ކ. މާލެ
|
14 މެއި 2021 | ހުކުރު 08:07
ކޮވިޑްއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން
ކޮވިޑްއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް-19
މިދިޔަ 24 ގަޑިއިރުގެ ކޮވިޑް-19 ކޭސްތައް 836 ގައި
ބުރާސްފަތި ދުވަހު ޖުމްލަ 1،216 ކޭސް ރިޕޯޓުކޮށްފައިވޭ
މިއާއެކު ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދު ވަނީ 41،308ށް އަރާފައި
13،784 މީހަކަށް ދަނީ ފަރުވާދެމުން

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހުނު 836 މީހުންނާ އެކު ބުރާސްފަތި ދުވަހު ރިޕޯޓުކުރި ކޭސްތަކުގެ އަދަދު 1000ން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރު އޮއްސި 6 ން ފެށިގެން ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6 އާ ދެމެދު ނެގި 4،500 ސާމްޕަލްގެ ތެރެއިން 836 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބުރާސްފަތި ދުވަހު ޖުމްލަ 1،216 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެއީ މާލެ ސަރަހައްދުން 1،013 ކޭސްއާއި، އަތޮޅުތެރެއިން 201 ކޭސްއާއި، ރިސޯޓުތަކުން އެއް ކޭސްގެ އިތުރަށް ލައިވްއެބޯޑްތަކުން އެއް ކޭސްއެވެ.

މިއާއެކު ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދު ވަނީ 41،308ށް އަރާފައެވެ. އޭގެ ތެރެއިން 13،784 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 259 މީހުންނަށް ފަރުވާދެނީ އެޑްމިޓްކޮށްގެންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 27،428 މީހުން މިހާތަނަށް ރަނގަޅުވެފައިވާއިރު، 87 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށްފައިވާއިރު، ޕާކުތަކާއި މައިޒާންތަކުގެ އިތުރަށް ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.


Advertisement
- ކޮމެންޓް