ކ. މާލެ
|
10 މެއި 2021 | ހޯމަ 14:05
އިންޑިއާގެ ހޮސްޕިޓަލްތައް ފުރި ބައެއް ސްޓޭޓް ތަކުގައި އޮކްސިޖަނަށް ޖެހިފައި
އިންޑިއާގެ ހޮސްޕިޓަލްތައް ފުރި ބައެއް ސްޓޭޓް ތަކުގައި އޮކްސިޖަނަށް ޖެހިފައި
އަލްޖަޒީރާ
އިންޑިއާ ކޮވިޑް
އިންޑިއާ ލޮކްޑައުން ކުރުމަށް ގޮވާލާ އަޑުތައް ގަދަވާން ފަށައިފި
ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މައްޗަށް
ބައެއް ގައުމުތަކުން އިންޑިއާއަށް ދަތުރުކުރުން ހުއްޓާލާފައި
މިހާތަނަށް އެއްމެ ގިނަ މީހުން މަރުވީ މިދިޔަ ހޮނިހިރު ދުވަހު

އިންޑިއާ ލޮކްޑައުން ކުރުމަށް ގޮވާލާ އަޑުތައް ގަދަވާން ފަށައިފިއެވެ.

އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނަނީ ރިކޯޑް މިންވަރަކަށެވެ. އެހެން ކަމުން އެ ގައުމު އެއްކޮށް ބަންދުކޮށް އަދަދުތައް މަދުކުރުމަށް ގޮވާލައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ސަރުކާރަށް އަންނަނީ ޕްރެޝަރ ކުރަމުންނެވެ.

އިންޑީއާގައި އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރު ބަލި ޖެހިގެން 366،161 މީހުން ރެކޯޑް ކޮށްފައިވެއެވެ. އަދި 3754 މީހުން ބަލީގައި މަރުވެފައިވާއިރު، ޖުމްލަ އަދަދު މިވަނީ 21.66 މިލިއަން ފަހަނައަޅާ ގޮސްފައެވެ.

ހޮސްޕިޓަލްތައް ފުރި އޮކްސިޖަނަށް ޖެހިފައިވާ އިންޑިއާގައި ބަލިޖެހޭ މީހުގެ އަދަދު ހުރި މިންވަރު ރަނގަޅަށް ދެނެގަނެވޭނީ ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވިގެން ކަަމަށް ކަމާބެހޭ ފަރާތްތަކުންދަނީ ބުނަމުންނެވެ. އާދީއްތަ ދުވަހު 1.47 މިލިއަން މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައިވެއެވެ.

އިންޑިއާގައި އެއްދުވަހާ އެންމެ ގިނަ މަރު ރެކޯޑް ކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެއީ 4187 މީހުންނެވެ. އޮގަސްޓް މަސް އަންނަންވާއިރަށް އިންޑިއާގައި މަރުވާ މީހުންގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް އިންސްޓިޓިއުޓް ފޯރ ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަނުން ވަނީ އަންދާޒާ ކޮށްފައެވެ.

އިންޑިއާގެ ބައެއް ސްޓޭޓްތައް ލޮކްޑައުންކޮށް ޒަރޫރީ ބޭނުންތައް ފިޔަވައި އެހެނިހެން ކަންކަމުގައި ބޭރަށް ނުކުތުންވަނީ މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް