ކ. މާލެ
|
6 މެއި 2021 | ބުރާސްފަތި 17:32
 ނާއިބުރައީސް ފައިސަލް ނަސީމުގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރާއި ސިއްހަތާއި ބެހޭ ވަޒީރު އެފްއޭމް ހައުސް އިންސްޕެކްޓް ކުރައްވަނީ
ނާއިބުރައީސް ފައިސަލް ނަސީމުގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރާއި ސިއްހަތާއި ބެހޭ ވަޒީރު އެފްއޭމް ހައުސް އިންސްޕެކްޓް ކުރައްވަނީ
އެފްއޭއެމް
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް އެފްއޭއެމް ހައުސް އެޗްޕީއޭއަށް
ގައުމަށް ދިމާވާ މިފަދަ ހާލަތްތަކުގައި ފުޓުބޯޅަ އާއިލާގެ އެހީ އަބަދުވެސް ލިބޭނެ

ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ށް ދޫކޮށްފައިވާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއޭއެމް ހައުސް ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް އެޗްޕީއޭއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު އެފްއޭމް ހައުސް އިންސްޕެކްޓް ކުރުމަށް ނާއިބުރައީސް ފައިސަލް ނަސީމްގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި، ސިއްހަތާއި ބެހޭ ވަޒީރު އަހުމަދު ނަސީމް އަދި އެޗްޕީއޭގެ ޓީމަކުން ވަނީ ވަޑައިގެންފައި ކަމަށެވެ.

ބައްސާމް ވިދާޅުވީ ގައުމަށް ދިމާވާ މިފަދަ ހާލަތްތަކުގައި ފުޓުބޯޅަ އާއިލާގެ އެހީ އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި ކޮވިޑްގެ އިތުރު ފެސިލިޓީތަކެއް އަޅަން ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.  


Advertisement
- ކޮމެންޓް