ކ. މާލެ
|
10 މެއި 2017 | ބުދަ 18:14
ޔުނައިޓެޑް ތަރި ޕޮގްބާ
ޔުނައިޓެޑް ތަރި ޕޮގްބާ
ގޫގުލް
ޕައުލް ޕޮގްބާ
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
އެޖެންޓްގެ މައުލޫމާތު ސާފުކުރަން ބޭނުންވޭ
އެޖެންޓަށްދިން ފައިސާގެ ތަފްސީލު ހޯދާ
ޔުނައިޓެޑުން އެއްޗެއް ބުނަން ދެކޮޅު

ފްރާންސްގެ ފުޓްބޯޅަ ތަރި ޕައޮލް ޕޮގްބާ ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޓްރާންސްފާގެ ހުރިހާ މައުލޫމާތެއް ފީފީއާ ހިއްސާކުރުމަށް އެއިދާރާއިން މެންޗެސްތަރ ޔުނައިޓެޑަށް އަންގައިފިއެވެ.

 

މި މައުލޫމާތުތައް ހިއްސާކުރުމަށް ފީފާއިން ޔުނައިޓެޑަށް އަންގާފައި މިވަނީ ރެކޯޑް އަގެއްގައި އިޓަލީގެ ޔުވެންޓަސް އިން އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑަށް ޕޮގްބާ ބަދަލުވި އަގުބޮޑު ޓްރާންސްފަރގެ މައްސަލައެއް ފީފީ އިން ބަލަމުންދާ ދަނޑިވަޅެއްގައެވެ.

 

ފީފާއިން ބަލަމުންދާ ސީދާ މައްސަލަ މިހާތަނަށް ޔަގީންވެފައި ނުވިޔަސް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ އިދާރާއިން ބަލަމުން އަންނަނީ ޓްރާންސްފާގެ މެދުވެރިއަކަށްވީ ފަރާތަކާއި އަދި އެފަރާތަށް ޓްރާންސްފަރ އާ ގުޅިގެން ލިބުނު ވަރެކެވެ.

 

ޕޮގްބާ ޔުނައިޓެޑަށް ބަދަލުވެފައިވަނީ 105 މިލިއަން ޔޫރޯގެ އަގަށެވެ. އަދި މި ޓްރާންސްފަރގެ މެދުވެރިއަކީ އޭނަގެ އެޖެންޓް މިނޯ ރައިއޯލާ ކަމަށް މީގެ ކުރިން ރިޕޯޓް ކުރެވިފައިވެއެވެ.

 

ޔުނައިޓުން ޕޮގްބާ ހޯދުމަށް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ފުޓްބޯޅަ އޭޖެންޓް ކަމަށްވާ ރައިއޯލާއަށް ބޮޑު އަދަދެއް ދެއްކި ކަމަށްވެސް ރިޕޯޓް ކުރެވިފައިވެއެވެ.

 

ފީފާއިން ޔުނައިޓެޑްގެ ފަރާތުން ހޯދަން އެދިފައިވާ އެހެނިހެން މައުލޫމާތު ތަކުގެ ތެރޭގައި ޓާރްންސްފާގެ ޑީލް ހިންގުމުގައި އެޖެންޓަށް ހޭދަ ކުރި މިންވަރު ހިމެނެއެވެ.

 

މިމައްސަލައިގައި މެންޗެސްޓަރ ޔުނައިޓެޑުން ބުނަނީ ވަކިވަކި ފަރާތްތަކާއިއެކު އެކުލަވާލެވޭ ކޮންޓްރެކްޓާ ބެހޭގޮތުން، އެއްވެސް މައުލޫމާތެއް ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.

ޔުނައިޓެޑުން ބުނެފައިވާ ގޮތުގައި ޕޮގްބާގެ ޓްރާންސްފާގެ ޑީލް ނިމުމުން ފީފާއަށް އެކަމުގެ ޑޮކިޔުމެންޓްތައް ފޮނުވިއެވެ.

 

ޕޮގްބާ ޔުވެންޓަސްއަށް ބަދަލުވީ ޔުނައިޓެޑްގައި ހުރުމަށްފަހު 2012 ވަނަ އަހަރުއެވެ. އެކުލަބަށް އޭނާ ވިއްކާލާފައިވަނީ 1.5 މިލިއަން ޕައުންޑަށެވެ.

 

ޔުނައިޓެޑާއި ޔުވެންޓަސްއާ ދެމެދުވެފައިވާ އެއްބަސްވުން ބުނާ ގޮތުން ޕޮގްބާގެ ޕާފޯމަންސްއާ ގުޅުން ހުރި ބޯނަސްތަކުގެ ގޮތުގައި އިތުރު 5 މިލިއަން ޔޫރޯ އަދި ޕޮގްބާ ކޮންޓްރެކްޓް އާކޮށްފި ނަމަ 5 މިލިއަން ޔޫރޯ ޔުވެންޓަސް އަށް ދޭންޖެހެއެވެ.

- ކޮމެންޓް