ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް

  • ރައީސް ޔާމިންގެ ދިފާއުން ފާހަގަކުރި ނުކުތާތައް
  • ރައީސް ޔާމިންގެ ދިފާއުން ފާހަގަކުރި ނުކުތާތައް
  • ގާޒީ ހައިލަމް
 
Writer Profile Picture
އަމަން ހަލީމް
ރައީސް ޔާމިންގެ ދިފާއުން ފާހަގަކުރި ނުކުތާތައް

ޝައްކު އުފެދިފައިވާ މުއާމަލާތެއް ކަމަށް ނޭނގޭ ހިނދުގައި ކުށެއް ކުރިކަމަށް ނުބެލެވޭނެ.

21 ޖުލައި 2019 | އާދީއްތަ 13:53
Writer Profile Picture
އަމަން ހަލީމް
ރައީސް ޔާމިންގެ ދިފާއުން ފާހަގަކުރި ނުކުތާތައް

އެކަށީގެންވާ ސަބަބުތަކެއް މައްޗަށް ބިނާކުރެވޭ ޝައްކުކުރެވެން ޖެހެނީ ކޮން ފަރާތަކަށްތޯއާއި އެ ޝައްކާ ބެހޭ މައުލޫމާތު ލިބުނީ ކޮން އިރަކުތޯ ދައުވާގެ ތެރޭގައި ހިމެނިފައެއް ނުވޭ

21 ޖުލައި 2019 | އާދީއްތަ 13:49
Writer Profile Picture
އަލީ ސަމާޚް
ގާޒީ ހައިލަމް

ދައުލަތުން ވަގުތު ބަޔާން ނުކުރެވުނަސް ޝަރިޔަތުން މައްސަލަ ކުރިޔަށް ގެންދެވޭނެ

21 ޖުލައި 2019 | އާދީއްތަ 13:49
Writer Profile Picture
އަމަން ހަލީމް
ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތައް

އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނި އެހެން ފަރާތެއްގެ އަތުން ހޯދި ފައިސާ. އެއީ އޭސީސީއާ އެކު ވެވުނު އެކްސްކްރޯ އެއްބަސްވުމާ ޙިލާފުކަމެއް.

21 ޖުލައި 2019 | އާދީއްތަ 13:45
Writer Profile Picture
އަލީ ސަމާޚް
ޔާމިންގެ ވަކީލުން

ޔާމީން ކުށް ކުރި ކަމަށް ބުނާ ވަގުތެއް ތާރީހެއް ނެތް ދައުވާގައެއްނެތް. ޖިނާއި އިޖުރާތުގެ 82 ވަނަ މާއްދަގެ ބ އާ ހިލާފު

21 ޖުލައި 2019 | އާދީއްތަ 13:44
Writer Profile Picture
އަމަން ހަލީމް
ރައީސް ޔާމިންގެ މައްޗަށް ކުރެވޭ ދައުވާގެ ތަފްސީލް

މި މައްސަލައިގައި ހިމެނޭ ފައިސާއަކާއި އެމްއެމްއެމްޕީއާރްސީ އިން ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށް ރައީސް ޔާމިންއަށް އެނގިހުރެ ކަމަށް ދައުލަތުން ބުނަނީ 7 ފެބްރުއަރީ 2017 ވަނަ ދުވަހު ސުވާލުކުރަމަށް ފަހު، އެ ފައިސާއިން މަންފާ ހޯދުމުގެ ގޮތުން ބަދަލުކުރުމާ ގުޅިގެން

21 ޖުލައި 2019 | އާދީއްތަ 13:42
Writer Profile Picture
އަލީ ސަމާޚް
ރައީސް ޔާމިން އަށް ކުރާ ދައުވާ

ޝައްކު ކުރެވުނު ހާލަތެއް ދައުވާ ގައި ބަޔާން ކޮށްފައެއް ނުވޭ: ޔާމީންގެ ވަކީލުން

21 ޖުލައި 2019 | އާދީއްތަ 13:35
Writer Profile Picture
އަމަން ހަލީމް
ރައީސް ޔާމިންގެ މައްޗަށް ކުރާ ދައުވާ

ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުންނާއި އެ ފައިސާއިން މަންފާ ހޯދުމުގެ ގޮތުން ޖަމާކޮށްފައިވަނީ 14 މާރޗް 2017. މިއީ އޭސީސީން މައްސަލައިގެ ތަހުގީގު ފަށާ އެކްސްކޯރޯ އެއްބަސްވުމާ ޙިލާފަށް ހިންގާފައިވާ އަމަލެއް

21 ޖުލައި 2019 | އާދީއްތަ 13:32
Writer Profile Picture
އަމަން ހަލީމް
ދައުލަތުން ފާހަގަކުރި ކަންކަން

ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ދައުވާއަކީ މަނީ ލޯންޑަރިންގެ އަދި ޓެރަރިޒަމްއަށް ފަންޑު ކުރުން ހުއްޓުވުމުގެ ގާނޫނު 10/2014 ކަނޑައަޅާފައިވާ ކުށް ބަޔާންކުރާ އުސޫލުގެ ތެރެއިން

21 ޖުލައި 2019 | އާދީއްތަ 13:26
Writer Profile Picture
އަމަން ހަލީމް
ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމުގެ ގޮތުގައި ދިފާއުން 5 ކަމެއް ހުށަހަޅައިފި

ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމުގެ ގޮތުގައި ރައީސް އަބްދުﷲ ޔާމިންގެ ވަކީލުންގެ ޓީމުން ފަސްކަމެއް ވަނީ ހުށަހަޅާފަ އެވެ. ކޮންމެ ނުކުތާއަކާއި ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު އަންނަނީ ދެމުންނެވެ.

21 ޖުލައި 2019 | އާދީއްތަ 13:22
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޝަރީއަތް ކުރިއަށްގެންދަނީ ޓީވީތަކުން ލައިވްކޮށްގެން

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަނީ ޓީވީތަކުން ވަގުތުން ފެންނާނެގޮތަށެވެ.

21 ޖުލައި 2019 | އާދީއްތަ 13:22