތަނަށް ދަތުރުކޮށްފައިވާކަމަށް އެސިޓީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 16:14
Writer Profile Picture
ޒިހްނަތު ހަސަން
މާލެސިޓީގައި އިއުލާނުކުރި ކާފިއުގެ އަމުރު އުވާލައިފި

މާލެސިޓީގައި އިއުލާނުކުރި ކާފިއުގެ އަމުރު އުވާލައިފިއެވެ.

ބުރާސްފަތި ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، އޭޕްރީލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ކާފިއު އުވާލާފައިވާ ކަމަށެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 15:50
Writer Profile Picture
ޒިހްނަތު ހަސަން
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުކުރުމާ މެދު މިއަދު ގޮތެއް ނިންމާނެ

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ކުރުމާ މެދު މިއަދު ގޮތެއް ނިންމާނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 15:23
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އާއި ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ، ޖަޕާނުގެ ސްޓޭޓް މިިނިސްޓަރ ފޮރ ފޮރިން އެފެއަރޒްއާއި މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރޒް ކެންޖީ ވަކާމިޔާއާއި މަޝްވަރާ ކުރައްވައިފިއެވެ. މިމަޝްވަރާއަށް ފަހު ފޮރިން މިނިސްޓަރ ޝާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކާމިޔާބު މަޝްވަރާއެއް ކެންޖީއާއެކު ކުރެއްވުނު ކަމަށެވެ. އަދި ކޮވިޑް-19 ފެތުުރިފައިވާ ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި ޖަޕާނުން އަދާކުރަމުންދާ މުހިންމު ދައުރު ރާއްޖެއިން ބަލައިގަންނަކަމަށް ވިދާޅުވެފައިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 15:22
Writer Profile Picture
ޒިހްނަތު ހަސަން
އެސްއެމްއީގެ ޚިދުމަތް އަންނަ ހަފުތާގައި ލިބޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު

ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފuތާވެސް ސަރުކާރުން ބަންދުކުރަން ނިންމާފައިވާތީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ޚިދުމަތް އަންނަ ހަފުތާގައި ލިބޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށް އެ ބޭންކުން ބުނެފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 15:09
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ސައުތެމްޓަނުން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އަރައިގަތުމަށް، ކުޅުންތެރިންގެ މުސާރަ ކުޑަކުން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައުތެމްޓަނުން ނިންމައިފި އެވެ.

ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ސައުތެމްޓަނުން ނިންމިއިރު، މިއީ ޕްރިމިއާ ލީގުގެ ކްލަބަކުން ކުޅުންތެރިންގެ މުސާރަ ކުޑަކުރި ފުރަތަމަ ފަހަރެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 15:08
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ޖެހިފައިވާ 4 މީހުން އޮޅިގެން އިންޑިއާގެ ހޮސްޕިޓަލަކުން ދޫކޮށްލައިފި

އިންޑިއާގެ ޓެމިންނާޑޫގެ ހޮސްޕިޓަލަކުން އޮޅިގެން ކޮވިޑް-19 ޖެހިފައިވާ 4 މީހަކު ދޫކޮށްލައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 13:26
Writer Profile Picture
ޒިހްނަތު ހަސަން
ޓްވީޓާގެ ފައުންޑަރ އޭނާގެ މާލިއްޔަތުން އެއް ބިލިއަން ޑޮލަރު ކޮވިޑް-19ގެ ރިލީފް ފަންޑަށް ހަދިޔާ ކޮށްފި

އެމެރިކާގެ ރައްޔިތެއްކަމަށްވާ ކޮމްޕިއުޓަރ ޕްރޮގްރާމަރ އަދި މަޝްހޫރު ސޯޝަލް ނެޓްވަރކް ޓްވިޓަރގެ ފައުންޑަރ އަދި ސީއީއޯ ޖެކް ޕެޓްރިކް ޑޯސީ އޭނާގެ މާލިއްޔާއިން 1 ބިލިއަން ޑޮލަރު ކޮވިޑް-19 ރިލީފް ފަންޑަށް ހަދިޔާ ކުރައްވައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 13:26
Writer Profile Picture
ޒިހްނަތު ހަސަން
އެމްއެމްއޭ އާއި ބޭންކުތައް އަންނަ ހަފުތާގައި ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު

ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފުތާވެސް ސަރުކާރު ބަންދުކޮށްފައިވާތީ މިދުވަސްތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ އަންނަ ހަފުތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 12:10
Writer Profile Picture
ޒިހްނަތު ހަސަން
ޓްރިވެންޑްރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިނަށް 'ކެއަރ ޕެކެޖް' ފޮނުވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން ޓްރިވެންޑްރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 11 އޭޕްރީލް ގައި ޓްރިވެންޑްރަމް އަށް ދަތުރުކުރާ ފްލައިޓުން އެތާނގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 11:59