ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

  •  ކުރާ ކޮންމެ ގޯސް ކަމަކުން އޭގެ މައްޗަށް ކުރިހޯދާނަން
  • ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނަގައިފި- އިމްތިޔާޒް
  • އެމްޑީޕީގެ ސްޕޯކްސް ޕާސަން އެމްޕީ އިމްތިޔާޒް ފަހުމީ
 
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
 ކުރާ ކޮންމެ ގޯސް ކަމަކުން އޭގެ މައްޗަށް ކުރިހޯދާނަން

ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރާ އިރު، އުންމީދާއި އެކު މަސައްކަތް ކުރުން. އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދަންޖެހޭނެ.

ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުގަދަކުރަންޖެހޭނެ.

މިކަންކަން ގަބޫލު ކުރުމަށް ދާންދެން ގައުމު މިނިވަނެއްނުވާނެ.

9 ޖުލައި 2017 | އާދީއްތަ 23:20
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނަގައިފި- އިމްތިޔާޒް

މަޖިލީހުގެ ތެރެއިން ކާމިޔާބު ހޯދާނަން.

ދުނިޔޭގެ ތަހުޒީބުވެފައިވާ މުޖުތަމައުތަކުގައި ރައްޔިތުން އުފަލާ ފާގަތިކަމާއެކު އުޅޭނީ މިނިވަން މުއައްސަސާތަކެއް އޮވެގެން. ރައްޔިތުންގެ އިތުބާރު އޮތްތަނެއްކަން ގާއިމް ކޮށްގެން.

ފަނޑިޔާރުންނަށްވެސް އުޅެވެން އޮތީ ރައްޔިތުންގެ އިތުބާރު ލިބިގެން.

ގަދަބާރުން ކަންކަން ކުރުން ހުއްޓާލުމުން ރައްޔިތުންގެ އިތުބާރު ލިބޭނެ

9 ޖުލައި 2017 | އާދީއްތަ 23:16
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
އެމްޑީޕީގެ ސްޕޯކްސް ޕާސަން އެމްޕީ އިމްތިޔާޒް ފަހުމީ

އިންސާނާ ގާތްވެވޭނެ ކަމެއް، ރައީސް ޔާމީނު ބަލިކަށިވުން.

އަބްދުﷲ ރިޔާޒްގެ މައްސަލަ ނިމިގެންދިޔައީ. އެގޮތުގައި ނިމިގެންދިޔައިމަ، އެއީ އިންސާފު ނުވި ކަމަށް ބުނާ އެކަކުވެސް ނެތް. މީގެން ދައްކުވާދެނީ، އިންސާފާއެއްކޮޅަށް ނިމިގެންދިއައިމަ އެއްޗެކޭ ބުނާނެ ބަޔަކު ނުވާނެ ކަން.

ރިލްވާން ވަގަށްނެގި މައްސަލަ ތަހުގީގު ކުރި ނަމަ ރަގަޅުވީސް.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް އިންސާފުހޯދާ ދިނުމަށް މަސައްކަތް ކުރި ނަަމަ ރަގަޅުވީސް.

ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް އިންސާފަށް ހަމަތަކަށް ރުޖޫއަ ވުމަށް މަސައްކަތް ކުރުމަކީ އުފާ ކުރާ ކަމެއް.

9 ޖުލައި 2017 | އާދީއްތަ 23:13
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
މެންބަރު އަރީފު

މިލިއަނުން ބިލިއަނުން ފައިސާ ލިބޭނެ ކަމަށް ބުނެ ނަގަނީ ލޯނު. ކޮންމެ މީހަކީ ވާޖިބާ ޒިންމާތަކެއް ބޮލު އަޅައިގެން އައިސްތިބި ބައެއް.

މިވެރިކަން ދެމި އޮންނަ ކޮންމެ ދުވަހަކީ، އެތަށް ގެއްލުމެށް ރައްޔިތުންނަށް ލިބޭނެ ދުވަހެއް.

9 ޖުލައި 2017 | އާދީއްތަ 23:05
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ނޮޅިވަރަމް ދައިރާގެ މެންބަރު ހުސައިން އަރީފު

ރައްޔިތުން ގައުމުގެ ހާލަތާ މެދުގައި ސުވާލު ކުރައްވާ. މިގައުމުގެ ބޮޑެތި ބޭފުޅުންނަށް ތަފާތު ނަންނަމުގައި އެވަނީ ޖަލު ގޮޅިއަށް ހުކުމް ކުރެވިފައި.. މިއީ ގައުމީ ބޮޑު މުސީބާތެއް

 

9 ޖުލައި 2017 | އާދީއްތަ 22:59
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
މަސީހު މަޤާމުން ވަކި ކުރެވިގެން ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ނުކުރެވޭނެ

 ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެމަގާމުގައި ހުރެގެން ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ނުކުރެވޭނެ.

ބިން މިލްކު ކުރެވޭ ގޮތަށް އޮތް ގާނޫނަކީ ރާއްޖެފަދަ ބިން މަދު ގައުމެއްގައި ފާސްކުރެވިގެންވާނެ ގާނޫނެއް ނޫން.

9 ޖުލައި 2017 | އާދީއްތަ 22:44
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
އިބްރާހިމް އަމީރު

ތައުލީމީ ފުރުސަތުތައް ގާސިމްވަނީ ފޯރުކޮށްދީފަ.

ރާއްޖެފާލުން ނެއްޓޭ ކޮންމެ ދަނޑިވަޅެއްގައި ނިކުންނަނީ ޝެއިހު އިމްރާން އަބްދުﷲ

މި ރާއްޖޭގައި މި އޮތީ ތިން ބާރުވަކިވެފައިވާ ރިޔާސީ ނިޒާމެއް.

އެއްބާރުން އަނެއް ބާރަށް ނުފޫޒް ފޯރުވޭނެ ނިޒާމެއް ނޫން މީ.

9 ޖުލައި 2017 | އާދީއްތަ 22:39
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ތޮއްޑޫ ދައިރާގެ މެންބަރު އިބްރާހިމް ހަސަން

ޝަރުއީ ނިޒާމުގެ ތެރެއިން ލިބުނު މެސެޖަކީ ވަރަށް ވެސް އުފާވެރި މެސެޖެއްކަން.

މިއީ ރައްޔިތުންނަށް ލިބިފައިވާ ނަސްރެއް. މިއަދު ވޯޓު ލިޔަސް މަސީހާ ދެކޮޅަށް 50 މެންބަރުންގެ ވޯޓު ލިބޭނެ

މިމަހުގެ 24 ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މަސީހު އިސްތިއުފާދެއްވާނެ

9 ޖުލައި 2017 | އާދީއްތަ 22:31
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
އަދާލަތްޕާޓީގެ މެންބަރު ތޫބާ ރަޝީދު

ރައްޔިތުންނަށް ކަށަވަރުވާ ކަމަކީ، ރައީސް ނަޝީދުވެސް ރާއްޖެއަށް އައިސް ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވާނެ ކަން.

ރައީސް މައުމޫނަށް ޕީޕީއެމްވެސް ލިބިގެންދާނެ. ކާނަލް ނާޒިމްވެސް އަޅުގަނޑުމެންނާ ގުޅޭނެ.

އަޅުގަނޑުމެންގެ ގައުމުގައި، ނަހަމަގޮތުގައި ކަޅު ފައިސާ ބޭނުންކުރުން އާއްމުކަމަށްވެފައިވާތީ ހަތަރު ލީޑަރުން އެއް ޕްލެޓްފޯމަކަށް އަރަންޖެހުނީ

ދިވެހިރާއްޖޭގައި ދިނީ ސިޔާސަތު އޮތް ގޮތަށް ބަލާ އިރު ރަގަޅު ހުތުބާއެއް ދީފި ނަމަ، އިމާމު އުންނަންޖެހޭނީ ގޭގެ، ޝެއިހަކު ރަގަޅު ދަރުހެއްދީފި ނަމަ އޭނާގެ ހުއްދަ ބާތިލް ކުރޭ.

9 ޖުލައި 2017 | އާދީއްތަ 22:16
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
މުހައްމަދު ފައިސަލް

މިލިއަނުން ކޮރަޕްޝަން ހިންގަމުންދިއުމުގެ ސަަބަބުން، ރައްޔިތުންނަށް ލިބެމުންދަނީ ބޮޑެތި އަނިޔާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލަން.

ސިޔާސީ ފަރާތްތަކުގެ އުސޫލުން އެއްކިބާވެ އޭސީސީން މިނިވަން ތަހުގީގު ކުރުމަށް ގޮވާލަން.

9 ޖުލައި 2017 | އާދީއްތަ 22:06
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

މިރޭ ކުނޫޒްގައި ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 09:30 ގައި ފެށޭނެ. މިރޭގެ ކުނޫޒް ޖަލްސާގައި ގިނަ ބަޔަކު ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭ ގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައި

9 ޖުލައި 2017 | އާދީއްތަ 21:30