ފަލަ ސުރުޚީ: އިލެކްޝަންސް ކޮމިޝަނުން ޕާޓީތައް ރެގިއުލޭޓް ކުރުން

  • އިލެކްޝަންސް މެންބަރުން އަދި ގޮޅިތަކަށް ފެތޭނެ
  • ޖޫރިމަނާކުރުން ނޫން ކަމެއް ނެތް ކޮށްދީފައެއް. 
  • ޕާޓީތަކުގެއެތެރޭގެ ކަންކަމާ ބެހޭކަށް ނުޖެހޭ
 
Writer Profile Picture
އަހުމަދު މުހުސިނު
އިލެކްޝަންސް މެންބަރުން އަދި ގޮޅިތަކަށް ފެތޭނެ

ނިޔާޒް: އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުގައި އޮތް އެއްޗެއް ނޭނގެނީކީ ނޫން. އެމީހުންނަށް އެނގޭނެ. މިނޫން ދުވަހެއް އައްޔާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާމެދު ދައުވާ ކުރެވޭނެ. ހާލަތު ބަދަލުވާނެ. ގޮޅިތަކަށް ފެތޭނެ. 

15 އޭޕްރިލް 2018 | އާދީއްތަ 22:09
Writer Profile Picture
އަހުމަދު މުހުސިނު
ޖޫރިމަނާކުރުން ނޫން ކަމެއް ނެތް ކޮށްދީފައެއް. 

ނިޔާޒް: 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް މާލޭގައި ޖަލްސާއެއް ބާއްވާކަށް ފުރުސަތެއް ނުލިބޭ. ޖޫރިމަނާކުރުން ނޫން ކަމެއް ނެތް ކޮށްދީފައެއް. މުޒާހަރާ ކުރުމަކީވެސް ދައުލަތް ޖަވާބު ދާރީކުރަން ކުރަން ޖެހޭ ކަމެއް. އެކަން ކުރީތީވެސް އެބައޮތް ޖޫރިމަނާކޮށްފައި 

15 އޭޕްރިލް 2018 | އާދީއްތަ 22:06
Writer Profile Picture
އަހުމަދު މުހުސިނު
ޕާޓީތަކުގެއެތެރޭގެ ކަންކަމާ ބެހޭކަށް ނުޖެހޭ

ނިޔާޒް: ފުށުއަރާ ކަންތައްތަކަކީ އެފަދަ ކަންތައްތަކެއް ނޫން. މިސާލަކަށް ކައުންސިލް ބައްދަލުވުން ނުވަތަ ޕްރައިމަރީ ބޭއްވުމަކީ އެފަދަ ކަންކަން. އެކަންކަމުގެ ތެރެއަށް އިލެކްޝަނުން ނުޖެހޭ ވަންނާކަށް. އެއީ ޕާޓީތަކުގެ އަމިއްލަ ކަންކަން 

އަޅުގަނޑުމެންގެ އެތެރޭގެ އިންތިޚާބު ތަކަކީ ވާދަވެރިކަމާ ފޯރީގައި ކުރިއަށްދާ އެއްޗެއް. މޮނިޓަރ ކުރުމުގެ ފުރުސަތު އިލެކްޝަނަށްވެސް އޮންނާނެ . 

15 އޭޕްރިލް 2018 | އާދީއްތަ 22:04
Writer Profile Picture
އަހުމަދު މުހުސިނު
ފުވާދަކީ ހުރިހާ ޕާޓީއަކުން ގެނައި މީހެއް

ނިޔާޒް: ފުރަތަމަވެސް މި ބުނަނީ ތިމަންނަ ކަނޑައަޅާ މީހެކޭ އިންތިޚާބުގައި ވާދަކުރާނީ. ތިމަންނާއޭ ޕްރައިމަރީ ބާއްވާނީ . ޝަރީފަށްވުރެ 4 މެންބަރުން މާ ގޯސް. އެބޭފުޅުން މަޖިލިސް 12 މެންބަރުން ގޮނޑި ގެއްލުވާލީ. އަދިވެސް އެއުޅެނީ އެއްޗެއް ނުބުނެ.

ފުވާދު ތައުފީގަކީ ހުރިހާ ޕާޓީތަކުން މެންބަރުން ކަނޑައަޅައިގެން އެމަޤާމަށް ޕާޓީތަކުން ގެނައި މީހެއް. އެގޮތަކަށް ނޫން ޝަރީފް އެހުރީކީ

15 އޭޕްރިލް 2018 | އާދީއްތަ 21:57
Writer Profile Picture
އަހުމަދު މުހުސިނު
ކޮންކަމެއްތޯ ރެގިއުލޭޓް ނުކުރެވިގެން މިއުޅެނީ

ނިޔާޒް: ކޮންކަމެއްތޯ ރެގިއުލޭޓް ނުކުރެވިގެން މިއުޅެނީ. އަޅުގަނޑުމެން މިދަނީ އަހަރުން އަހަރަށް ހުށަހަޅަން ޖެހޭ ރިޕޯޓް ހުށަހަޅަމުން. އިންޓަނޭޝަނަލް އޮޑިޓަރެއް ލައްވާ އޮޑިޓް ކޮށްފައި މިހުށަހަޅަނީ. ރާއްޖޭގެ ކުންފުނިތަކުންވެސް ދުވަހުން ކުރާ ކަންކަން ނުޖެހޭ ޓްރޭޑަށް އަންގާކަށް

15 އޭޕްރިލް 2018 | އާދީއްތަ 21:52
Writer Profile Picture
އަހުމަދު މުހުސިނު
އެމްޑީޕީގެ ބެލެނިވެރިންނަކީ އެމްޑީޕީގެ ޢާއްމު މެންބަރުން 

ނިޔާޒް:އެމްޑީޕީގެ ބެލެނިވެރިއަކީ އިލެކްޝަނެއް ނޫން. އެމްޑީޕީގެ ބެލެނިވެރިންނަކީ އެމްޑީޕީގެ ޢާއްމު މެންބަރުން 

15 އޭޕްރިލް 2018 | އާދީއްތަ 21:50
Writer Profile Picture
އަހުމަދު މުހުސިނު
އެއުޅެނީ އިދިކޮޅު ޕާޓީތަކުންވެސް ނުކުންނަން ވާނީ ރައީސް ޔާމީން ކަނޑައަޅާ ބަޔަކަށް ހެދުމަށް

ނިޔާޒް:ރައީސް ޔާމީނަށް ޕީޕީއެްމ ލިބުނުގޮތް އެންމެ ރަނގަޅަށް އެނގޭނީ މިވަގުތު އިލެކްޝަންސް ކޮމިޝަންގެ ރައީސަށް. އެބޭފުޅުންގެ އަސާސީ ޤަވާއިދާވެސް ޚިލާފް. އެހެންވީމާ ޝަރީފްގެ އަމިއްލަ ތަޖްރިބާގައި އެއުޅުއްވަނީ ޕީޕީއެމް ރަނގަޅުކުރަން އެމްޑީޕީއާ ކުޅެން. ދެން އެބައޮތް ޕާޓީތަކުގެ ޤައުމީ މަޖިލީހުގެ ބައްދަލުވުންތައްވެސް ބަލަން. މިހާރުވެސް އެމްޑީޕީގެ ްައުމީ މަޖިލިސް ބާއްވަނީ ލައިވްކޮށްގެން. މިހާރު އެއުޅެނީ އިދިކޮޅު ޕާޓީތަކުންވެސް ނުކުންނަން ވާނީ ރައީސް ޔާމީން ކަނޑައަޅާ ބަޔަކަށް ހެދުމަށް. 

15 އޭޕްރިލް 2018 | އާދީއްތަ 21:49
Writer Profile Picture
އަހުމަދު މުހުސިނު
ހަމަ އަޅުވަފާނެ ކޮންމެފަދަ ގޮތަކަށްވެސް

ނިޔާޒް: ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމާ ބެހޭ މާއްދާއަކީ ސުވާލު ނުއުފެދޭ ގޮތަށް އޮންނަ މާއްދާއެއް. ފައިސާ ދޫކުރުމަށް އޮންނަނީ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ނިންމަން ވާނެއޭ. ފުރަތަމަ 3 މަސް ދުވަހެއް ނާންނާނެ މާޗްގެ ފަސްވީމައެއް. މީ ދެން ވަރަށް ބޮޑު މައްސަލައެއް. ބޮޑެތި ގުނަން ޖެހޭ ބަޔަކު މިގޮތައް ގުނަން އުޅުނީމާ އިތުބާރު ނުކުރެވެނީ. ހަމަ އަޅުވަފާނެ ކޮންމެފަދަ ގޮތަކަށްވެސް

15 އޭޕްރިލް 2018 | އާދީއްތަ 21:45
Writer Profile Picture
އަހުމަދު މުހުސިނު
މިއޮތް ހާލަތައް ވައްޓާލީ އިލެކްޝަންސް ކޮމިޝަނުން

ނިޔާޒް: މިއަދު މިއޮތް ހާލަތައް ވައްޓާލީ އިލެކްޝަންސް ކޮމިޝަން. އެއީ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުން. އަދި އެއަށްފަހު ދެން ކުރަން ޖެހޭ ކަންކަން ނުކުރީތީ. ގޮނޑި ގެއްލުނިއްޔާ އިންތިޚާބު ބާއްވަން ޖެހޭނެ. އެކަން ނުކޮށް ޤައުމު މިހާލަތައް ވައްޓާލީ އެ 5 މެންބަރުން. 

15 އޭޕްރިލް 2018 | އާދީއްތަ 21:42
Writer Profile Picture
އަހުމަދު މުހުސިނު
އެމްޑީޕީއަކީ އިލެކްޝަންސް ކޮމިޝަން އުފެއްދުމުގެ ކުރިންވެސް އޮތް ޕާޓީއެއް

ނިޔާޒް: އެމްޑީޕީއަކީ މިހާރުގެ އިލެކްޝަންސް ކޮމިޝަން އުފެދުމުގެ ކުރިންވެސް އިސްލާހީ މަސައްކަތް ކުރުމަށް އުފައްދާފައިވާ ޕާޓީއެއް. މިހާރު އަޅުގަނޑުމެންނަށް ގޮތްގޮތް ހަދަން ތިޔަ އުޅޭ ސަބަބު ވަރަށް ރަނގަޅަށް އެނގޭ. އެކަމެއް ވިޔަކަ ނުދޭނަން. އިންތިޚާބުގެ ކުރިން އީސީ މިނިވަން ކުރާނަން.

15 އޭޕްރިލް 2018 | އާދީއްތަ 21:40