ވަގުތުން ފަލަސުރުޚީ: ފުވަށްމުލަކުން

  • މިހާރުން މިހާރަށް ބޭނުމީ މި ސިޓީން ނެގި ބާރުތައް
  • ހުޅުމާލެއަށް ބަދަލުކުރި 100 ހައުސިން ޔުނިޓް އަނބުރާ ދެއްވުމަށް ގޮވާލަން
  • ރައީސް ޔާމީން ވެ ވަޑައިގެންނެވި ވައުދުތަކާއި މިއަދު ހަވާލެއް ނުވި
 
Writer Profile Picture
އާމިނަތު ނުޒުހާ
މިހާރުން މިހާރަށް ބޭނުމީ މި ސިޓީން ނެގި ބާރުތައް

 މިހާރުން މިހާރަށް ބޭނުމީ މި ސިޓީން ނެގި ބާރުތައް، މަސްއޫލިއްޔަތުތައް އަޅުގަނޑުމެންނަށް އަނގަވައި ދެއްވަން ވާނެ، އޭރުން މަސައްކަތައިގެން ހިނގައި ގަނެވޭނީ، ވިހާމަރުވާ އާއި އާބާދީ ބެލެހެއްޓުން މިހާރުވެސް ކުރަން، މާދަމާއިން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ޑީއެންއާރާއި ގުޅިގެން ކުރިއަށް ގެންދާނަން، ސިޓީ ކައުންސިލްތަކުގެ މަަސައްކަތްތަކަށް ބުރޫނާރާނެގޮތަށް ސަރުކާރުން ކަން ކުރާނެކަމަށް އުއްމީދުކުރަން.

11 ޖޫން 2017 | އާދީއްތަ 03:09
Writer Profile Picture
އާމިނަތު ނުޒުހާ
ހުޅުމާލެއަށް ބަދަލުކުރި 100 ހައުސިން ޔުނިޓް އަނބުރާ ދެއްވުމަށް ގޮވާލަން

މިރަށުގައި އަޅަން އޮތް 300 ހައުސިން ޔުނިޓްގެ ތެރެއިްނ 100 ހައުސިން ޔުނިޓެއް ހުޅުމާލެއަށް ބަދަލުކުރި، ގެދޮރުއެޅުމަށް ފައިސަގެ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ލިބުނު އުއްމީދެއް އެއީ، މަހުކުއްޔަށް 1500އެއްހާ ރުފިޔާ އަރާގޮތަށް އޮތީ، އެކަމަކު ފަހުން ރައީސް ޔާމީނުގެ ސަރުކާރުގައި 3000 އަށް ބަދަލުކުރީ.އެ ގެންދެވި 100 ހައުސިން ޔުނިޓް އަނބުރާ ދެއްވަން ގޮވާލަން އަދި ކުރިން އޮތްގޮތަށް ކުލި ލުއިކޮށްދިނުން އެދެން ރައީސް ޔާމީން 2018 އަށް ވޯޓް ބޭނުން ނަމަ އެކަން ކުރައްވާނެ

11 ޖޫން 2017 | އާދީއްތަ 03:03
Writer Profile Picture
އާމިނަތު ނުޒުހާ
ރައީސް ޔާމީން ވެ ވަޑައިގެންނެވި ވައުދުތަކާއި މިއަދު ހަވާލެއް ނުވި

މުޅިރާއްޖެއަށް ކުރި ވައުދުތަށް އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ފެނިގެން ދިޔަ ނަމަވެސް އެ ބެނާތަކަކީ ރައީސް ޔާމީން ވި ވައުދުތަކަކަށް ނުވި، ހަަވާލެެއްނުވި، މުވަށްމުލަކު މޮޑާރން ސިޓީއަކަށް ހެދުމަށް ކުރި ތަސައްވުރެއްވެސް ގެންގުޅުނު، މިހާރު މި ރަށުގައު ބަޖެޓްގައި ނެތްނަމަވެސް ނަރުދަމާއެއް އެބަ އަޅާ، އެކަމަކުއެއީ ރައީސް ނަޝީދުގެ އެޑްމިނިސްޓްރޭޝަންގެ ދަށުން އައިކަމެއް.

11 ޖޫން 2017 | އާދީއްތަ 02:47
Writer Profile Picture
އާމިނަތު ނުޒުހާ
ސަރުކާރުން ސާފު ތަސައްވުރެއް ފުވައްމުލަކާއި ދޭތެރޭ ނެތް

ކެނޑިޓޭޓެއްގެ ނަމުގައި އަޅުގަނޑުގެ ނަން އޮތަސް މީ އަޅުގަނޑަށް ވޯޓްދެއްވި ބޭފުޅުންނަށް ލިބުނު މޮޅެއް، ނިކަން ބައްލަވާ މަޖިލީހުގެ ރައީސަށް ރައްޔިތުން ދެއްވި މެސެޖް، ސަރުކާރުގެ ސިޔާސަތުތަކަށް އެ ރައްޔިތުން ތާއީދު ނުކުރާކަން، ފުވަށްމުލަކުގެ ތަސައްވުރެއް ސަރުކާރަކަށް ނޭނގޭ، ތަސައްވުރެއްނެތި ސިޓީއެއްގެ ދަރަޖަ ދިނަސް އަދި ކަމަކު ނުދޭ، ސަރުކާރުން ސާފު ތަސައްވުރެއް ފުވަށްމުލަކާއި ދޭތެރޭ ނެތް-ފަލާހު

11 ޖޫން 2017 | އާދީއްތަ 02:34
Writer Profile Picture
އާމިނަތު ނުޒުހާ
ސަރުކާރާއި ގުޅިގެން ތަރަށްގީއާއިގެން ކުރިއަށްދިއުމަށް ނިންމައިގެން މި ތިބީ

މިވަގުތު އެއްކަމެއް ޔަގީން ސަރުކާރުގެ އިސްވެރިންނާއިއެޖެންސީ ތަކާއިގުޅިގެން ކަންކަން ކުރަން ތރައްޔާރަށް މިތިބީ، މަޝްވަރާގެ ރީތި އުސޫލް އަޅުގަނޑުމެން ޚިޔާރުކުރުމަށް މިތިބީ ތައްޔާރަށް، އެންމެ ބޮޑު އެއް އުންމީދަކީ، އަރާފޭބުމުގެ ދަތިކަމާއި މިރަށަށް ޓޫރިޒަމުން ނަފާ ލިބުން، ފުވަށްމުލަކުން އަބަދުވެސް ތަރަށްގީއަށް ފުރުސަތުދޭ، އަދި ރައްޔިތުންވެސް ތިބީ ތަރަށްގީއަށް ނުހަނު ބޭނުންވެފައި، ކައުންސިލުން ތަރަށްގީއަށް އެއްބާރުލުން ނުދެއެކޭ ސަރުކާރަށް ނުބުނެވޭނެ- ފަލާހު

11 ޖޫން 2017 | އާދީއްތަ 02:29
Writer Profile Picture
އާމިނަތު ނުޒުހާ
ވަގުތުން ފަލަސުރުޚީ: ފުވައްމުލަކުން

މިރޭގެ ފަލަސުރުޚީގައި، ވާހަކަ އަލިވާޅުމަށް ހަމަޖެހިފައިވަނީ، ސިޓީއަކަށް ވުމަށް ފަހު މުވަށް މުލަކާއިމެދު ކުރެވޭ އުންމީދުތައް އަދި އެ އުންމީދުތަަށް ހާސިލް ކުރުމަށް ހުރި ގޮންޖެހުންތަށް

11 ޖޫން 2017 | އާދީއްތަ 02:25