ކ. މާލެ
|
3 މެއި 2021 | ހޯމަ 18:41
ހޯމަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހޯމަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އިމްތިހާނު ޕޭޕަރު ލީކުވުމުގެ މައްސަލަ
އެޑެކްސެލްގެ ގައިޑްލައިނާ އެއްގޮތަށް ޕޭޕަރު ތައްޔާރުކުރެވޭ ފެންވަރުގެ ގާބިލް ޓީޗަރުން އެބަތިބި: އެޑިޔުކޭޝަން
 
ޕޭޕަރު ތައްޔާރުކުރުމާއި މާކްސް ދިނުމުގައި އެޑެކްސެލްއިން އެހީތެރިކަން ފޯރުކޮށްދޭނެ
 
އެޑެކްސެލްގެ ގައިޑްލައިނާ އެއްގޮތަށް ޕޭޕަރު ތައްޔާރު ކުރެވޭނެ
 
ސްކޫލުތަކުގައި މޮކް އެގްޒާމް ތައްޔާރުކުރުމާއި ޓާމް ޓެސްޓު ތައްޔާރުކުރުމުގެ މަސައްކަތް ވެސް ޓީޗަރުން ދަނީ ކުރަމުން

އެޑެކްސެލްގެ ގައިޑްލައިނާ އެއްގޮތަށް ޕޭޕަރު ތައްޔާރުކުރެވޭ ފެންވަރުގެ ގާބިލް ޓީޗަރުން ރާއްޖޭގައި އެބަތިބި ކަމަށާއި ޓީޗަރުން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހޯމަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިޔުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މިހާރު ވެސް ސްކޫލުތަކުގައި މޮކް އެގްޒާމް ތައްޔާރުކުރުމާއި ޓާމް ޓެސްޓު ތައްޔާރުކުރުމުގެ މަސައްކަތް ޓީޗަރުން ކުރަމުންދާ ކަމަށެވެ. ވަކި ޚާއްސަ ތަމްރީނެއް ދޭން ނުޖެހޭނެ ކަމަށާއި އެއީ ކަމަށް ވަރަށް ގާބިލް ޓީޗަރުން ކަމަށް އިހްސާން ވިދާޅުވިއެވެ.

ޓީޗަރުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ އެޑެކްސެލްގެ ގައިޑްލައިނާ އެއްގޮތަށް ޕޭޕަރު ތައްޔާރު ކުރެވޭނެ ކަމަށާއި މިހާރުވެސް ސްކޫލުތަކުގައި ދެމުންދަނީ އެޑެކްސެލް ފެންވަރުގެ އިމްތިހާނު ކަމަށެވެ.

ޓީޗަރ ބޭސްޑް އެސެސްމެންޓަށް އިޝާރާތް ކުރައްވަމުން އިހްސާން ވިދާޅުވީ ޕޭޕަރު ތައްޔާރުކުރުމާއި މާކްސް ދިނުމުގައި އެޑެކްސެލުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެޑެކްސެލްގެ ގައިޑްލައިނާ އެއްގޮތަށް ޕޭޕަރު ތައްޔާރުކުރެވޭ ފެންވަރުގެ ގާބިލް ޓީޗަރުން ތިބިކަން ހާމަކޮށްފައިވާއިރު އޭއެސް/އޭލެވެލް އިމްތިހާނު ޕޭޕަރ ލީކުވުމާއި ގުޅިގެން އިމްތިހާނު ކުރިއަށް ނުގެންދިއުމަށް އެޑިއުކޭޝަނުން މިހާރު ވަނީ ނިންމާފައެވެ.

އެޔާއެކު އެޑެކްސެލްއިން ވަނީ ދެ އޮޕްޝަނެއް ރާއްޖެއަށް ދީފައެވެ. އެއީ މިހާރު އިމްތިހާނު ހަދައި ނިންމާލަން ބޭނުންވާ ދަރިވަރުން ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ދިއުމެވެ. އަދި އިމްތިހާނު ހަދަން ބޭނުންނުވާ ދަރިވަރުންނަށް އޮކްޓޫބަރ/ނޮވެންބަރުގައި އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމެވެ.

ޓީޗަރ ބޭސްޑް އެސެސްމަންޓްގައި އެ ސްކޫލަކުން ޕޭޕަރު ތައްޔާރުކުރާއިރު މޮކް އިމްތިހާނުގެ ނަތީޖާއަށް ބަލާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި