ކ. މާލެ
|
9 މެއި 2017 | އަންގާރަ 19:16
މާލެ ލީގުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ކާމިޔާބު ކުރުމަށްފަހު އުފާ ފާޅުކުރަނީ
މާލެ ލީގުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ކާމިޔާބު ކުރުމަށްފަހު އުފާ ފާޅުކުރަނީ
ފޭސްބުކް
މާލެ ލީގު
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މަޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ
އަސަދުﷲ ވަނީ މެޗުގައި 2 ލަނޑު ކާމިޔާބުކޮށްފަ
މާޒިޔާއިން 1 ވަނައިގައި އޮތީ ކުޅުނު 6 މެޗުން ލިބުނު 13 ޕޮއިންޓާއެކީގަ

ކްލަބް ވެލެންސިއާ ބަލިކޮށް އެސްޓީއޯ މާލެ ލީގުގެ އެއްވަނައަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖެހިލައިފިއެވެ.

ހޯމާ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިދެޓީމު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު މާޒިޔާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ނިކުތްއިރުވެސް މާޒިޔާ އޮތީ ހިތްހަމަޖެހުމެއްގެ ތެރޭގައެވެ. ސަބަބަކީ ކުރިން އެއްވަނައިގައި އޮތް ނިއުރޭޑިއަންޓް ޓީސީއަތުން ބަލިވުމުން، ވެލެންސިއާ އަތުން ޕޮއިންޓަކުން ފުއްދާލައިގެންވެސް މާޒިޔާއަށް އެއްވަނައަށް އެރުމުގެ ފުރުސަތު އޮތުމުންނެވެ.

މެޗުގެ ވަރަށް ކުރީ ކޮޅުގައި މާޒިޔާއިން ވަނީ ލަނޑެށް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެށް ދެއްކި، ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މި ލަނޑަށް ފަހުގައިވެސް މާޒިޔާއިން ދިޔައީ ވެލެންސިއާގެ ގޯލަށް ނުރަށްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިންމުމުގެ ކުރިން އެޓީމުން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 39 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރެވެ. މި ލަނޑަށްފަހު މަޒިޔާއިން ފުރަތަމަ ހާފު ނިންމާލީ 2-0 ގެ ނަތީޖާއަކުން ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔައީ މާޒިޔާއިންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގައި އެޓީމުން ކާމިޔާބުކުރި 3 ވަނަ ލަނޑު ކާމިޔާބުކޮށް ލީޑުއިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކެޕްޓަން އަސަދުﷲ ޢަބްދުﷲ އެވެ. މިއީ މިސީޒަނުގައި އަސަކޯ ކާމިޔާބުކުރި 9 ވަނަ ގޯލެވެ. ލަނޑު ލިސްޓުގެ އެއްވަނާގައި އަސަކޯ އޮތްއިރު ދެވަނަގައި އޮތީ 6 ގޯލާއިއެކު ނިއުރޭޑިއަންޓުގެ ބިދޭސީ ކުޅުންތެރިޔާ ގަލާޑޯއެވެ.

މެޗުން ހޯދި 3 ޕޮއިންޓާއިއެކު މާޒިޔާއިން ލީގު ތާވަލުގެ އެއްވަނައަށް އެރީ ކުޅުނު 6 މެޗުން ޖުމްލަ 18 ޕޮއިންޓާއި އެކުގައެވެ. ދެވަނައަށް ވެއްޓިފައިވާ ނިއުރޭޑިއަންޓަށް ކުޅުނު 7 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. 3 ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓަށް ކުޅުނު 7 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް