ކ. މާލެ
|
10 މެއި 2017 | ބުދަ 04:28
ކުޅުންތެރިޔަކު އަނިޔާ ވެގެން ދަނޑުމައްޗަށް ވެއްޓިފައި
ކުޅުންތެރިޔަކު އަނިޔާ ވެގެން ދަނޑުމައްޗަށް ވެއްޓިފައި
ގޫގުލް
މެޗުން ބަލިވުން
ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟
ރަނގަޅު ކުޅުންތެރިން ޓީމާ ގުޅޭކަށް ބޭނުމެއް ނުވި
އެސިސްޓެންޓު ކޯޗުންގެ ފެންވަރެއް ނެތް
ކޯޗަށް ވާނުވާ އެއް ނޭނގޭ

މާ ގަދަފަދަ ޓީމެއް މެޗެއް ކުޅެން ނުކުތް ވާހަކަ އަޑު އަހައިފީމެވެ. ބޭނުން ދުވަހަކަށް މެޗުގެ ކުޅުން ލަސްކުރުމުން ގޮސް އެންމެ ފަހުން މެޗު ކުޅެފިއެވެ. ކަންތައްވީ ގޮތަކީ، ބޮޑު ބައްޔަކުން އެ ޓީމު ބަލިވީއެވެ. ބަލިވީ ބޮޑު ތަފާތަކުންނެވެ.

މެޗު ކުޅެ ނިމުމުން، ދެން އޮންނާނީ، މެޗުގެ ނަތީޖާ ނުކުތް ގޮތާއި މެދު ވިސްނުމެވެ. ޚާއްސަ ކޮށް އެހާ ބޮޑު ތަފާތަކުން ބަލިވެއްޖެނަމަ، އެކަމުގެ މާޔޫސް ކަންމަތީގައި ތިބެން ޖެހުނަސް މި އެކްސަސައިސް ކޯޗަށާއި މެނޭޖްމަންޓަށް ހަދަން މަޖުބޫރުވާނެއެވެ.

ޓީމު ބަލިވި ކަމަށް ގަބޫލު ކުރަން ދަތިވި ނަމަވެސް، އެއީ އެންމެންގެ ކުރިމަތީގައި ނުކުތް ނަތީޖާއަކަށް ވުމުން ސްކޯބޯޑް ބަލަހައްޓަން ތިބި ކުދިންނަށްވެސް ބޯޑުގައި ލަނޑުގެ އަދަދު ނާޅުވާ ލަސް ކުރެވެން އޮތީ ވަކި ވަރަކަށް ކަމަށްވާތީ އެކަންވެސް ސިއްރު ކުރެވޭނެ ގޮތެއްނެތި އެންމެ ފަހުން ލަނޑު ބޯޑު ހާމަ ކޮށްފިއެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް މާ ގަދަ ޓީމެއް ކަމަށް އަޑު އެރުވި ޓީމު އޮތީ ބޮޑު ބައްޔަކުން ބަލިވެފައެވެ.

މިހާ ތަނަވަސް، މިހާ މުއްސަނދި ޓީމެއް މިހާ ބޮޑު ބައްޔަކުން ބަލިވިއިރު އެންމެ ހައިރާންވި އަނެއް ކަމަކީ، އިދިކޮޅު ޓީމުގެ މެނޭޖަރުންނާއި ކޯޗުންނަށް ދަނޑަށް ވަދެވޭނެ ހުރިހާ ދޮރެއް ހުރީ ބަންދު ކޮށްފައެވެ. ޓީމުގެ ވެރިންނަށް ކުޅުންތެރިންނާ ބައްދަލު ކުރެވޭނެ ހުރިހާ ގޮތަކަށް ހުރީ ހުރަސް އަޅާފައެވެ. ޓީމަށް އެއްޗެއް ދިއްކޮއްލާނެ މީހުންވެސް ތިބީ ކަސްތޮޅު އަޅުވާފައެވެ. ޓީމަށް ސަޕޯޓް ކުރަން ޖެހެނީވެސް ސިއްރުންނެވެ. ޕްރެކްޓިސް ކުރާނެ ދަނޑެއް ނުދިނެވެ. ޕްރެކްޓިސްއަށް ނުކުންނަ ނަމަ، އަނބުރާ ގެއަށް އާދެވޭނެ ކަމުގެ ޔަގީން ކަމެއްވެސް ނެތެވެ. މިހުރިހާ ދަތިތަކާ އެކުވެސް ދަނޑަށް އެރި އިރު އަދި ރެފްރީގެ އުނދަގޫވެސް އެހާ ބޮޑެވެ. މެޗް އޮފިޝަލުންނަކީވެސް އިތުބާރު ކުރެވޭ ވަރުގެ ބައެއް ނޫނެވެ. މިފަދަ ދަތި ހާލެއްގައި އިދިކޮޅު ޓީމު ތައްޔާރުވެ ދަނޑަށް ނުކުމެ އެބުނާ ގަދަފަދަ ޓީމުގެ ހަގީގީ ފެންވަރަކީ ކޮބައިކަން ދައްކާލާ އެ ބުނާ ގަދަ ޓީމު ސިއްސުވާލައިފިއެވެ.

މިހާރު ރަށު ތެރޭގައި މީހުން ކުރަމުންދާ ސުވާލަކީ މިވަރު ބައްޔަކުން މި ބަލިވީ ކީއްވެ ހެއްޔެވެ؟

މައްސަލަތަކަށް ބަލާއިރު، މެޗަށް ޓީމު ނުކުތް އިރު ޓީމުގެ އޯނަރޝިޕްގެ މައްސަލަ އޮތީ ފެންމަތިވެފައެވެ. ކްލަބްގެ ވެރިޔާ ގަދަކަމުން ދުރުކުރުވާ ޓީމުގެ މައްޗަށް ބަޔަކު ގަދަކަމުން އޮތީ ވެރިވެ ގަނެފައެވެ.

ކޮންމެ އަކަސް އާ މެނޭޖްމަންޓުން މޮޅުވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކަން ދިން މި މެޗަށް ނުކުތް އިރު ހެޑް ކޯޗަކަށް ހަމަޖެއްސީ ސީދާ މެނޭޖަރުގެ އެންމެ އިތުބާރު އޮތް ފަރާތް ކަމަށް ވެއެވެ. އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަމަޖެއްސީވެސް އެހާ އިތުބާރު އޮތް ފަރާތްތައް ކަމަށް ވެއެވެ. ކޯޗާއި އެސިސްޓެންޓު ކޯޗުން ބޭނުންވިހާ ކަމެއް މެނޭޖްމަންޓުން އޮތީ ހަމަ ޖައްސައިދީފައެވެ. ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކެއުމާއި ސަޔާއި، ދަތުރުފަތުރާއި، ބޭސްފަރުވާއާއި، ބޮޑެތި އިނާޔަތްތަކާއި މިހެން ގޮސް ކޯޗަށް، އެސިސްޓެންޓު ކޯޗާއި ސަޕޯޓަރުން ހުށަހެޅި ކޮންމެ ކަމެއް މެނޭޖްމަންޓުން އޮތީ ހަމަޖައްސައިދީފައެވެ.

އެކަމަކު މީހުން ބުނަނީ އެއީ ކުޅިވަރު ދަންނަ ކޯޗެއް ނޫން ކަމަށެވެ. އަދި އެސިސްޓެންޓް ކޯޗުންނަނަކީ ހަގީގަތުގައި ސަޕޯޓަރުން ބަލައިގަންނަ ބައެއް ނޫން ކަމުގައެވެ. ކްލަބަކީ ތަނަވަސް ކުލަބަކަށް ވާތީ، އަމިއްލަ ފައިދާތަކެއްގެ ބޭނުމުގައި ކޯޗު ހައްދައިގެން ހަގީގަތްތައް ސިއްރު ކޮށްގެން އެސިސްޓެންޓު ކޯޗުން އުޅުނީ ކަމަށެވެ. ހަގީގަތުގައި ކޯޗަށް ވާނުވާ އެއް ނޭނގޭ ކަމަށްވެއެވެ. ކްލަބް ކުރި ދަތުރު ތަކުގައި ސަޕޯޓަރުން ތިބި ކަމަށް ބުނެ ޓީމުގެ ޖާޒީ ކުލައިގެ ހެދުންތައް އަޅުވައިގެން މީހުން ނެރެ ކޯޗަށް ދެއްކީ އަދި މުޅިން ހަގީގީ މަންޒަރެއް ނޫން ކަމަށް މީހުން ބުނެއެވެ. ކޯޗަށް ދަޅަދެއްކީ މިއީ ވަރަށް ސަޕޯޓް ބޮޑު ޓީމެއްގެ ގޮތުގައެވެ. އެހެން ކަމުން ޓީމަށް ސަޕޯޓު އިތުރު ކުރަން ހަގީގަތުގައި ކުރަންޖެހޭ މަސައްކަތް ކޯޗަށް ދޭހަ ނުވެސްވީ ކަމަށްވެއެވެ.

ބޮޑު ލަދަކާއެކު ދަނޑުން ފައިބަން ޖެހުމުން، ދެކެވޭ އެއްވާހަކައަކީ، ކޯޗަށް ކުޅުންތެރިން ސެލެކްޓް ކުރަން ނޭނގުނު ވާހަކަ އަކާއި ރަނގަޅު ކުޅުންތެރިން ޓީމާ ގުޅެން ބޭނުން ނުވި ވާހަކައެވެ. ޓީމުގައި ކުޅުންތެރިންނަށް ދޭ މުސާރައާއި އިނާޔަތްތައް ބޮޑަސް، ރަނގަޅު ކުޅުންތެރިން ޓީމާ ވައި އެޅޭކަށް ބޭނުމެއް ނުވެއެވެ. ރަށުތެރޭގައި ވާހަކަ އޮންނަނީ، ޓީމުގެ ތަނަވަސް ކަމަކީ ރަނގަޅު ގޮތުގައި ހޯދާފައިވާ ފައިސާ ނޫން ކަމުގައެވެ. މެޗު ކުޅޭ ދުވަސްވެސް ލަސްކުރަމުން ގެންދިޔައީ ރަނގަޅު ކުޅުންތެރިން ޓީމާ ނުގުޅިގެން ކަމަށް މީހުން ކިޔައެވެ. އެންމެ ފަހުން ޓީމު ހަމަކުރަން އިންޖަރީގައި ތިބި ކުޅުންތެރިން ތަކެއްވެސް ޓީމަށް ނެގީއެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަށް ނުކުޅެވިދާނެ ކަމަށް ބަލާ އިދިކޮޅު ޓީމުންވެސް ބައެއް ކުޅުންތެރިން ގަނެވެސް ހެދިޔެވެ.

އަނެއް ބަޔަކު ބުނަނީ، ބޮޑު ހޭދައެއް ކޮށްގެން ގެންގުޅު އެސިސްޓެންޓް ކޯޗުންގެ ހަގީގީ ފެންވަރު ދަށްވީ ކަމަށެވެ. އަޑު އަރުވާފައި އޮތް މިންވަރާ ގާތައްވެސް އެމީހުންގެ ކިބައިން ފެންވަރެއް ނުދެއްކުނެވެ. ކުޅުންތެރިން އުއްމީދު ކުރިކަހަލަ ސަޕޯޓެއް އެސިސްޓެންޓް ކޯޗުންނަށް ހޯދައެއް ނުދެވުނެވެ. އެމީހުން ގަދަ ކަމަށް ބުނާ ޑިޕާޓްމަންޓް ތަކުގައިވެސް ފެނިގެން ދިޔައީ އެއީ ފެންވަރެއް ނެތް ބައެއްގެ ގޮތުގައެވެ.

އަނެއް ކޮޅުން، ދިމާވި މައްސަލައެއް ކަމަށްވަނީ، ގަދަކަމުން ސަޕޯޓަރުން ހޯދުން ކަމަށް ބައެއް މީހުން ބުނެއެވެ. ކުޅެވުނު ޕްރެކްޓިސް މެޗުތަކަށްވެސް ގަދަ ކަމުން މީހުން ސަޕޯޓު ކުރަން ފުލުފުލުގައި ނެރުމުގެ ސަބަބުން މެޗާ ހަމަޔަށް އައިއިރު ސަޕޯޓަރުން ތިބީ ފޫހިވެފައެވެ. މެޗަށް ދާއިރު ހާޒިރީ ބެލުމާއި، ޓިކެޓް ކޮޅުގައި ފާހަގަ ޖަހާ ފާރަލުމާއި، ސަޕޯޓު ކުރަން ނުގޮއްސިނަމަ ބިރު ދެއްކުމާއި، އިންޒާރު ދިނުމާއި، އަދަބު ދިނުން ފަދަ ކަންކަން ކުރަމުން ދިޔުމުން ހަގީގަތުގައި ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް ފޫހިވެ ޓީމު ދެކެ ރުޅި އައިސްފައެވެ. ބޮޑު ހޭދައެއް ޓީމަށް ކުރަމުން ދިޔައިރު، އަދި ކޮންމެ ކަމަކަށް ޓީމަށް ސަޕޯޓް ކުރަން ނެރޭއިރު، އެމީހުންގެ އަމިއްލަ ދިރިއުޅުން ނުހަނު އުނދަގޫ ތަކުގައި އުޅެން ޖެހިފައިވުމުން ސަޕޯޓް ކުރަމުންދިޔައީ ހެޔޮ ހިތުން ނޫންކަމަށް ވެއެވެ. މެޗުގެ 11 ވަނަ ކުޅުންތެރިޔާއަކީ ސަޕޯޓަރުން ކަމަށް ވުމާއެކު، 11 ވަނަ ކުޅުންތެރިޔާއަށް އެދުވަހު ދަނޑުގައި އެއްވެސް ފޯރިއެއް ނުދެއްކިއެވެ. ނަތީޖާއަކީ ބޮޑު ލަދަކާއެކު ދަނޑުން ފައިބައިގެން ދިއުމެވެ. ދެންބުނީ މި ބަލިވީ ސެމީ ފައިނަލުން ކަމަށެވެ. ފައިނަލުގައި ކުޅޭ މެޗުން މޮޅުވާނެ ކަމަށެވެ. އިދިކޮޅު ސަޕޯޓަރުން އެއާ ވިއްދާ ބުނީ، ސެމީ ފައިނަލުން ބަލިވާ ބަޔަކު ފައިނަލަށް ނުވެސް ދާނެ ކަމަށެވެ. ތިތިބީ ރީތި ގޮތަކަށް ބަލިވެ ކިޔާނެ އެއްޗެހި ހުސްވެފައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
10 މެއި 2017 | ބުދަ 13:06
އެޑަމް
އަސްލުވެސް މަ ހީކުރީ ހަމަ ފްޓްބޯޅަ މެޗެއްގެ ވާހަކަ ކަމަށް
10 މެއި 2017 | ބުދަ 08:46
ވާއު
ވާއު ލިޔުމެއް
10 މެއި 2017 | ބުދަ 08:15
އައްލާ އައްޑޫ ހިތަދޫން
އައްޑޫ ފެނައިކަ ކޮުންފުނީގައި މަސަތްކަތްކުރާ އިސްވެރިންނާއި އެމްއާރުޑީސީގައި މަސއްކަތްކަތްކުރާ އިސްވެރިން ނާއި ހިތަދޫބަދަރުގައި މަސަތްކަތް .ކުރާއިސްވެރިން ގެސަބަބުން އައްޑޫގައި ޕީޕީއެމް އަށް އޮއްސަޕޯޓުގެއްލިގެން ގޮސަފައިވާ ވާހަކަ ދަންނަވަން މި،ަކުގައޮތް ހައްލަކީ މިތަންތަން އޯވާހޯލް ކޮއް ރައިޔަތުން ނަށް އަޅާލާ ބައެއެކު ގެނައުން ފެނަކައި އުޅުނު ޒެޑް އާއި މިހާރު އުޅޭ ޒެޑް އަކީ އައްޑޫގެ ރައިޔަތުން އެންމެ ނުރުހުން ވާ ދެފަރާތެވެ. އެތަބުން އެއް ޒެޑް މިޙާރު ވަނީ ހައުސިންމިނިސްޓްރީގެ ހުތަދޫ އޮފީހަށް ބަދަލު ކޮށްފައެވެ. ސަރުކާރުން ސަޕޯރޓުބޭނުންނަމަ މިކަންތަށޤ ހަމައަކަށް އަޅޫއްވާށެވެ. އެހެންނޫނަމަ 2018 ކީކުރަން އެކައްޗެއްވެސް ހިރިހާއެއްޗެއްގެއްލިދާނެއެވެ.
10 މެއި 2017 | ބުދަ 03:55
Coach
Kalo mee fakkaa match analysis eh ingey hama habeys