ކ. މާލެ
|
12 މެއި 2021 | ބުދަ 16:09
ޚިޔާނާތުގެ ރިޕޯޓް އާއްމުކުރީ މަޖިލީހުގެ ތެރެއިން މިކަމަށް ކަނޑައެޅުނު ޚާއްސަ ކޮމިޓީއަކުން ފާސްކޮށްގެން
ޚިޔާނާތުގެ ރިޕޯޓް އާއްމުކުރީ މަޖިލީހުގެ ތެރެއިން މިކަމަށް ކަނޑައެޅުނު ޚާއްސަ ކޮމިޓީއަކުން ފާސްކޮށްގެން
ރައްޔިތުންގެ މަޖިލިސް
އެމްއެމްޕީއާރްސީ މައްސަލަ
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް އާއްމުކޮށްފި
 
މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ނަންވެސް ވަނީ ހިމަނާފައި
 
ފައިސާގެ އަދަދު އެނގެން ނެތަސް އެމީހަކު އަދާކުރި ވަޒީފާ ބަޔާންކޮށްފައިވޭ
 
މަޖިލީހުގައި މިހާރު ތިއްބެވި ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ ނަން ހިމެނިފައިވޭ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅޭ ރިޕޯޓު ދާދި ދެންމެ އާއްމުކޮށްފިއެވެ.

އާންމުކުރި ލިސްޓުގައި ކުރީ ސަރުކާރުގެ އިސްވެރިންނާއި މި ސަރުކާރުގެ ބައެއް ވެރިން ވެސް ހިމެނެއެވެ. ސަލާމަތީ ޚިދުމަތްތަކާއި، ފުލުހުންނާއި، މިނިވަން މުއައްސަސާތަކާއި، ޖުޑީޝަރީ އާއި މަޖިލީހާއި ކެބިނެޓުގައި ކުރީގަޔާއި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނެއެވެ.

އެކަމަކު މި ލިސްޓަކީ އަދި މުޅިން ނުނިމޭ ލިސްޓެކެވެ. އޭގައި ހިމެނެނީ މިހާރު މައުލޫމާތު އެއްކުރަމުންދާ މީހުންނާއި ދައުވާކުރުމުގެ މަރުހަލާގައި ތިބި މީހުންނާއި އަދި ތަހުގީގު ކުރެވެމުންދާ މީހުންނެވެ. އެކަމަކު ދުރާލައި ލިސްޓު އާންމުކުރީ ތަހުގީގަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ޖޮއިންޓް ކޮމިޓީގެ ޗެއަރ އިމްތިޔާޒު ފަހުމީ ވަނީ ވިދާޅުވެފައެވެ.

ލިސްޓުގައި މީހުން ތިބީ ހެކިތަކުގެ މައްޗަށް ބިނާކޮށް ގިންތި ކޮށްފައެވެ. ގިންތިކޮށްފައިވަނީ ފައިސާގެ މަންފާ ލިބިފައިވާ މީހުންގެ އޭރުގެ މަގާމާއި މިހާރުގެ މަގާމުގެ އިތުރުން ފައިސާގެ އަދަދާއި އެހެނިހެން ކިތާބީ ހެކިތަކަށް ވަކި ޕޮއިންޓްތަކެއް ކަނޑައަޅައިގެންނެވެ. ޕޮއިންޓް އެންމެ ގިނައިން ދީފައި ވަނީ ދިހަޔަކާ ހަމައަށެވެ. ތުހުމަތުކުރެވޭ 281 މީހުންގެ ލިސްޓުގައި ދައުމަތުގެ އެކި ފަންތީގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެއެވެ. ލިސްޓުގައި އެމީހަކަށް ލިބުނު ފައިސާގެ އަދަދު އެނގެން ނެތް ނަމަވެސް އެމީހަކު އަދާކުރީ ކޮން ވަޒީފާއެއްކަން ބަޔާންކޮށްފައިވެއެވެ.

ލިސްޓުގެ ވާހަކަ ދެކެވެން ފެށީއްސުރެ މި ލިސްޓުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ނަން އޮތް ކަމަށް ބުނެ ވާހަކަތައް ދެކެވުނުނަމަވެސް ލިސްޓުގައި އޭނާގެ ނަމެއް ނެތެވެ. އެކަމަކު އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ ނަން ހިމެނިފައިވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޭފުޅުންގެ ތެރެއިން ޔުމްނާ މައުމޫން ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަށް އެކި ގޮތްގޮތުން ފައިސާ ލިބިފައިވާ ކަމަށް ލިސްޓުގައިވެއެވެ. އެއީ ފާރިޝް މައުމޫނާއި ޣައްސާން މައުމޫނުގެ އިތުރުން ދުންޔާ މައުމޫނެވެ. މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ލިސްޓުގައި ނަން ހިމެނެނީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އެކަންޏެވެ. މަހުލޫފުގެ މައްސަލަ މިހާރު އޮތީ ދައުވާކުރުމުގެ މަރުހަލާގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

ބޮޑު ޚިޔާނާތުގެ ލިސްޓުގައި މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ ނަން ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވީ ޕީޕީއެމްގެ 6 މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ ޕީޖީ ލީޑަރ އަދި އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް، ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް، ގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހީމް ރިޒާ، މަހިބަދޫ ދާއިރާގެ މެމްބަރ އަހުމަދު ތާރިގް، ތ. ގުރައިދޫ ދާއިރާގެ މެމްބަރ މުހައްމަދު ޣައްސާން މައުމޫން އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފެވެ.

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ނަން ވެސް ލިސްޓުގައި ވަނީ ހިމަނާފައެވެ. އެއީ އެމްޑީޕީ ޕީޖީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް، މުލަކު ދާއިރާގެ މެމްބަރ އިބްރާހީމް ނަސީރު، މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
18%
59%
6%
6%
6%
6%
ކޮމެންޓް
13 މެއި 2021 | ބުރާސްފަތި 01:39
ހާމިދު ހުސައިން
ވަރަށް ރަނގަޅު ލިސްޓް ގޮތްނޭނގޭ ފައިސާ އާއި މުދާ ނު ހައްގުން ހޯދުމީ ކުށެއް ކަމުގައި މަޖިލީހުން ފާސްކޮށް އެ މަޅީގައި މަޖިލީހުގެ މެންބަރުން.. ސުކުރިއްޔާ ރައީސް،
12 މެއި 2021 | ބުދަ 17:07
އާދަންބެ
ކައިފަ މިގޮވަނީ އެހެންމީހުންނާ ދިމާލައް ވަގަށް