މަޖިލިސް 19

  • ވޯޓުލާ ސަރަހައްދުތަކުގެ އާންމު ހާލަތު ރަނގަޅު-ފުލުހުން
  • އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަކްރަމް
  • އޮޕަރޭޝަން ބްލޫ ޓައިޑް
 
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލާ ސަރަހައްދުތަކުގެ އާންމު ހާލަތު ރަނގަޅު-ފުލުހުން

ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާންމު ހާލަތު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދޭ 

6 އޭޕްރިލް 2019 | ހޮނިހިރު 08:30
Writer Profile Picture
ލައިޝާ އަހްމަދު
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަކްރަމް

މިހާތަނަށް ވޯޓުލުން ފެށިފައި ނުވަނީ ހަމައެކަނި ތިލަފުށީގައި ކަމަށް އަކްރަމް ވިދާޅުވި. އަދި ވޯޓުލުން ލަސްވަމުންދަނީ ވޯޓުލާ ތަކެތި ވެއްދުމުގައި ދިމާވި ދަތިތަކެއްގެ ސަަބަބުން ކަމަށާއި، އެކަން ހައްލުކޮށް ވީހާވެސް އަވަހަށް ވޯޓުލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަަމަށްވެސް ވިދާޅުވި

6 އޭޕްރިލް 2019 | ހޮނިހިރު 08:22
Writer Profile Picture
ލައިޝާ އަހްމަދު
އޮޕަރޭޝަން ބްލޫ ޓައިޑް

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަަކައި އަދި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ވަނީ "އޮޕަރޭޝަން ބްލޫޓައިޑް" ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި. އެގޮތުން އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ތަމްރީނުތައްދީ، އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގައި ހަރަކާތްތެރިވާ ފުލުހުން އެތަންތަނަށް ގޮސް ނިމިފައިވާއިރު، އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ތައްޔާރުވުމަށް ކުރަމުންއައި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ފުލުހުން މައުލޫމާތުދޭ

6 އޭޕްރިލް 2019 | ހޮނިހިރު 08:18
Writer Profile Picture
ލައިޝާ އަހްމަދު
ވޯޓުލާ ހުރިހާ ރަށެއްގައިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުން

 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫޓައިޑް އިއްޔެ ފަށާފައިވާއިރު، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ޤައުމުތަކުގައާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާނެ.- ފުލުހުން

ފުލުހުންގެ އޮޕަރޭޝަން ބްލޫ ޓައިޑް

 

 

6 އޭޕްރިލް 2019 | ހޮނިހިރު 08:14
Writer Profile Picture
ލައިޝާ އަހްމަދު
ހޯރަފުށީގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ

 ހއ ހޯރަފުށީގައި ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭ. އެ ދައިރާއަށް 2 ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވާއިރު، ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 3423 މީހުންނަށް

ހޯރަފުށީގައި ވޯޓުލުން ކުރިއަށްދަނީ
6 އޭޕްރިލް 2019 | ހޮނިހިރު 08:07
Writer Profile Picture
ލައިޝާ އަހްމަދު
މަޖިލިސް 2019 ގެ ކޯޑިނޭޓަރުން

މަޖިލިސް 2019ގެ ކޯޑިނޭޓަރުން އިލެކްޓޯރަލް މެނޭޖްމަންޓް ސެންޓަރުގައި ހަރަކާތްތެރިވަމުން އެބަދޭ  

އިލެކްޓޯރަލް މެނޭޖްމަންޓް ސެންޓަރު
6 އޭޕްރިލް 2019 | ހޮނިހިރު 08:03
Writer Profile Picture
ލައިޝާ އަހްމަދު
ކ.ކާށިދޫގައި ވޯޓުލުމުގެ ތައްޔާރީތައް ކުރިއަށްދަނީ
Caption

 

 

ކާށިދޫ ދާއިރާއަށް 6 ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވޭ. އަދި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 2615 މީހުން ކާށިދޫ ދާއިރާގައި ވޭ

 

 

6 އޭޕްރިލް 2019 | ހޮނިހިރު 08:00
Writer Profile Picture
ލައިޝާ އަހްމަދު
މަޖީދިއްޔާ ސުކޫލު ތެރޭގައި ވޯޓުލާން ކިއޫ ހަދާފައި

މަޖީދިއްޔާ ސުކޫލުގައި 7 ވޯޓު ފޮއްޓެއް ބެހެއްޓިފައިވޭ. އޭގެ ތެރޭގައި ހިމެނެނީ ރ އަތޮޅާއި އައްޑޫ އަތޮޅުގެ ވޯޓު ފޮށިތައް

6 އޭޕްރިލް 2019 | ހޮނިހިރު 07:54
Writer Profile Picture
އަމްނާ އިމާދު
މަޖިލިސް އިންތިޚާބު 2019

އަމާންއޮމާން ކަމާއެކު އިންތިޚާބީ އެންމެހައި މަސައްކަތައް ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ގޮވާލައްވައިފިއެވެ. 

ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވީ މައްސަލައެއް ދިމާވި ނަމަވެސް ގާނޫނާ ގަވާއިދާއެއް ގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ ރާއްޖޭގައި ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދިއިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 9:30 އިން ރޭގަނޑު ހަވީރު 5:30 އަށެވެ.

6 އޭޕްރިލް 2019 | ހޮނިހިރު 07:50
Writer Profile Picture
ލައިޝާ އަހްމަދު
ކިއޫގައި ނުޖެހި ވޯޓުލެވޭ މީހުން

އިލެކްޝަންސް ކޮމިޝަނުން ފާސް ދޫކޮށްފައިވާ ފަރާތްތައް

ދޮށީއުމުރުގެ މީހުން

ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން

ފުލުހުން

މާބަނޑު އަންެހެނުން

އުރާވަރުގެ ތުއްތު ކުދިން ގޮވައިގެން ގޮސް ތިބޭ މީހުންނެވެ

6 އޭޕްރިލް 2019 | ހޮނިހިރު 07:44
Writer Profile Picture
އަމްނާ އިމާދު
ވޯޓުލާން ކިޔުގައި
ފޭދޫގައި ވޯޓުލުމަށް ކިޔުގައި ޖެހިފައި 

މަޖިިލިސް އިންތިޚާބަށް ސަރުކާރުގެ މައިޕާޓީ އެމްޑީޕީން 85 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. ޕީޕީއެމްގެ 27 އަދި ޕީއެންސީގެ 20 ކެންޑިޑޭޓުން ނުކުންނައިރު ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އަމިއްލަ ގޮތުން ޖުމްލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

މިއިންތިޚާބުގައި ފުރަތަމަ ފަހަރަށް ރައީސްކަން ކުރެއްވި ބޭފުޅަކު ވާދަކުރައްވައެވެ.

މިއިންތިހާބުގައި ރާއްޖެ އާއި ބޭރުގެ ބައެއް ގައުމުތަކާއެކު 501 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

6 އޭޕްރިލް 2019 | ހޮނިހިރު 07:40
Writer Profile Picture
ލައިޝާ އަހްމަދު
އޮފިޝަލުންނާއި ސެކިއުރިޓީ ފޮށިތައް މާލޭ ސިޓީ ސަރަހައްދުތަކަށް ފޮނުވުން

 

6 އޭޕްރިލް 2019 | ހޮނިހިރު 07:33
Writer Profile Picture
އަމްނާ އިމާދު
ވޯޓު ފޮށިތައް މަރުކަޒުތަކަށް ގެންދަނީ

19 ވަނަ ރައްޔިތުން މަޖިލިސްގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ހެނދުނު 8:00 ވޯޓުލުން ފަށާނެ. 

 

6 އޭޕްރިލް 2019 | ހޮނިހިރު 07:18
Writer Profile Picture
އަލީ ސަމާޚް
ވޯޓުލާން ކިޔުގައި

އަދ. ހިމަންދޫ ސްކޫލުގައި ވޯޓުލަން ބަޔަކު ކިޔުގައި ޖެހިގެން 

Caption
6 އޭޕްރިލް 2019 | ހޮނިހިރު 06:46
Writer Profile Picture
އަލީ ސަމާޚް
ވޯޓު ފޮށިތައް މަރުކަޒުތަކަށް ގެންދަނީ

 މާލޭގެ މަރުކަޒުތަކަށް ވޯޓު ފޮށިތައް ގެންދިޔުމަށް ދަރުބާރުގޭގައި ފޮށިތައް ތައްޔާރުކޮށްފައި  

 

6 އޭޕްރިލް 2019 | ހޮނިހިރު 06:43
Writer Profile Picture
އަލީ ސަމާޚް
މަޖިލީސް އިންތިހާބަށް ތައްޔާރު ވެފައި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ފޮށިތައް ހުންނަ ސަރަހައްދުގައި މީހުން ކިޔު ޖެހެން ފަށައިފި

6 އޭޕްރިލް 2019 | ހޮނިހިރު 06:35