ރޮހިންޖާ މުސްލިމުންނަށް އެހީވާ ޓެލެތޯން

  • ވިލިމާލޭ ފެރީ ޓާމިނަލްގައިވެސް ފަންޑް ފޮއްޓެއް ބަހައްޓައިފި
  • އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
  • !ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް
 
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ވިލިމާލޭ ފެރީ ޓާމިނަލްގައިވެސް ފަންޑް ފޮއްޓެއް ބަހައްޓައިފި

މިއަދު ހެދުނު ވިލިމާލޭ ފެރީ ޓާމިނަލްގައި ވަނީ "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގެ ފަންޑު ފޮއްޓެއް ބަހައްޓާފަ

11 ސެޕްޓެންބަރ 2017 | ހޯމަ 06:50
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

އަޅުގަނޑުމެންފަދަ މުސްލިމުންނަށްޓަކައި ވީމިންވަރަކުން ދީލަތިވެދެއްވާށެވެ. އެކުޑަ ޅަދަރިންގެ ޙައްޤުގައެވެ. އެންމެހާ މުސްލިމުންގެ ޙައްޤުގައެވެ.

11 ސެޕްޓެންބަރ 2017 | ހޯމަ 06:30
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
!ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް

2012 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ އެކު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން އެއް ލައްކަ އަށް ވުރެ ގިނަ ރައްޔިތުންވަނީ ބަންގްލަދޭޝައަށް ހިޖުރަ ކޮށްފަ

11 ސެޕްޓެންބަރ 2017 | ހޯމަ 06:29
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދެކޭގޮތުގައި ރޮހިންޖާ މުސްލިމުންނަށް އިންސާނީ ހައްގުތައް ލިބޭނީ ރޮހިންޖާ ސަރުކާރުން އެމީހުންނަކީ އެގައުމުގެ ރައްޔިތުންކަން ބަލައިގަނެ އެ ހައްގުތައް އެމީހުންނަށް ކަށަވަރުކޮށްދެވިގެން

11 ސެޕްޓެންބަރ 2017 | ހޯމަ 06:28
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
!ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ

ގައުމުތަކަށް ދިރުއުޅުން ބަދަލުކުރުމަށް މަޖުބޫރުވަނީ މިޔަންމާގެ ސިފައިން އެމީހުންގެ އަންހެން ކުދިންގެ އިއްފަތްތެރިކަން ނަގާލުމާއި އަނިޔާކުރުމުގައި މީހުންގެ މުދަލާއި ގެތަކުގައި ރޯކުރުމައި މީހުން މަރަމުންދާތީ ކަމަށް ގައުމުތަކަށް ހިޖުރަކުރާ ރޮހިންޖާ މުސްލިމުން ބުނޭ

11 ސެޕްޓެންބަރ 2017 | ހޯމަ 06:27
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޓެލެތޯންގެ 15 ގަޑިއިރު ފުރިހަމަކުރެވިއްޖެ

ރާއްޖެޓީވީއިން އިސްނަގައިގެން ކުރިޔަށް ގެނެދާ "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯންގެ 15 ގަޑިއިރު ފުރިހަމަ ކުރެވިއްޖެ. ހުއްޓުމެއްނެތި 24 ގަޑިއިރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓެލެތޯން ނިމޭނީ މިއަދު މެންދުރު 2.42 ގަ. މި ޓެލެތޯނަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން 

 

11 ސެޕްޓެންބަރ 2017 | ހޯމަ 05:22
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

މުހައްމަދު ސޮޔޭ އަކީ އުމުރުން 33 އަހަރުގެ ޒުވާނެކެވެ. އޭނާ ނިސްބަތްވަނީ މިޔަންމާގެ ރަކީން ސްޓޭޓްގެ ބުތިޑުއަންގް ޓައުނަށެވެ. އެތަނުން ފިލައިގެން ބަންގްލަދޭޝް އަށް ހިޖްރަކުރީ މީގެ ދިހަވަރަކަށް ދުވަސް ކުރިންނެވެ. މިއީ މުހައްމަދު އަލްޖަޒީރާއަށް ކިޔައި ދިން އޭނާގެ ވާހަކަ

11 ސެޕްޓެންބަރ 2017 | ހޯމަ 04:19
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ރޮހިންޖާ މުސްލިމުން ކަތިލާ ހުސް ކުރަނީ.. މުސްލިމް އުއްމަތް ކޮބާ؟

މިޔަމަންމާގެ މުސްލިމް ކުޑަކުދިންނާ އަންހެނުންނާ ފިރިހެނުން ރޯމާ ދުވާލު ކަތިލަމުން މަރަމުން އެމީހުންގެ ގެދޮރާ މުދާ ސުންނާފަތިކޮށް އަންދާ އަޅިޔަށް ހަދަމުންދާ ދިޔުމަކަށް ހުއްޓުމެއް ނެތެވެ. އެ ޖަރީމާ ހުއްޓުވޭނެ މަގެއް އޮތް ކަމަކަށް ނުވެއެވެ.

11 ސެޕްޓެންބަރ 2017 | ހޯމަ 04:09
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ރޮހިންޖާ މުސްލިމުންގެ ހިތްދަތި ދިރިއުޅުމުން

9 އަހަރުގެ ކުޑަ އަންހެން ކުއްޖަކު އޭނާގެ އެއްއަހަރުގެ ކުޑަ ކޮއްކޮ ގޮވައިގެން މިޔަންމާގެ މިލިޓަރީ ސިފައިންގެ އަނިޔާއިން ސަލަމާތްވުމަށް އެތަށް މޭލެއް ދަތުރުކުރި. ބެލެވޭ ގޮތުގައި މި ދެކުދިންގެ މަންމައާ ބައްޕަ ވަނީ މަރާލެވިފަ

 

11 ސެޕްޓެންބަރ 2017 | ހޯމަ 04:06
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޓެލެތޯނުގައި މިވަގުތު ބައިވެރިވަމުން ދަނީ މުހައްމަދު ޖުނެއިދު

 

11 ސެޕްޓެންބަރ 2017 | ހޯމަ 04:02
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް ޝާޒް ހަދިޔާ ކުރެއްވި ޅެން

ރާއްޖެޓީވީއިން އިސްނަގައިގެން ކުރިޔަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް މަޝްހޫރު ކޮމޭޑިއަން ޝާޒް ހަދިޔާ ކުރެެއްވި ޅެން

11 ސެޕްޓެންބަރ 2017 | ހޯމަ 03:51
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަަށް ހުސައިން ރަމީޒް ހަދިޔާ ކުރެއްވި ލަވަ

ރާއްޖެޓީވީއިން އިސްނަގައިގެން ކުރިޔަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް ހުސައިން ރަމީޒް ހަދިޔާ ކުރެއްވި ދެވަނަ ލަވަ

11 ސެޕްޓެންބަރ 2017 | ހޯމަ 03:50
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް ހުސައިން ރަމީޒް ހަދިޔާ ކުރެއްވި ލަވަ

ރާއްޖެ ޓީވީއިން އިސްނަގައިގެން ކުރިޔަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް ހުސައިން ރަމީޒް ހަދިޔާ ކުރެއްވި ދެ ލަވައިގެ ތެރެއިން ލަވައެއް

 

11 ސެޕްޓެންބަރ 2017 | ހޯމަ 03:48
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގެ އޮފިޝަލް ލަވަ

"ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގެ އޮފިޝަލް ލަވަ. މި ލަވަ ވިދާޅުވީ އަބްދުލް ހަންނާން މޫސާ ދީދީ

 

11 ސެޕްޓެންބަރ 2017 | ހޯމަ 03:46
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ރޮހިންޖާ މުސްލިމުންގެ ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެއް

މިޔަންމާގެ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ ރޮހިންޖާގެ އަންހެނަކު ފައިމަގުގައި 50 މޭލަށް ހިނގައިފި

 

11 ސެޕްޓެންބަރ 2017 | ހޯމަ 03:11
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
އެސްޓާސްއިން ހަދިޔާކުރި އޭސީ ބައްލަވައި ގަނެގެންވެސް ޓެލެތޯންގައި ބައިވެރިވެވޭނެ

އެސްޓާސްއިން ހަދިޔާކުރި އޭސީ ބައްލަވައި ގަނެގެންވެސް "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯންގައި ބައިވެރިވެވޭނެ. ވަގުތުން ބައްލަވައި ގަންނަވާ ނަމަ އެންމެ 5000 ރުފިޔާއަށް.

 

11 ސެޕްޓެންބަރ 2017 | ހޯމަ 03:07
Writer Profile Picture
ސިމާހާ ނަސީމް
ލަވަ ހަދިޔާކުރުން

ދ ހުޅުދެލިން "ރޮހިންޖާ އާއި އެކު ދިވެހިން" ޓެލެތޯންނަށް ޙާއްސަ ކޮށްގެން "ހަދާފައިވާ އޯޑިއޯ ލަވަ" މާދަމާ ހަދިޔާކުރާނޭ ކަމަށް ހުޅުދެލި ކައުންސިލުން ބުނެފި 

11 ސެޕްޓެންބަރ 2017 | ހޯމަ 02:51
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޓެލެތޯންގައި ހައުސް އޮފް މިއުޒިކްއިންވެސް ބައިވެރިވޭ

 

11 ސެޕްޓެންބަރ 2017 | ހޯމަ 01:55
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޓެލެތޯންގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންވެސް އަންނަނީ ބައިވެރިވަމުން

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގެ ފަސްޓް ރަނަރަޕް ޝަލަބީވެސް ރޮހިންޖާ ރައްޔިތުންނަށް އެހީތެރިވުމަށް ރާއްޖެޓީވީއިން ކުރިޔަށް ގެންދާ ޓެލެތޯންގައި 

 

11 ސެޕްޓެންބަރ 2017 | ހޯމަ 01:53
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ޓެލެތޯނަށް 1 މިލިއަން ރުފިޔާ ލިބިއްޖެ

ރާއްޖެ ޓީވީން އިސްނަގައިގެން ކުރިއަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް އެއް މިލިއަން ރުފިޔާ ލިބިއްޖެ. މި ޓެލެތޯނަށް ލިބުނު އެހީގެ އަދަދު އެއް މިލިއަން ރުފިޔާއަށް އަރާފައި ވަނީ މިރޭ 12:00 ގަ. 1 މިލިއަން ރުފިޔާ ހަމަވެފައިވަނީ ގާތްގަޑަކަށް 10 ގަޑިއިރުތެރޭގައި.

11 ސެޕްޓެންބަރ 2017 | ހޯމަ 00:24
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ވިލިމާލޭ ފަރިޕޮއިންޓް ފިހާރައިގެ މިއަދުގެ ވިޔަފާރީގެ ވަކި ޕަސެންޓެއް ހަދިޔާކުރަން ނިންމައިފި

ވިލިމާލޭ ފަރިޕޮއިންޓް ފިހާރައިގެ މއަދުގެ ވިޔަފާރީގެ 10 ޕަސެންޓް މިޔަންމާގައި އަނިޔާ ލިބެމުން އަންނަ ރޮހިންޔާގެ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖެޓީވީ އިން އިސްނަގައިގެން ކުރިޔަށްދާ ޓެލެތޯނަށް ހަދިޔާ ކުރަން ނިންމައިފ.

10 ސެޕްޓެންބަރ 2017 | އާދީއްތަ 23:24
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
ފަންޑަށް ލިބުނު އެހީގެ އަދަދު 850000 އަށްވުރެ އިތުރުވެއްޖެ

ގިނަ އަދަދެއްގެ ބަޔަކު ދަނީ އަދިވެސް މި ޓެލެތޯނުގައި ބައިވެރިވެ ރޮހިންޖާގައި އަނިޔާ ލިބެމުން އަންނަ މުސްލުމިނުންނަށް އެހީތެރިކަން ފޯރުކޮށްދެމުން 

10 ސެޕްޓެންބަރ 2017 | އާދީއްތަ 23:21
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ރާއްޖެޓިވީގައި ބެހެއްޓިފައިވާ ފަންޑު ފޮށި

މިހާތަނަށް 627،208.56 ރުފިޔާ ވަނީ އެއްކުރެވިފައި

10 ސެޕްޓެންބަރ 2017 | އާދީއްތަ 20:27
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ހުޅުމާލޭގައި ބެހެއްޓިފައިވާ ފަންޑު ފޮށި

ބެހެއްޓިފައިވަނީ ރެހެންދި ނައިޓް މާކެޓް ސަރަހައްދުގައި.  މިރޭ 08:00 އެސަރަހައްދުގައި ފަންޑު ފޮށި ވަނީ ބެހެއްޓިފައި.

10 ސެޕްޓެންބަރ 2017 | އާދީއްތަ 20:19
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ހުޅުމާލޭގައި ބެހެއްޓުނު ފޮށި

ހުޅުމާލޭގައި ބެހެއްޓުނު ފޮށި ވަނީ މެދު ކަނޑާލާފައި. ދެން ފޮށި ބެހެއްޓޭނީ، މިރޭ 20:00 ގަ އެވެ.

10 ސެޕްޓެންބަރ 2017 | އާދީއްތަ 18:29