Advertisement
ކ. މާލެ
|
7 މެއި 2021 | ހުކުރު 11:54
އޭޑީކޭ ހޮސްޕިޓަލް، އެމަނިކުފާނު ހޮސްޕިޓަލަށް ގެންދުމާއި ގުޅިގެން އާއްމު ވަނީ އެވަގުތު އެސަރަހައްދަށް އެއްވެފައި
އޭޑީކޭ ހޮސްޕިޓަލް، އެމަނިކުފާނު ހޮސްޕިޓަލަށް ގެންދުމާއި ގުޅިގެން އާއްމު ވަނީ އެވަގުތު އެސަރަހައްދަށް އެއްވެފައި
ރާއްޖެއެމްވީ
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ
ރައީސް ނަޝީދު އަދިވެސް ހޭފުޅުނާރާ، އޮންނެވީ އައިސީޔޫގައި: މެމްބަރު ޚަލީމް
އަދިވެސް އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭކަމުގެ މައުލޫމާތު ލިބިފައިވޭ
އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ބޭރުފުށުން ފެނުނު ޒަހަމްތަކަށް
ބޮލަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދީފައިވޭ

ރައީސް ނަޝީދު އަދިވެސް ހޭފުޅުނާރާކަމަށާއި އޮންނެވީ އައިސީޔޫގައި ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ޙަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ލައިވްކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިޔުގައި މެމްބަރު ޙަލީމް ވިދާޅުވީ އޮޕަރޭޝަނަށްފަހު ރައީސް ނަޝީދު އަދިވެސް ހޭފުޅުނާރާކަމަށާއި އޮންނެވީ އައިސީޔޫގައި ކަމަށެވެ.

އަދި މެމްބަރު ޙަލީމް ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅު ސްޓޭބަލް ކަމަށާއި، ނަމަވެސް އެމަނިކުފާނަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ކަމަށެވެ. މިވަގުތު އޭޑީކޭ ހޮސްޕިޓަލުގައި ހުންނަވައި މެމްބަރު ވިދާޅުވީ އަދިވެސް އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް އެމަނިކުފާނު ގެންގޮސްފައިވާއިރު، އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ބޭރުފުށުން ފެނުނު ޒަހަމްތަކަށެވެ. އޭގެ ފަހުން ބޮލަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ހެދި ސީޓީ ސްކޭނަކުން އެނގުނު ގޮތުގައި އެމަނިކުފާނުގެ މޭ ކައިރިން ފުއްޕާމެއަށް ވަނީ އަސަރުކޮށްފައެވެ.

އޭގެ ސަބަބުން ދެވަނަ އޮޕަރޭޝަން ކޮށްފައިވަނީ ފުއްޕާމެއަށް ފަރުވާ ދިނުމަށެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި އޭގެ ފަހުން ގޮހޮރުގެ އޮޕަރޭޝަނެއް ކުރިކަން ވެސް އެނގިފައިވެއެވެ.

ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ މެއަށް އަސަރުކޮށްފައި ހުރެދާނެތީ ކަމަށްވާއިރު، އަދި އެފަދަ ކަމެއް ވެފައިވާކަން އެނގިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް