ކ. މާލެ
|
15 މެއި 2021 | ހޮނިހިރު 22:45
މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅު
މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅު
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޮވިޑް ކޭސްތައް ދަށަށް
 
މާލެ ސަރަހައްދުން އެކަނިވެސް 793 މީހުން ވަނީ ޕޮޒިޓިވްވެފައި
 
ހޮނިހިރު ދުވަހު ބައްޔަށް ޕޮޒިޓިވްވީ 1،007 މީހުން

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 3،159 މީހުންނެވެ. މިއީ މިފަހުން ކޮވިޑަށް އެންމެ މަދުން މީހުން ޓެސްޓު ކުރި ދުވަސްވެސްމެއެވެ. ޓެސްޓުކުރި މީހުންގެ ތެރެއިން 1،007 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 793 މީހުނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 183 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 26 މީހުންނެވެ.

އިތުރު 1،007 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 43،782ށް އަރައިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި 15،666 މީހުން ތިބިއިރު، 260 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖެއިން މިހާތަނަށް 28،013 މީހުން ބަލިން ފަސޭހަވެފައިވާއިރު، 94 މީހުން ވަނީ ނިޔާވެފައެވެ.

މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށްފައިވާއިރު، ޕާކުތަކާއި މައިޒާންތަކުގެ އިތުރަށް ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
7%
59%
5%
14%
9%
7%
ކޮމެންޓް
15 މެއި 2021 | ހޮނިހިރު 23:18
ކޯޑިނޭޓަރ
ސާމްޕަލް ޓެސްޓު ކުރެވުނު އަދަަދު ދަށްވީ ، ފާއިތުވި ދުވަސްތަކުގައި 5 ހާސް ޕަލްސް ސާމްޕަލް ޓެސްޓުކުރެވުނު އިރު މިއަދު 3 ހާސް .
15 މެއި 2021 | ހޮނިހިރު 22:51
ދަށަށް
ދަށަށް ދިޔައީ މަދުން ޓެސްޓު ކުރީމަ. އެއްވެސް މީހަކު ޓެސްޓު ނުކުރިނަމަ ކޮވިޑެއް ނެތޭ ދޯ ބުނާނީ.