ކ. މާލެ
|
11 މެއި 2021 | އަންގާރަ 02:00
އައިޖީއެމްއެޗްގެ ޑރ. މޫސާ މުރާދު،
އައިޖީއެމްއެޗްގެ ޑރ. މޫސާ މުރާދު،
ރައީސް އޮފީސް
ކޮވިޑް-19 ފެތުރުން
''ހާލަތު ވަރަށް ގޯސް، ނަންބަރު ދަށްކުރާކަށް އިތުރު މޮޅު ގޮތްތަކެއް ނުހެދޭނެ''
ބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުން ފަރުދީ ޒިންމާ ނަގަން ޖެހޭ
މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށް ގައިޑްލައިން ތަންފީޒު ކުރަންޖެހޭ
އައު ވޭރިއެންޓް އުޅޭކަމަށް ވަރަށް ބޮޑަށް ބެލެވޭ

ކޮވިޑް-19ގެ ނަންބަރުތައް ދަށް ކުރުމަށް މާ މޮޅު ގޮތްތަކެއް ނުހެދޭނެ ކަމަށާއި، ގިނަ އަދަދެއްގެ ޒުވާނުން ޕޮޒިޓިވްމުންދާ ކަމަށް އައިޖީއެމްއެޗްގެ ޑރ. މޫސާ މުރާދު ވިދާޅުވެވެއްޖެއެވެ.

ހޯމަ ދުވަހު ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުރާދު ވިދާޅުވީ ކޮވިޑްގެ ނަންބަރުތައް ދަށް ކުރުމަށް ވަކި މޮޅު ގޮތްތަކެއް ނުހެދޭނެ ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ ނަގަން ޖެހޭ ކަމަށެވެ.

އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށް ގައިޑްލައިން ތަންފީޒު ކުރުމަށް ޑރ.މުރާދު އިލްތިމާސް ކުރެއްވިއެވެ. އަދި މާސްކް އެޅުމަށާއި، އިޖްތިމާއީ ގައިދުރުކަމާއި، ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް ޑރ.މުރާދު ވަނީ އެދިވަޑައިގެންފައެވެ.

ވަކި އިތުރު މާ މޮޅު ގޮތްތަކެއް އަޅުގަނޑުމެންނަށް ނަންބަރުތައް ދަށްކުރާކަށް ނުހެދޭނެ. އަޅުގަނޑުމެން ދެމުންދާ އިރުޝާދުތައް އެއީ ވީހާ ވެސް ގައިދުރުކޮށް އެކަކު އަނެކަކާއި މުއާމަލާތްކޮށް ގައިދުރުކޮށް ބެލެހެއްޓުމާއި އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަ ދައްކާ މުއާމާލާތު ކުރުމުގެ ތެރޭގައި އަބަދުވެސް މާސްކް އަޅުއްވައިގެން ކޮންޓެކްޓް ނުވާނެ ގޮތަކަށް ވީހާ ވެސް ބޮޑަށް ކޮންޓެކްޓް ބަބުލް ކުޑަ ކުރުން ކުރެވޭނެ އެންމެ ބޮޑު ކަންތައް.

އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ނިސްބަތަށް އަލިއަޅުއްވާލައްވަމުން ޑރ.މުރާދު ވިދާޅުވީ ޑީއެޗް-11ގައި ބަލި ހަތަރު މީހަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ޑީއެޗް-11ގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ހޯދަމުންދާ 50 އިންސައްތައަށް ވުރެ ބޮޑު ބަޔަކީ ޅަ އުމުރުގެ ބަލި މީހުން ކަމަށް ޑރ.މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.މުރާދު ވިދާޅުވީ ހާލަތު ވަރަށް ގޯސް ކަމަށާއި، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ބަލީގައި ހާލު ދެރަވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ. ރާއްޖޭގައި ބަލި ފެތުރެމުންދާ ގޮތަށް ބަލާއިރު ރާއްޖޭގައި އާ ވޭރިއަންޓެއް އުޅޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ޑރ.މުރާދު ވިދާޅުވިއެވެ.

- ކޮމެންޓް
11 މެއި 2021 | އަންގާރަ 14:33
ޢަލީ ކަރީމް
މޮޅު ގޮތެއް ނޭގޭނަމަ އިސްތިއުފާދީ، ޓެކްސް ފައިސާކޮޅު ނަގައިގެން ތިހެން ތިބެން ހެޔޮނުވާނެ. ނިއުޒިލޭންޑް ފަދަ ގައުމުތަކަށް ބެލުމުން އެގެނީ މި އުޅެނީ ގާބިލްކަމުގެ މައްސަލަ. ކެޕޭސިޓީ ނެތީ ތި މީހުންގެ