ރައްޔިތުންގެ މަޖިލިސް: މެމްބަރުން އިހުތިޖާޖު ކުރުން

  • މަޖިލީހުގެ ޖަލްސާ ފެށުން
  • ޕެޓިޝަން ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދެވޭނީ ފާރިސް ހާޒިރު ކުރުމުން ކަމަށް ކޮމެޓީން ނިންމައިފި
  • މަޖިލީހުގައި ހަމަނުޖެހުން ހިނގަމުންދަނިކޮށް ފާރިސް މައުމޫން ކޯޓަށް ހާޒިރު ކޮށްފި
 
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލީހުގެ ޖަލްސާ ފެށުން

މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި މަސީހު އިށީއްނަވާ ޖަލްސާ ކުރިއަށް ގެންގޮސްފައިވޭ. އަދި މަންޒަރުތައް ފެންނަގޮތުން މިއަދުގެ ޖަލްސާ މިވަނީ ނިންމާލާފަ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ "އެއޮތީ ޖަލްސާ ބާއްވާފަ" ކަމަށް ގޮވާލައްވަމުން. 

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔައިރު، މަޖިލީހުން ޖަލްސާގެ ލައިވް ފީޑް ދޫކޮށްފައެއް ނުވޭ. އަދި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ އެހީތެރިކަމާއެކު. 

މަޖިލިސް ރައީސް ރިޔާސަތުގައި، އަރިހުގައި އަމީންއާއްމު

 

31 ޖުލައި 2017 | ހޯމަ 11:06
Writer Profile Picture
މުހައްމަދު ފަޒީން
ޕެޓިޝަން ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދެވޭނީ ފާރިސް ހާޒިރު ކުރުމުން ކަމަށް ކޮމެޓީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވާ، އެކޮމެޓީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެކޮމެޓީއަށް ހާޒިރު ނުކުރައްވާ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ނުގެންދެވޭނެ ކަމަށް އެކޮމެޓީން ނިންމާފައިވާކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. ކޮމެޓީން އެގޮތަށް ނިންމުމުން އެ ކޮމެޓީން އެކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށް ޝާހިދު ވިދާޅުވި.

31 ޖުލައި 2017 | ހޯމަ 10:46
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލީހުގައި ހަމަނުޖެހުން ހިނގަމުންދަނިކޮށް ފާރިސް މައުމޫން ކޯޓަށް ހާޒިރު ކޮށްފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި އިހުތިޖާޖު ކުރަމުން ދަނިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ފާރިސް މައުމޫން ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފި. ފާރިސް ކޯޓަށް ހާޒިރު ކުރައްވާފައިވަނީ ކޮށް ކަމަކާއި ގުޅިގެންކަމެއް އަދި ސާފެއް ނުވެ. މިވަގުތު ފާރިސް ހުންނެވީ ރިޝްވަތު ދިންކަމަށް ބުނާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރައްވާފަ. ނަމަވެސް އެ ދައުވާ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާކަން ވެސް އެނގިފައެއް ނުވޭ. މީގެ އިތުރުންވެސް ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ކުރަމުންދޭ. 

ފާރިސް މައުމޫން

 

31 ޖުލައި 2017 | ހޯމަ 10:36
Writer Profile Picture
މުހައްމަދު ފަޒީން
ސަރުކާރަށް ނިސްބަތްވާ މެމްބަރުން ޖަލްސާކުރާ މާލަމަށް ވަޑައިގެން އިދިކޮޅު މެމްބަރުންނަށް ބަހުގެ ހަމަލާތައް ދަނީ ދެމުން

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ވަދެވަޑައިގެން، އިދިކޮޅު މެމްބަރުނަށް މަހުގެ ހަމަލާތައް ދަނީ ދެމުން. އަދި ކިތައްމެސް ވަރެއް ވިޔަސް ރައީސް ޔާމީން އިސްތިއުފާ ނުދެއްވާނެ ކަމަށް އެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުން. 

 

31 ޖުލައި 2017 | ހޯމަ 10:27
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލީހުގެ ރިޔާސަތު މޭޒާއި އިދާރީ މޭޒު ވަށައިގެން ސިފައިން

މަޖިލީހުގެ ރިޔާސަތު މޭޒާއި އިދާރީ މޭޒު ކައިރިން، ގުލީފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ދުރުކޮށް،  ސިފައިން ވަނީ ވަށާލުމަށްފަހު ރިޔާސަތު މޭޒާއި އިދާރީ މޭޒު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ.

ރިޔާސަތު މޭޒާއި އިދާރީ މޭޒު ކައިރި ސިފައިން ސަފަކަށް އެތުރި

 

31 ޖުލައި 2017 | ހޯމަ 10:21
Writer Profile Picture
މުހައްމަދު ފަޒީން
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު އާއި މެމްބަރުން ދެބަސްވުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ގެންދަވަނީ ސަރުކާރު ކޯލިޝަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކާއި ދެމެދު ބަހުގެ ހަމަލާތައް ދެމުން. 

 

31 ޖުލައި 2017 | ހޯމަ 10:15
Writer Profile Picture
މުހައްމަދު ފަޒީން
މިހާރު މަޖިލީހުގެ ޗެމްބަރު އޮތީ މިލިޓަރީން ކޮންޓްރޯލް ކޮށްފަ: މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން މިވަގުތު އޮތީ މިލިޓަރީ ކޮންޓްރޯލްގެ ދަށުގައި މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ.

 

31 ޖުލައި 2017 | ހޯމަ 10:07
Writer Profile Picture
މުހައްމަދު ފަޒީން
މެމްބަރު މަހްލޫފް ޗެމްބަރުން ނެރެން މަސައްކަތް ކުރަނީ

މަޖިލީހުގެ މެމްބަރުން މަހްލޫފް މަޖިލީހުގެ ޖަލްސާ ކުރާ މާލަމުން ނެރުމަށް ސިފައިން މަސައްކަތް ކުރަނީ 

 

31 ޖުލައި 2017 | ހޯމަ 10:02
Writer Profile Picture
މުހައްމަދު ފަޒީން
މަޖިލީހުގައި ކުރަމުންދާ އިހުތިޖާޖު

މަޖިލީހުގެ ރިޔާސަތުގައި މަހްލޫފާއި ފައްޔާޒު  ޗެމްބަރުގެ ތެރެއިން ސިފައިން ދަނީ މަސައްކަތް ކުރަމުން، ނަމަވެސް އަދި ކާމިޔާބެއް ނުވޭ. 

 

31 ޖުލައި 2017 | ހޯމަ 09:57
Writer Profile Picture
މުހައްމަދު ފަޒީން
ރައްޔިތުންގެ މަޖިލިސް: މެމްބަރުން އިހުތިޖާޖު ކުރުން

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުން ހުއްޓުވައި، ރިޔާސަތުގެ ގޮނޑި މަޖިލީހުގެ މާލަމުން ބޭރުކޮށްފި .

ރިޔާސަތުގެ ގޮނޑި މަޖިލީހުގެ ގޯތިތެރޭގައި ބަހައްޓާފައެވެ. ނަމަވެސް،  ރިޔާސަތުގެ ގޮނޑި ސެކިއުރިޓީން މަޖިލީހުގެ މާލަމަށް ފަހުން ވެއްދި.

ރިޔާސަތުގެ މޭޒުކައިރީގައި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން އަތުރާލާފައިވާއިރު ސެކިއުރިޓީ އޮފިސަރުންގެ ގިނަ އަދަދެއްގެ އޮފިސަރުން ވެސް މާލަމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ރިޔާސަތުގެ ގޮނޑީގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އިންނެވިއިރު، އޭނާ މަޖިލީހުގެ މާލަމުން ބޭރުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވި އެވެ. ރިޔާސަތުގެ ގޮނޑި މަހްލޫފު ނެގުމާއެކު ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް އެ ގޮނޑިގައި އިށީންނެވި އެވެ. އެއަށް ފަހު ގޮނޑި އެކޮޅުކޮޅުން ޖަހައި، ރިޔާސަތުގެ މޭޒުމަތީގައި ބެހެއްޓި.

"މަސީހަކީ މަޖިލީހުގެ ރައީސް ކަމަށް ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި.

ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޖަލްސާ ފެށުން ހުއްޓުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށް ގަބޫލް ނުކުރާތީ އާއި މަޖިލީހުގެ މެމްބަރުންތަކެއް ގާނޫނާ ހިލާފަށް ހައްޔަރުކޮށް، އެ މެމްބަރުން މަޖިލީހަށް ހާޒިރު ނުކުރައްވާތީ.

މިއަދުގެ ޖަލްސާއަކީ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން ބާއްވަން ތާވަލްކުރި ފުރަތަމަ ޖަލްސާ

ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެމްބަރުން މަޖިލީހުގެ މާލަމުގައި ތިއްބެވީ، ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމްގެ ފޮޓޯފުޅު ހުރި މާސްކް އަޅުއްވައިގެން.

މިއަދުގެ ޖަލްސާ ލައިވް ނުކުރާއިރު، ބައެއް މެމްބަރުން ގެންދަވަނީ ފޭސްބުކުންނާއި ޕެރިސްކޯޕުން ލައިވްކުރަމުން.

31 ޖުލައި 2017 | ހޯމަ 09:53