އިދިކޮޅު ފަރާތްތަކުން ބާއްވާ ބޮޑު ޖަލްސާ

  • ވަރަށް ގިނަ ބަޔަކު އުޅެނީ ނާމާންކަމެއްގެ ތެރޭގައި
  • ވަރަށް ގިނަ ބަޔަކު އުޅެނީ ނާމާންކަމެއްގެ ތެރޭގައި
  • ނަސްރަކީ މާތް ﷲ ދެއްވާނެ އެއްޗެއް
 
Writer Profile Picture
ރިޒްނާ ޒަރީރު
ވަރަށް ގިނަ ބަޔަކު އުޅެނީ ނާމާންކަމެއްގެ ތެރޭގައި

ވަރަށް ގިނަ ބަޔަކު އުޅެނީ ނާމާންކަމެއްގެ ތެރޭގައި. ޤާނޫނާއި އެއްގޮތަކަށް ކަންތައްތަކެއް މުއައްސަސާތަކުން ކުރާނެ ކަމަށް ރައްޔިތުން ޤަބޫލުނުކުރައްވާނެ. މެމްބަރު އަހްމަދު ރަޝީދު ސޮއިނުކުރައްވާ ކަމަށް ވިދާޅުވީ ބިރު ފުޅުން. މުޖުތަމައުގެ ތެރޭގައި މިނިވަން ކަމާއި އެކު އެޅެވޭނެ މަގު ފަހިވާން ޖެހޭނެ. އެހެން ނަމަވެސް މިއަދު މެމްބަރަކު ކިރިޔާ ކަމެއް ކުރިޔަސް ފުލުސް އޮފީހަށް ދާން ޖެހިފައި މިއޮންނަނީ. ޤާނޫނު އަސާސީއަކީ އެންމެން ބޯ ލަނބަން ޖެހޭ އެއްޗެއް. އެންމެންނަށް ހަމަ ހަމަވާން ޖެހޭނެ. 45 މެމްބަރުން 60 މެމްބަރުންނަށް މަތިވާން ޖެހޭ. ގައުމަށް ޙިދުމަތްކުރުމަށްޓަކައި އަޅުގަނޑުމެންނާއި ގުޅެންޖެހޭ.

3 ޖުލައި 2017 | ހޯމަ 22:52
Writer Profile Picture
ރިޒްނާ ޒަރީރު
ވަރަށް ގިނަ ބަޔަކު އުޅެނީ ނާމާންކަމެއްގެ ތެރޭގައި

ވަރަށް ގިނަ ބަޔަކު އުޅެނީ ނާމާންކަމެއްގެ ތެރޭގައި. ޤާނޫނާއި އެއްގޮތަކަށް ކަންތައްތަކެއް މުއައްސަސާތަކުން ކުރާނެ ކަމަށް ރައްޔިތުން ޤަބޫލުނުކުރައްވާނެ. މެމްބަރު އަހްމަދު ރަޝީދު ސޮއިނުކުރައްވާ ކަމަށް ވިދާޅުވީ ބިރު ފުޅުން. މުޖުތަމައުގެ ތެރޭގައި މިނިވަން ކަމާއި އެކު އެޅެވޭނެ މަގު ފަހިވާން ޖެހޭނެ. އެހެން ނަމަވެސް މިއަދު މެމްބަރަކު ކިރިޔާ ކަމެއް ކުރިޔަސް ފުލުސް އޮފީހަށް ދާން ޖެހިފައި މިއޮންނަނީ. ޤާނޫނު އަސާސީއަކީ އެންމެން ބޯ ލަނބަން ޖެހޭ އެއްޗެއް. އެންމެންނަށް ހަމަ ހަމަވާން ޖެހޭނެ.

3 ޖުލައި 2017 | ހޯމަ 22:47
Writer Profile Picture
ރިޒްނާ ޒަރީރު
ނަސްރަކީ މާތް ﷲ ދެއްވާނެ އެއްޗެއް

ނަސްރަކީ މާތް ﷲ ދެއްވާނެ އެއްޗެއް. ރައީސް ނަޝީދު ވަނީ މިކަމުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވާފައި. އަދި ޤާސިމް އިބްރާހިމް އުޅުއްވަނީ މިމަސައްކަތުގައި. ގައުމީ ހިދުމަތުގައި އިސްލާހީ މަސައްކަތުގައި އުޅުއްވި ބޭފުޅެއް ޤާސިމް އިބްރާހިމް އަކީ. ވަރަށް ގާތުން ޤާސިމް އިބްރާހިމްގެ މަސައްކަތްޕުޅު ވަނީ ފެނިފައި. މިމަސައްކަތް ކުރަނީ ފަރުދީ ނުވަތަ ޒާތީ ފެންވަރެއްގެ އެއްނޫން، މިމަސައްކަތް ކުރަނީ އުސޫލީ ފެންވަރެއްގައި. މިއަދު ބަލަންވީ ގައުމަށް ރަނގަޅު ގޮތް، މިއަދު ރަނގަޅީ އަޅުގަނޑާއި ނަޝީދާއި އެކުގައި މަސައްކަތް ކުރުން.

3 ޖުލައި 2017 | ހޯމަ 22:40
Writer Profile Picture
ރިޒްނާ ޒަރީރު
ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރުމަށް. މަޖިލީހުގައި މަސައްކަތް ކުރާ އިތުރު ލީޑަރުންގެ މެދުގައިވެސް ސޮއިކުރުމަށް. މިދެންނެވި އެއްބަސްވުމުގައި ސޮއިކޮށްފައިވާނީ އިބްރާމިން މުހައްމަދު ސޯލިހާއި ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަނާރާ ނައީމް. މިދިޔަ ސުވަސްތަކުގައި ރާއްޖޭގެ ރައްޔިތުންށް ގިނަ ގުނަ ތަޖްރިބާތަކެއް ކުރެވިއްޖެ. ހުރިހާ ރައްޔިތުންނަށްވެސް ސިޔާސީ ލީޑަރުންނަށްވެސް މިވަނީ ވަރަށް އިބްރަތްތެރި ފިލާވަޅެއް ލިބިފައި.

 

3 ޖުލައި 2017 | ހޯމަ 22:26
Writer Profile Picture
ރިޒްނާ ޒަރީރު
ކުނޫޒުގައި ބާއްވާ ޖަލްސާގެ ތެރެއިން

 

3 ޖުލައި 2017 | ހޯމަ 22:22
Writer Profile Picture
ރިޒްނާ ޒަރީރު
ދެން އިތުރަކަށް އަޅުގަނޑު ޖަލަކަށް ނުގެންދެވޭނެ

ވަރަށް ތަނަސް އަޤްބަލިއްޔަތެއް ސަރުކާރަށް ނުލިބޭ ކަމަށްވާ ނަމަ އެއީ ހަމަ ޒީރޯ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޫބޭއްވޭނެ ކަމަށް ވިދާޅުވާއިރު ރައްޔިތުން މިކަން ސާފު ކުރަން ބޭނުންވާނެ. ދެން އިތުރަކަށް އަޅުގަނޑު ޖަލަކަށް ނުގެންދެވޭނެ. މަޖިލިސްއަށް ހުށަހެޅި ސޮއިގައި ނޯންނާނެ ކަމަށް ވިދާޅުވިއަސް އެތައް ބައެއްގެ ކުރިމަތީގައި ކުރި ސޮޔަކީ ނެތް އެއްޗެއް ކަމެއް ނުހެދޭނެ

3 ޖުލައި 2017 | ހޯމަ 22:18
Writer Profile Picture
ރިޒްނާ ޒަރީރު
ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް

ތާހީރު ހެކިދޭނެ. ރައީސް ނަޝީދަނީ ކުލަގަދަ ތަރިއެއް، ޝުކުރިއްޔާ ރައީސް މައުމޫނު. މައުމޫނުގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާދޭ. އިސްލާހީ މަސައްކަތަށް މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށާއި ކައުންސިލް އިންތިހާބުގައި ރައްޔިތުން ދެއްކެވި ހިތްވަރަށް އައްސަރި ބަހާއި ސާބަސް.

3 ޖުލައި 2017 | ހޯމަ 22:13
Writer Profile Picture
ރިޒްނާ ޒަރީރު
މަޖިލިސް މެމްބަރުން މިއަދު މިވަނީ ވަރަށް ބޮޑުތަނުން ހިތްވަރު ކުރަންޖެހިފައި

މަޖިލިސް މެމްބަރުން މިއަދު މިވަނީ ވަރަށް ބޮޑުތަނުން ހިތްވަރު ކުރަންޖެހިފައި. ސަރުކާރުން ކޮރަޕްޝަނާއި ފަސާއާއި އެކު އިތުރަށް ސާފުވާންޖެހޭނެ އެއްވެސް ކަމެއް ނެތް. މަޖިލިސް މެމްބަރުންނަށް އިލްތިމާސްކުރަނީ މަޖިލިސް މެމްބަރުންގެ ކޮށްގެން ތިއްބެވި ހުވަޔާއި އެކު މަސައްކަތް ކުރުމަށް. ދިވެހި ގައުމުމަށް ވެރިވެފައިވާ ކޮރަޕްޝަނާއޮ ފަސާދައާއި ދެކޮޅަށް މަސައްކަތް ކުރުމަށް. ފިނޑިވެ ފަހަތަށް ޖެހިއްޖެ ނަމަ މިމަސައްކަތަށް ހުރަސް އެޅިގެންދާނެ. މިއީ ކިތަންމެ ބުރަ މަސައްކަތްތެއް ނަމަވެސް އަދިވެސް އިތުރު ބުރަ މަސައްކަތެއް ކުރަން ހުރި އިރު ރައްޔިތުން އެދޭ ގޮތަށް ކަންތައް ކުރަންޖެހޭ.

3 ޖުލައި 2017 | ހޯމަ 22:00
Writer Profile Picture
ރިޒްނާ ޒަރީރު
މިއަދަކީ ވަރަށް ތާރީހީ ދުވަހެއް. ވަރަށް އުފާވެރި ދުވަހަެއް

މިއަދަކީ ވަރަށް ތާރީހީ ދުވަހެއް. ވަރަށް އުފާވެރި ދުވަހަެއް. މިއީ ފަސާދަވެފައިވާ ވެރިކަމުން ސަލާމަތްކުރާ މަސައްކަތް. އަދާލަތު ޕަޓީގެ ބައިވެރިވުމާއި އެކު ގެނައި ސަރުކާރު މިއޮތީ ހަރާބުވެފައި. ރައީސް ޔާމިންގެ އަޑި ނޭނގޭ އެޖެންޑާއި ހިލާފްވާ ކޮންމެ ފަރާތްކާއި މެދު ހައްޔަރުކޮށް ޖަލަށްލި. ރައިސް ނަޝީދު ހިފާ ހައްޔަރުކުރި. ޤާސިމްގެ ވިޔަފާޤރި ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރި. މިނިވަން ޖުމްހޫރީ ވެރިކަމެއްގައި ދިވެހިން ބޭނުންވާ ކަންކަން ވެއްޔާއި މޮޑެވި ދާނެ ކަމަށް ޤަބޫލުކުރެވުނު. އެހެންކަމުން އެހިނދުން ފެށިގެން އެމްޑީޕީއާއި އެކު މަސައްކަތް ކުރަނީ ރައްޔިތުންނަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދިނުމަށް. ރައީސް މައުމޫނާއި ޤާސިމް އިބްރާހިމްއާއި އެކު ގުޅިގެން މަސައްކަތް ކުރުމަކީ އިސްލާޙަށް ލިބޭ ކުރިއެރުމެއް. އެތައް ބަޔަށް ޖިސްމާނީ އަނިޔާތަކެއް މިވީ ދުޗަސްތަކުގައި ލިބިއްޖެ. އަނިޔާވެރިކަމާއި ދެކޮޅަށް 1 މެއި 2015ގައި ނިކުތް ފަރާތްތަކާއި ދެކޮޅަށް އަދިވެސް ދަނީ ޝަރީއަތް ކުރަމުން.

3 ޖުލައި 2017 | ހޯމަ 21:57
Writer Profile Picture
ރިޒްނާ ޒަރީރު
މަސީހުގެ ގޮނޑިއަކީ ޝަރަފްވެރި ގޮނޑިއެއް ނޫން

މަސީހަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކީ މަނިކުފާނުގެ ގޮނޑިއެއް ނޫން. ޝަރަފްވެރި ގޮނޑިއެއް ނޫން. މިއޮތީ ރައްޔިތުންގެ އޮޑި. ހުރިހާ ރައްޔިތުންވެސް މިއޮޑިއަށް ވަޑައިގަންނަވާ. މިކަން ނިންމާނީ ރާއްގޭ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހޯދައި ދީފައި.

3 ޖުލައި 2017 | ހޯމަ 21:50
Writer Profile Picture
ރިޒްނާ ޒަރީރު
ކުރީގެ މަޖިލިސް ރައީސް އަބްދުﷲ ޝާހިދު

މުޅި ދިވެހި ރާއްޖޭހެ ހިތުގެ ވިންދު 45 ކުން ވަނީ އަވަސްކޮށްފައި. އަދިވެސް ހަޤީގީ އަދަދެއް ވާނީ ނެރެފައި. އަނިޔާވެރިކަން ބަލިވާނެ. ދުވަހުކުވެސް މޮޅެއް ނުވާނެ. އެކަން މިދިޔައީ ސާބިތުވެގެން. ޤާނޫނު އަސާސިއަކޫ މުގައްދަސް އެއްޗެއް. އިސްލާމް ދީނުގެ މަތިވެރިކަން މިޤާނޫނު އަސާސީގައި ހިމެނިފައިވޭ. އަނިޔާވެރިކަމުގެ ކުރިމަތީގައި ލަނބައެއް ނުލާނަން. އަޅުގަނޑުމެންގެ ބޯ ޖެހޭނީ ކަނޑާލަން

3 ޖުލައި 2017 | ހޯމަ 21:46
Writer Profile Picture
ރިޒްނާ ޒަރީރު
އިދިކޮޅު ފަރާތްތަކުން ބާއްވާ ބޮޑު ޖަލްސާ

އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ، އަކީ ހާއްސަ ޖަލްސާއެއް ކަމަށާއި މިޖަލްސާގައި ރައީސް ނަޝީދާއި ރައީސް މައުމޫނު ވެސް ވާހަކަފުޅު ދައްކަވާނެ. މިޖަލްސާ މިހާރު ކުނޫގައި ފަށައިފި، ވާހަކަދައްކަވަނީ ކުރީގެ މަޖިލިސް ރައީސް އަބްދުﷲ ޝާހިދު

3 ޖުލައި 2017 | ހޯމަ 21:39