ރައީސް ޔާމީނުގެ ޝަރީއަތް ( 4 އޯގަަސްޓް 2019)

  • ދިފާއީ ވަކީލުން ފާހަގަކުރި އިިޖުރާއީ ދިފާއުގެ ކަންކަން
  • ދިފާއީ ވަކީލުން ފާހަގަކުރި ކަންކަން
  • ރައީސް ޔާމީނުގެ ޝަރީއަތް ފަށައިފި
 
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއީ ވަކީލުން ފާހަގަކުރި އިިޖުރާއީ ދިފާއުގެ ކަންކަން

ދެވަނަ ދިފާއު:

ޝަރީއަތްތައް ދުރަށް ދައްކާނަމަ ވަކި އުސޫލެއް ކަނޑައަޅައި ބަޔާންކުރަން ޖެހޭ ކަމަށް އޮތް ނަމަވެސް އެ އުސޫލު އަދި ފެންނަން ނެތްކަން އިޖުރާއީ ދިފާއެއްގެ ގޮތުން ފާހަގަކޮށްފައިވޭ.

މިއީ ތަފާތު ނުކުރުމާއި ހަމަހަމަ ނުކުރުމުުގެ ހައްޤާއި ޚިލާފުވުންކަން ފާހަގަކުރެއްވި.

އަދި އެ މާއްދާ އޮންނަނީ ޤަވާއިދުގެ ކޮން ބައެއްގައިކަން ގާޒީ ހައިލަމް ސުވާލު ކުރެއްވުމުން އެފަދަ އުސޫލެއް ނެތް ކަމަށް ވަކީލުން އިއުތިރާފުވި.

4 އޯގަސްޓް 2019 | އާދީއްތަ 11:05
Writer Profile Picture
ލައިޝާ އަހްމަދު
ދިފާއީ ވަކީލުން ފާހަގަކުރި ކަންކަން

އިޖުރާއީ ގޮތުން ފާހަގަކުރާ ދިފާއެއްގެ ގޮތުން ދައުވާ ހުށައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް ކަމަށް ބަޔާންކުރެއްވި.

ފުރަތަމަ ކަމެއްގެ ގޮތުން : ދައުވާ ހުށައަޅާފައިވާ ފޯމު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ފޯމާ އެއްގޮތަށް ނޫންކަންވެސް ފާހަގަކުރެއްވި

އެގޮތުން

-ތުހުމަތު ކުރެވޭ މީހާއާއި ރިފަރެންސް ނަންބަރު އިތުރުކޮށްފައިވާކަން

-އިޤްރާރު ކިޔާ ބައެއް ފޯމަށް އިތުރުކޮށްފައިވާކަން

-ރައްދުވާ ކޯޓުގެ ނަން ނެތްކަން

4 އޯގަސްޓް 2019 | އާދީއްތަ 11:02
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ޔާމީނުގެ ޝަރީއަތް ފަށައިފި

ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގ ގެ ދައުވާގެ ޝަރީއަތް ފަށައިފި. ޝަރީއަތުގެ މަންޒަރުތައް ޓީވީތަކުން ދަނީ ލައިވް ކުރަމުން.

4 އޯގަސްޓް 2019 | އާދީއްތަ 10:58
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ޔާމީނުވެސް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެއްޖެ.

ރައީސް ޔާމީނުވެސް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެއްޖެ. އެމަނިކުފާނު މިވަގުތު ވަކީލުންގެ ޓީމާއި ވާހަކަފުޅުދައްކަވަމުންދޭ.

4 އޯގަސްޓް 2019 | އާދީއްތަ 10:55
Writer Profile Picture
ލައިޝާ އަހްމަދު
ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެއްޖެ.

ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދުގެ އިތުރުން ދައުލަތުގެ ވަކީލުންގެ ޓީމުގެ ދެ ވަކީލަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެއްޖެ.

ދިފާއީ ވަކީލުންވެސް ވަނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައި،

ޝަރީއަތުގެ މަޖިލީހުގައި ބައެއް ނޫސްވެރިންނާއި ޝަރީއަތް ބަލަން ހާޒިރުވެ ތިބި ބައެއް ފަރާތްތައް ތިބިކަން ފާހަގަކޮށްލެވޭ.

4 އޯގަސްޓް 2019 | އާދީއްތަ 10:54
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ޔާމީނުވެސް ކްރިމިނަލް ކޯޓަށް ވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ދިފާއީ ވަކީލުންވެސް ކްރިމިނަލް ކޯޓަށް ވަޑައިގެންފި.

ކުރީގެ ރައީސް ޔާމީނު ކްރިމިނަލް ކޯޓަށް ވަޑައިގަތުން
4 އޯގަސްޓް 2019 | އާދީއްތަ 10:39
Writer Profile Picture
ލައިޝާ އަހްމަދު
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދް ކްރިމިނަލް ކޯޓަށް ހާޒިރުވުން
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ
4 އޯގަސްޓް 2019 | އާދީއްތަ 10:32
Writer Profile Picture
ލައިޝާ އަހްމަދު
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ކްރިމިނަލް ކޯޓަށް ވަޑައިގެންފި

ދައުލަތުން ހުށައަޅާފައިވާ ޝަފަވީ ހެއްކެއް ކަމަށްވާ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ދާދި ދެންމެ ކްރިމިނަލް ކޯޓަށް ވަޑައިގެންފި

4 އޯގަސްޓް 2019 | އާދީއްތަ 10:29
Writer Profile Picture
ލައިޝާ އަހްމަދު
ކްރިމިނަލް ކޯޓު ސަރަހައްދަށް ބައެއް އާންމުން އެއްވަން ފަށައިފި
ކްރިމިނަލް ކޯޓު ސަރަހައްދުގައި އާންމުންގެ ބަޔަކު މަޑުކޮށްލައިގެން
4 އޯގަސްޓް 2019 | އާދީއްތަ 10:27
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ޔާމީނުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގެ ތެރެއިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
4 އޯގަސްޓް 2019 | އާދީއްތަ 10:18
Writer Profile Picture
ލައިޝާ އަހްމަދު
މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮތީ 21 ޖުލައި 2019 ގައި

އޭރު ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމުގެ ގޮތުގައި ރައީސް އަބްދުﷲ ޔާމިންގެ ވަކީލުންގެ ޓީމުން ފަސްކަމެއް ހުށައެޅި، އަދި ކޮންމެ ނުކުތާއަކާއި ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު ދެއްވި

އެ 5 ހުށައެޅުންވެސް ބަލައި ނުގަތުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ނިންމަވާފައި.

4 އޯގަސްޓް 2019 | އާދީއްތަ 09:52
Writer Profile Picture
ލައިޝާ އަހްމަދު
ދައުލަތުން ޝަފަވީ ހެކީގެ ގޮތުގައި 8 ހެއްކެއް ހުށައަޅާފައިވޭ

1- އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ

2- އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު

3- ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

4- ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު

5- އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު

6- ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް

7- ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް

8- މުހައްމަދު ވަސީމް އިސްމާއިލް

4 އޯގަސްޓް 2019 | އާދީއްތަ 09:35
Writer Profile Picture
ލައިޝާ އަހްމަދު
ޝަރީއަތް ފެށޭނީ މިއަދު 10:30 ގައި

މިއަދުގެ އަޑުއެހުމަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނަގާ އަޑުއެހުން.

4 އޯގަސްޓް 2019 | އާދީއްތަ 09:33