ކ. މާލެ
|
10 މެއި 2017 | ބުދަ 16:17
ތާރޓީ ރީޒަންސް ވައި ގެ ޕޯސްޓަރެއް
ތާރޓީ ރީޒަންސް ވައި ގެ ޕޯސްޓަރެއް
ދަ ސަން
ތާރޓީ ރީޒަންސް ވައި
"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ
ދެ ވަނަ ސީޒަން ނިކުންނާނީ 2018 ވަނަ އަހަރުގައި
ފުރަތަމަ ސީޒަން ގައި ހިމެނެނީ 13 އެޕިސޯޑު

"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންސް ނެރުމަށް ހަމަޖެހިއްޖެއެވެ. މިއަހަރު މާޗްމަހުގެ 31 ވަނަ ދުވަހު ނިކުތް "ތާރޓީން ރީޒަންސް ވައި" ވެފައިވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ ޝޯއަކަށެވެ.

އެމެރިކަން ޑްރާމާ ސީރީސް " ތާރޓީން ރީޒަންސް ވައި" އަކީ 2007 ގައި ނިކުތް ވާހަކައެއްކަމަށްވާ "ތާރޓީ ރީޒަންސް ވައި" ގެ އަސްލަކަށް ބަލައިގެން ހަމަ އެނަމުގައި ނެރޭ ސީރީޒްއެކެވެ.

މިސީރީޒްއަކީ ނަފްސާނީ މައްސަލަތައް ދިމާވާ އަދި އަމިއްލަ އަށް މަރުވާ ފުރާވަރު އަންހެން ކުއްޖެއް ބަހައްޓާފައިވާ 13 ޓޭޕަކާ ގުޅުވައިގެން ފަޅާއަރާ ހަގީގަތްތަކަށް ބިނާކޮށް ކުޅެފައިވާ ޝޯއެކެވެ.

"ތާރޓީ ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނިކުންނާނެ ކަމަށް އިއުލާންކޮށްފައިވަނީ މި ސިރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރ ސެލީނާ ގޯމޭޒް އޭނާގެ އިންސްޓަގްރާމުގައި 2 ވަނަ ސީޒަން އަންނާނެކަމަށް ބުނެފައި ވުމުންނެވެ. އެހެން ނަމަވެސް އެ ސީޒަން ކުރިއަށްދާނީ ކިހިނެތް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފުރަތަމަ ސީޒަން ނިމިގެން ދިޔައިރު ބެލުންތެރިންގެ ހިތުގައި ވަނީ އެތަކެއް ސުވާލު އުފައްދާފައެވެ.

"ތާރޓީ ޒީޒަންސް ވައި" ގެ 2 ވަނަ ސީޒަން ނިކުންނާނީ 2018 ވަނަ އަހަރުގައެވެ. ފުރަތަމަ ސީޒަން ގައި ހިމެނެނީ 13 އެޕިސޯޑެވެ.

- ކޮމެންޓް