ކ. މާލެ
|
10 މެއި 2017 | ބުދަ 01:11
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ޔޫތު ނެޓްބޯޅަ
ލަންކާ އަތުން ބަލިވެ ރާއްޖެ ރޭންކިންގެ މެޗުތަކަށް
ލަންކާ އަތުން ރާއްޖެ ބަލިވީ 86 ޕޮއިންޓް 14 ޕޮއިންޓުން
ރާއްޖެއިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ޕާކިސްތާން އަތުން މޮޅުވެފަ

ދެކުނު ކޮރެއާގެ ޖިއޮންޖޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވެ، ރޭންކިންގެ މެޗުތައް ކުޅެން ޖެހިއްޖެއެވެ.

ސްރީ ލަންކާ އަތުން ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމު ބަލިވީ 86 ޕޮއިންޓް 14 ޕޮއިންޓުންނެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 49 ޕޮއިންޓް 7 ޕޮއިންޓުން ރާއްޖެ މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ރާއްޖެ ވަނީ ތައިލެންޑް އަތުން 60-28 ޕޮއިންޓުން ބަލިވެފައެވެ.

އަދި ތިންވަނަ މެޗުގައި ހޯމަ ދުވަހު ވަނީ ހޮންގް ކޮންގް އަތުން 61 ޕޮއިންޓް 14 ޕޮއިންޓުން ބަލިވެފައެވެ.

ރާއްޖެއަށް ދެން މި މުބާރާތުގައި އޮންނާނީ ރޭންކިންގެ މެޗުތަކެވެ. ރޭންކިންގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ޓައިވާނާ ދެކޮޅަށެވެ.

މުބާރާތުގައި އޭޝީއާގެ 10 ގައުމަކުން ވާދަކުރެއެވެ.

- ކޮމެންޓް