ކ. މާލެ
|
11 މެއި 2021 | އަންގާރަ 21:29
މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން ސެކިއުރިޓީ ކަށަވަރު ނުވާނަމަ އާގާނޫނެއް ގެނެސްގެންވެސް އެކަން ކުރުމަށް އަންގަވާފައިވޭ
މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން ސެކިއުރިޓީ ކަށަވަރު ނުވާނަމަ އާގާނޫނެއް ގެނެސްގެންވެސް އެކަން ކުރުމަށް އަންގަވާފައިވޭ
ރައީސް އޮފީސް
އިސްވެރިންގެ ސެކިއުރިޓީ
މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރުގެ ސެކިއުރިޓީ ކަށަވަރުކުރުމުގެ އިސްލާހުތައް ދެނެގަތުމަށް ރައީސް އަންގަވައިފި
މިހާރު އޮތް އޮނިގަނޑުގެ ތެރެއިން ކުރެވެން ނެތްނަމަ އާ ގާނޫނެއް ގެނެސްގެންނަމަވެސް މިކަންކަަން ކުރުމަށް އަންގަވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށް ދޭ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ދެނެގަތުމަށް ބަންޑާރަނާއިބަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިއެވެ.

ދައުލަތުގެ 3 ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީންކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް ދައުލަތުގެ އެޓަރނީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަންގާރަ ދުވަހު ވަނީ އަންގަވައިފިއެވެ.

މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވާލައިގެންނަމަވެސް މިކަންކަަން ކަށަވަރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެޓަރނީ ޖެނެރަލަށް އަންގަވާފައެވެ. މިއަދު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަން އެ މަޖިލީހުގެ މެންްބަރުންނާވެސް ހިއްސާ ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއެކު އެފަދަ ބޭފުޅުންނަށް ދޭ ސެކިއުރިޓީއާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. މިހަމާލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް މިހާރުވެސް އޭޑީކޭގައި ފަރުވާ ހޯއްދަވާއިރު، އެމަނިކުފާނުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. މި މަހުގެ 13 ވަނަ ދުވަހު ޖަރުމަނަށް ވަޑައިގަންނަވަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

- ކޮމެންޓް