ފަލަސުރުހީ

  • ނޫސްވެރިން ޤައުމަށްޓަކައި ވަނީ ވަރަށް ބޮޑު ޤުރުބާނީއެއް
  • މަޖިލީހުގެ ރައީސް މަސީހު އަކީ ކާކު؟
  • ބްރޯޑްކާސްޓިންގ ކޮމިޝަން
 
Writer Profile Picture
ސިމާހާ ނަސީމް
ނޫސްވެރިން ޤައުމަށްޓަކައި ވަނީ ވަރަށް ބޮޑު ޤުރުބާނީއެއް

ނޫސްވެރިން ޤައުމަށްޓަކައި ވަނީ ވަރަށް ބޮޑު ޤުރުބާނީއެއް. ދިވެހިރާއްޖޭގެ ނުސްވެރިން ފަހަތަކަށް ނުޖެއްސޭނެ. އެމީހުންނަށް ދަތި ކުރުމުގެ ފިޔަވަޅު އެޅިދާނެ. ނޫސްވެރިން ވަމުންދާ ޤުރުބާނީއަކީ ޤައުމީ ޖިހާދެއް. މި ވެރިކަމުގައި ފަހަރެއްގައި ނޫސްވެރިންނަށް މިނިވަންކަން ނުލިބިދޭނެ އެހެންނަމަވެސް ވަރަށް އަވަހަށް ލިބިގެންދާނެ.

7 އޮކްޓޯބަރ 2017 | ހޮނިހިރު 22:12
Writer Profile Picture
ސިމާހާ ނަސީމް
މަޖިލީހުގެ ރައީސް މަސީހު އަކީ ކާކު؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު އަކީ ރައީސް ޔާމީންގެ އަޅެއް. މަސީހު މީޑިއާގައި މަސައްކަތެއް ނުކުރައްވާ އެހެންވީމައި އެނގިވަޑައެއް ނުގަންނަވާނެ މީޑިއާގެ ކަންތައްތަކެއް. އެންމެ ކުޑަމިނުން މީޑިއާއިން އިންޓަވިއު ނެގުމަށް މަސީހަށް ގުޅުއްވުމުންވެސް އިންޑަވިއުވެސް ދެއްވަން ކެރިވަޑައެއްނުގަންނަވާނެ މަސީހު އަށް.

7 އޮކްޓޯބަރ 2017 | ހޮނިހިރު 22:00
Writer Profile Picture
ސިމާހާ ނަސީމް
ބްރޯޑްކާސްޓިންގ ކޮމިޝަން

ޕީޕީއެމްގެ ވަރަށް ގިނަ ޕާލިމަންޓްރީ ގްރޫޕުން އިރުޝާދު ދިން ރަގަޅު މެމްބަރުން ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަން ކުރަން.

7 އޮކްޓޯބަރ 2017 | ހޮނިހިރު 21:54
Writer Profile Picture
ސިމާހާ ނަސީމް
އަބުރުގެ ބިލް

ޕީޕީއެމް އަބުރުގެ ބިލް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރިއިރު އަޅުގަނޑު އެ ބިލާއި ދެކޮޅަށް ޕީޕީއެމް ޕީޖީ ގްރޫޕްގައި ވާހަކަ ދެއްކެވިން. އަބުރުގެ ބިލް ވުޖޫދަށް ގެނައި ހަޤީޤީ މަޤްސަދަކީ ރާއްޖެޓީވީ ބަންދުކުރުމަށް.

7 އޮކްޓޯބަރ 2017 | ހޮނިހިރު 21:40
Writer Profile Picture
ސިމާހާ ނަސީމް
ރާއްޖޭގައި މިނިވަން މީޑިއާގެ ފުރުސަތު

ރާއްޖޭގައި މިނިވަން މީޑިއާގެ ފުރުސަތު ޤާނޫނު އަސާސީން ލިބީދީފައިވޭ އަދި ނޫސްވެރިކަމުގެ މިނިވަން ކަން ވެސް ލިބިދީފައިވޭ. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކާއި ސިޔާސީ ބޭފުޅުންނާއި މީޑިއާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޙިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށް. ކުރިން މީޑިއާއިން ގޮންޖެހުންތަކާއި އެއްކޮށްވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޮތް.

7 އޮކްޓޯބަރ 2017 | ހޮނިހިރު 21:37
Writer Profile Picture
ސިމާހާ ނަސީމް
ނޫސްވެރިންގެ ދައުރު

ސަރުކާރުގެ ހިންގާ ކޮރަޕްޝަން އާއި ނޭއްގާނީ އަމަލުތައް ދެނެގަތުމުގެ ބާރު ލިބިފައިވަނީ މީޑިއާތަކަށް. މީޑިއާ ނެތް ތަނެއްގައި ސަރުކާރު ޒިންމާދާރު ކުރުވާނެ ފަރާތެއް ވެސް ނުތިބޭނެ އަދި ރައްޔިތުންނަށް ސާފު މައުލޫމާތު ފޯރުކޮށްދެވިގެންވެސް ނުވޭނެ.

7 އޮކްޓޯބަރ 2017 | ހޮނިހިރު 21:31
Writer Profile Picture
ސިމާހާ ނަސީމް
ރާއްޖެޓީވީއަށް ދިން ހަމަލާ

މިއަދަކީ ނޫސްވެރިކަމުގެ ތާރީޙުގައި ވަރަށް ހިތާމަވެރި ދުވަހެއް. ރާއްޖެޓިވީއަށް ދިން ހަމަލާއަކީ ސީދާ ނޫސްވެރިކަމަށް އަމާޒުކޮށްގެން ސިޔާސީ މަޤްސަދެއްގައި ދެވުނު ހަމަލާއެއް. މިފަދަ ނުރައްކާތެރި ހަމަލާއެއް ދެވި ހަތަރު އަހަރުވެފައިވާއިރު އަދިވެސް އިންސާފެއް ނުލިބޭ. މިކަން ކުށްވެރިކުރަން ހަރުކަށި އިބާރާތުން.

7 އޮކްޓޯބަރ 2017 | ހޮނިހިރު 21:25
Writer Profile Picture
ސިމާހާ ނަސީމް
ފަލަސުރުހީ

މިރޭގެ ފަލަސުރުޙީ މެހެމާނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު. މިރޭގެ ޕްރޮގްރާމްގައި ވާހަކަދައްކާނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އޮތް ގޮންޖެހުންތަކުގެ މައްޗަށް 

7 އޮކްޓޯބަރ 2017 | ހޮނިހިރު 21:18