ކ. މާލެ
|
6 މެއި 2021 | ބުރާސްފަތި 17:53
ފާއިތުވި 24 ގަޑިއިރު ވެސް އިންޑިއާއިން އެތައް ބަޔަކު ވަނީ ކޮވިޑުގައި މަރުވެފައި
ފާއިތުވި 24 ގަޑިއިރު ވެސް އިންޑިއާއިން އެތައް ބަޔަކު ވަނީ ކޮވިޑުގައި މަރުވެފައި
އަލްޖަޒީރާ
ކޮވިޑުގައި އާއިލާ ވަކިގެން ދިޔުން
"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
 
ކޮވިޑުގައި އެތައް ބަޔަކު ދަނީ މަރުވަމުން
 
އިންޑިއާގެ ހޮސްޕިޓަލްތައް ވަނީ ފުރިފައި

"ދަރިފުޅު ލޮލުން ދުށުމަށް އަހަންނާއި އަންހެނުން ދުވަސްތައް ގުނަމުން ދިޔައީ ކެތްތެރި ކަމެއްނެތި. ބަނޑުގައި ދަރިފުޅު އޮއްވައި އެދެމައިން މަރުވީ އަހަރެންގެ ކުރިމަތީގައި. މުޅި ދުނިޔެ ހުއްޓުނު ކަހަލަ"

"ޑޮކްޓަރުން ގާތު ސަލާން ޖެހިން. ރޮއެ އާދޭސް ކުރިން. އެކި ހޮސްޕިޓަލުތަކަށް ހިނގިން. ޖަވާބު ހޯދަން މޮޔައެއްހެން އުޅުނިން."

މިއީ އިންޑިއާގެ އުއްތަރުޕްރަދޭޝްގައި ދިރިއުޅެމުންދާ ސަޗިން އޭނާގެ އަނބިމީހާ ކޮވިޑް-19ގައި ފަރުވާއެއް ނުލިބި ބަނޑުގައިވާ ދަރިފުޅާއެކު މަރުވެގެން ދިއުމުން ހޮސްޕިޓަލުތަކަށް ހިނގައި ސަލާންޖެހި ގޮތުގެ ވާހަކައެވެ. އޭނާ ބީބީސީއަށް ދީފައިވާ ޚާއްސަ އިންޓަރވިއުއެއްގައި ބުނެފައިވަނީ އަންހެނުން މަރުވީ އެއްވެސް ފަރުވާއެއް ނުލިބިގެން ކަމަށެވެ. އެކިއެކި ޓެސްޓުތައް ހެދުމަށް އެކި ހޮސްޕިޓަލުތަކަށް ހިނގަން ޖެހުނު ކަމަށާއި އެތައް ވަގުތެއް އެކަމުގައި ބޭކާރު ވެގެން ދިއަ ކަމަށެވެ.

ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލުތަކުން އާއްމު ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލުތަކަށް ފޮނުވާލަމުން ދިޔައީ ވޭނުގައި ކެތްނުކުރެވިގެން އުޅުނު އަންހެނުންނާއި ބަނޑުގައި އޮތް ދަރިފުޅަށް އެއްވެސް ފަރުވާއެއް ދިނުމެއް ނެތި ކަމަށް ސަޗިން ކިޔައި ދިނެއެވެ. އޭނާ ބުނީ މުޅި ގައުމުގެ ސިއްހީ ނިޒާމު ފެއިލްވެއްޖެ ކަމަށެވެ.

މިއީ މިއަދު އަޅުގަނޑުމެންނާ އެންމެ ގާތުގައިވާ އަވަށްޓެރި އިންޑިއާގެ ހާލަތެވެ. ސަޗިން ފަދައިން އެތައް ބައެއް އާއިލާއާއި ވަކިވާން ޖެހިފައިވާއިރު، ކޮވިޑުގެ ވަބާގައި މުޅި ގައުމު ވަނީ ވޭންދެނިވި، ބިރުވެރި އަދި ވޭނީ ރުއިމުގެ އަޑުތަކުން ފުރާލާފައެވެ. މުޅި ގައުމު އޮކްސިޖަނަށް ސަލާންޖަމަހުން ދާއިރު ގައުމު ވަނީ ހިތާމައިގެ ސާލަކުން ބަނދެވިފައެވެ. އެތައް ބަޔަކު ފަރުވާ ނުލިބި މަރުވަމުންދާއިރު ފާއިތުވި 24 ގަޑިއިރު ވެސް އިންޑިއާ ވަނީ ކޮވިޑުގެ މުޅިން އައު ރެކޯޑެއް ހަދާފައެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 412,262 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު 3,980 މީހުން ވަނީ މަރުވެފައެވެ. ކެރެލާ ހިމެނޭހެން ބައެއް ސަރަހައްދުތައް ލޮކްޑައުންކޮށް ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރަން އަންގާފައިވެއެވެ.

ގައުމުގެ ހާލަތު ބޮއްސުލައިގެން ގޮސް ހޮސްޕިޓަލުތައް ފުރިއްޖެއެވެ. ބަލި މީހުން ގެއަށް ފޮނުވާލަން ޖެހިއްޖެއެވެ. އެއް އެނދުގައި ދެމީހުން ބައިތިއްބަން ޖެހިއްޖެއެވެ. ގޭތެރޭގައި ވެސް މާސްކު އަޅަން އަނގައިފިއެވެ. ފަރުވާ ދޭނެ މީހުން ކަނޑައަޅައި ފަރުވާ ނުދީ ބައެއް މީހުން އެހާލަށް ދޫކޮށްލަން ޑޮކްޓަރުންނަށް މަޖުބޫރުވެއްޖެއެވެ. ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެއްޖެއެވެ. ނަމަވެސް ކުރަމުންދާ ހަނގުރާމައަކަށް ނިމުމެއް ނެތެވެ. ވަރުބަލިކަން ދެއްކޭކަށް ނެތެވެ. އެއަށްވުރެ ގައުމުގެ ހާލަތު ގޯސްވެއްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
2%
1%
90%
4%
2%
1%
ކޮމެންޓް
9 މެއި 2021 | އާދީއްތަ 22:47
އަހަންމާ
އެމް.ޑީ.ޕީ ކުދިން...އިބްރަތް ހާސިލް ކުރައްވާ.
8 މެއި 2021 | ހޮނިހިރު 05:23
ބޮޓު
އަދިވެސް ރާއޖއމީހުން އިންޑިޔާއަށް ބަރޯސާވެވޭތޯ ބަލާ އަމިއްލަ ގައުމުދެކެ ލޯބިނުވާ ބަޔެއްގެ ފަރާތުން ވަކި އަހަރެމެނަށް ފައިފާ އެއް ލިބޭނެކަމަށް ގަބޫލުކުރަންޏާ ތިޔައީ އަދި ކުރެވޭ މޮޔަ ކަމެއް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި