އެމްޑީޕީން ވިލިފުށީގައި ބާޢްވާ ޖަލްސާ

  • އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
  • މޫސާ މުސްތަފާ
  • ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް
 
Writer Profile Picture
ރިޒްނާ ޒަރީރު
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

ތާއީދުނެތް ވެރިއެއް ވެރިކަމުގައި ހުންނެވީ. އެވެރިކަން ދަމަހައްޓަން މިމައްސައްކަތް ކުރަނީ. މުއައްސަސާތައް އެބަފެނޭ މިކަމުގައި ހަރަކާތްތެރިވާތަން. ރައީސް ޔާމިންއަށް ތާއިދެއް ނެތް. ވައުދު ފުއްދަން ރައްޔިތުން އެބަ ގޮވާލާ. ރައީސް ޔާމިން ދަންނަ ކަމެއް ނޫން ލާމަރުކަޒީ ނިޒާމަކީ. މި އިންތިހާބު ކާމިޔާބުކުރާނަން. ރައީސް ޔާމިންއަކަށް ލިބޭނެ ކައުންސިލްއެއް ނެތް މިގައުމުގައި.  ރައީސް ޔާމިން ހުންނެވީ ވަރަށް ބޮޑު އޮޅުމެއްގައި. ރައްޔިތުން ރައީސް ޔާމިންއަށް ބިރުގަންނާކަށް ނުޖެހޭ. ރައީސް ޔާމިންއަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ ބޭފުޅެއް ނޫން. އަވާމެންދުރުގައި ޖެހިވަޑައިގެން ނުހުންނެވުމަށް ރައީސް ޔާމިންއަށް ދަންނަވަން.

16 އޭޕްރިލް 2017 | އާދީއްތަ 04:45
Writer Profile Picture
ރިޒްނާ ޒަރީރު
މޫސާ މުސްތަފާ

ރިޔާޒް ރަޝީދު އެދޭ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެ. ރިޔާޒް ރަޝީދު ބަލިކުރާނަން މިފަހަރު. މިއިންތިހާބުގައި ރިޔާޒަށް ދޭނީ ބޮޅެއް. މިސަރުކާރުން ގެންދަނީ ކެންޑިޑޭޓުނާއި އެކި ވާހަކަދައްކަމުން. ރިޔާޒް ރަޝީދަށް ކުޑަ އިރުސުރެ މިރަށު މީހުން ކިޔަނީ ބަރުގޯނި.

16 އޭޕްރިލް 2017 | އާދީއްތަ 04:14
Writer Profile Picture
ރިޒްނާ ޒަރީރު
ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް

ތިންބާރު ވަކިވެފައި އޮންނަ ތަން ބަލަން ބޭނުންވޭ. ރައްޔިތުންގެ މަޖިލިސް މެމްބަރުން މަސައްކަތް ކުރަންވީ ރައީސް ޔާމިން ބޭނުންވާ ގޮތަކަށް ނޫން. މެމްބަރުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް. އެގޮތަށް އެކަން ނުކުރެވޭ ނަމަ އިސްތިއުފާދީފަ ގެއަށް ވަޑައިގަންނަވަންވީ. މަޖިލިސް މެމްބަރުން ބޭނުންކޮށްގެން މާލިއްޔަތު ޤާނޫނަށް ބަދަލު ގެނައީ. އެގޮތުން މަޝްރޫއުތައް އަގުބޮޑުކޮށް ކުރިއަށްގެންދޭ. ފެނަކައަށް ޑޮލަރު ހޯދަން ޖެހެނީ ކީއްވެގެންތޯ؟ ކައުންސިލްތަކުގެ ބާރުތައް މިއޮތީ ނިގުޅައިގެންފަ. ހައުސިން މިނިސްޓަރ މުއިއްޒު ކުރާ ކޮންމެ ކަމެއް ދެތިން ފަހަރު ކުރަން އެބަޖެހޭ. މީޑިއާގައި މިސަރުކާރުން ގެންނަ ތަރައްޤީ ގެންނަނީ. ރާއްޖޭގެ އެއްވެސް ރަށަކަށް ތަރައްޤީއެއް ނުގެންދޭ. އެލްޖީއޭގެ ބާރުތައް މިއަދު މިވަނީ ރައީސް ޔާމިންއަށް ހަވާލުކޮށްފައި.

16 އޭޕްރިލް 2017 | އާދީއްތަ 03:43
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
އެމްޔޫއޯގެ ޝެޑޯ ކެބިނެޓްގެ މެންބަރު އަބްދުﷲ އަމީން

ވެރިކަމަށް އައުމަށް މަސައްކަތް ކުރި އިރު، ގޮވާލަމުން ދިޔައީ ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ގާއިމް ކުރަން ޖެހޭނެއޭ.

އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ރައީސް އަބްދުﷲ ޔާމީންގެ ނަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޮންނާނެ ކަމަކަށް.

ދިވެހިން މަސައްކަތް ފެށީ، މިނިވަންކަން ހޯދުމަށް ކުރި މަސައްކަތް.

16 އޭޕްރިލް 2017 | އާދީއްތަ 03:31
Writer Profile Picture
ރިޒްނާ ޒަރީރު
އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

ވިލިފުއްޓަކީ އެމްޑީޕީގެ ތަނެއް. އިސްތިއުނާފްގެ މަރުހަލާގައި ޖަބީންއަށް އިންސާފް ލިބުމަށް އެދެން. ޖޭއެސްސީއަކީ ދެއަތާއި ދެފައި ބުރިކޮށްފައި އޮތް ތަނެއް. ޤާސިމް އިބްރާހިމްގެ މައްސަލާގައި ހިއުމަން ރައިޓްސް ތިބީ ހައްޕު ކިޔައިގެން. ހިއުމަން ރައިޓްސްގެ ކޮމިޝަންގެ ނަން ތިއްތި ދައްކާ ކޮމިޝަންގެ ނަމަށް ބަދަލު ކުރަން އެބަޖެހޭ. މިލިއަނުން ވައްކަން ކުރީމަ މިތިބެނީ ވާނުވާ ނޭނގި. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނަންވެސް ބަދަލުކުރަން ޖެހޭ ކޮރަޕްޝަން ކޮމިޝަންއަށް. ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންއަކީ ފުލުހުންގެ އެއްވެސް މައްސަލައެއް ބަލާ ތަނެއް ނޫން. އަބުރެއް ނެތް މީހުންގެވެސް އަބުރުގެ ދައުވާ ކުރަނީ. އީސީ އަކީ އިންތިހާބު ބާއްވަން އުޅޭ ތަނެއް ނޫން. އަނެއްކާވެސް އިންތިހާބު ލަސްކުރަން އުޅޭ ވާހަކަ އެބަ އަޑުއިވޭ. ވޯޓުން ދައްކާލާނަން ފިންގަރ ޕްރިންޓްގެ ހުރި ފެންވަރު. ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައް ކުރަމުން މިދަނީ. މަޖިލީހުގައި މައިނޯރިޓީގެ އަޑުވެސް އަހަން ޖެހޭ. ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. ކައުންސިލަރުން އިންތިހާބުކޮށްދެއްވާ. ނުވިކޭނެ، ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ.

16 އޭޕްރިލް 2017 | އާދީއްތަ 03:23
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ޔާމީނަށް ކެރިވަޑާއިގަންނަވާ ނަމަ އަމިއްލައަށް އިސްތިއުފާދެއްވާފަ އިންތިހާބަށް ނިކުންނަވާ: ޑރ ޑީޑީ

މަނިކުފާނަށް ތިހުރީ ރިޝްވަތަކީ ކޮބައިކަން އޮޅިވަޑައިގެންފަ. ރިޝްވަތުގެ ތުހުމަތުތައް މާގިނައިން ކުރިމަތިކުރެވިފައިވާތީ. އެންމެ ފުރަތަމަ ޑީއާރުޕީގައި ހުރުމަށްފަހު، ޕީއޭ އުފައްދައިގެން އުޅުނީ. ކޮބާތޯ މަނިކުފާނުގެ މޯރަލް އޮތޯރިޓީ.

މަނިކުފާނަށް ކެރިވަޑާއިގަންނަވާނަމަ އަމިއްލައަށް އިސްތިއުފާދެއްވާފަ ކުރިމަތިލައްވާ. އެއް ޕަސެންޓްވެސް ނުލިބޭނެ. އެމަނިކުފާނަކީ ފެއްސާ ރަތާ ހުދުގެ މާނަވެސް އެނގިވަޑައިނުގަންނަވާ ބޭފުޅެއް.

ބައިތުލްމާލު ނަހަމަގޮތުގައި ބޭނުން ކުރާ ވާހަކަދެއްކެވީމަ، އޭގައި ފެއްސާ ރަތާ ހުދުގެ މާނަ އެކުލެވިފައެއް ނުވޭ.

މިސަރުކާރުން ކުރާ ވައްކަމާ ފަސާދައާއި ސިޔާސީ ލީޑަރުންނާއި ނުހައްގުން އަދަބު ދިނުމުގައި، ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް ހަރާންކޯރު ވީމަ، ދެން މަޖިލީހުގެ ތެރެއިން އެކަންކަން ރަގަޅު ކުރުމަށް ފުރުސަތު ދީފައެއްނުވޭ. ކިހިނެއްތޯ މިއަދު ސަރުކާރު ޒިންމާދާރު ކުރާނީ.

ތިން އަހަރާއި ބައި ވެގެންދިޔައިރު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާފައެއް ނުވޭ.

ސަރުކާރު ޒިންމާދާރު ކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރެވިފަ އެއް ނުވޭ.

16 އޭޕްރިލް 2017 | އާދީއްތަ 03:09
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ޑީޑީ

އެންމެ ފުރަތަމަ ފާހަގަކޮށްލާނީ ރައީސް އަބްދުﷲ ޔާމީން ދައްކަވަމުންދާ ވާހަކަތަކަށް. ޕާޓީން ބަދަލު ކުރި މެންބަރުނަށް ނިސްބަތްކޮށް މި ވިދާޅުވަނީ، ކެރިވަޑާއިގަންނަވާ ނަމަ އިސްތިއުފާ ދެއްވާފައިވާ އަމިއްލައައް ކުރިމަތިލައްވާށޭ. އެބޭފުޅުންގެ މޯރަލް އޮތޯރިޓީ ގެއްލޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ. އެހެން ނަމަވެސް މިހާރު ޔާމީން ފެކްޝަނުގައި ތިބި ގިނަ މެންބަރުންނަކީ މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ބޭފުޅުން. ރައީސް ޔާމީން ދުވަހަކުވެސް ތާކުންތާކުން ޖެހޭ ވާހަކައެއް ނުދައްކަވާ. އަޅުގަނޑުމެންނެއް ނުދައްނަވާނަން އިސްތިއުފާދެއްވާކަށް. އެހެން ނަމަވެސް އަޅުގަނޑުމެން ގޮވާލާނީ، ގުޅިފައިވާ ޕާޓީތަކާއި ގުޅުމަށް.

16 އޭޕްރިލް 2017 | އާދީއްތަ 03:02
Writer Profile Picture
ރިޒްނާ ޒަރީރު
އީސާ މުހުތާރު: ވިލިފުށީގައި ރައީސް މައުމޫނުގެ ފިކުރުގެ އިސްއެއް މުގޫ

އިޙްލާސްތެރިކަމެއް ހުރި މީހެއް ނަމަ މިއަދު މިސަރުކާރަކަށް ތާއީދެއް ނުކުރޭ.ކަރަންޓްގެ އަގު ބޮޑުވެއްޖެ. މަހަށް ދިޔަޔަސް ހަމަ އަގެއް ނުލިބޭ. މިސަރުކާރުން ބޭނުންވަނީ ރައްޔިތުން ސަލާން ޖަހަން. ވލިފުށީގައި ތިބި ޕީޕީއެމްއަށް ނިސްބަތްވާ މީހުން ތިބީ އެމްޑީޕީއާއި އެކު. މިއަދު ލަދު ގަނޭ ޕީޕީއެމްގެ ނަން ކިޔަން. ފޭރިގަތީ. އެހެންނަމަވެސް އެމްޑީޕީއޭ ކިޔަން ލަދުނުގަނޭ. ރިޔާޒް ރަޝީދުގެ ބައި ލޯލާރިވެސް ރައްޔިތުންނަކަށް ނުދޭނެ.  

16 އޭޕްރިލް 2017 | އާދީއްތަ 02:58
Writer Profile Picture
ރިޒްނާ ޒަރީރު
ވިލިފުށީ ކައުންސިލް ކެންޑިޑޭޓް އިބްރާހިމް ޝާފިއު

ހިތްވަރެއް ބައްޔެއް ނުވާނެ. ހެޔޮ ވެރިކަމެއް ކުރެވޭނެ ގޮތްތަކަށް ހެދުމަށް މަސައްކަތް ކުރަމުންމިދަނީ. ބޮޑު މަންޒަރު ދައްކާލާނަމޭ ބުނާއިރު ކޮން ޕާޓީއެއްގައިތޯ ގިނަ މެމްބަރުން ތިބީ. ރޮޒެއިނާގެ ފަހަތުގައި ގިނަ މީހުން ތިބީ. ރައްޔިތުންނަށް ތަރައްޤީއަކީ ކޮބައިކަން ވާހަކަ ދައްކަން މިސަރުކާރަކަށް ނޭނގޭނެ. އެމްޑީޕީގެ ކުށެއް ނޫން ޕީޕީއެމްއަށް ތާއީދު ނެތުމަކީ. ކައުންސިލް އިންތިހާބުގައި ވާދަކުރާ ޖަބީންއަށް ވަނީ ހުކުމްކޮށްފައި. މުޅި ރާއްޖޭގެ އެންމެހާ މުވައްޒަފުން އަޅުވެތިކޮށްގެން  މިސަރުކާރު އުޅެނީ. އޯގާތެރިވެރިކަމެއް ކުރާނަމޭ ބުނި ނަމަވެސް ކަރަންޓްގެ އަގު ބޮޑުކޮށްފި. ކުރިއަށް އޮތް އިންތިހާބުގައި މިރަށުން ރިޔާޒް ރަޝީދު ބަލިކުރާނަން.

16 އޭޕްރިލް 2017 | އާދީއްތަ 02:40
Writer Profile Picture
ރިޒްނާ ޒަރީރު
ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތައް

ތ. ވިލިފުށީގައި އެމްޑީޕީން ކެމްޕޭން ޖަލްސާއެއް ބާއްވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި އަންނަނީ ޖަލްސާ ކުރިއަސްގެންދަމުންނެވެ.

16 އޭޕްރިލް 2017 | އާދީއްތަ 02:24