ކ. މާލެ
|
2 މެއި 2021 | އާދީއްތަ 22:09
ކޮވިޑްގައި މަރުވާ މީހުންގެ ހަށިތައް އަލިފާނުގައި އަނދަމުން ދަނީ
ކޮވިޑްގައި މަރުވާ މީހުންގެ ހަށިތައް އަލިފާނުގައި އަނދަމުން ދަނީ
ސޯލްޓްވަޔަރ.ކޮމް
އިންޑިއާގެ ކޮވިޑްގެ ހާލަތު
ނިވުމެއްނެތް އަލިފާންގަނޑުތަކުގައި އަންދަމުންދާ މިނިކަށިތަކުން އިންޑިއާ ނަރަކައަކަށް!
 
އޭޕްރީލް 21 ފެށިގެން ކޮންމެ ދުވަހަކު 300,000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވޭ
 
މެއިމަހަށް އެޅި އިރު ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 400,000 އިން މަތީގައި
 
އޭޕްރީލް 21 ފެށިގެން ދުވާލަކު 8000 މެޓްރިކްޓަނުގެ އޮކްސިޖަން ބޭނުންވޭ

އިންޑިއާއަކީ ގާތްގަނޑަކަށް ދުނިޔޭގެ އާބާދީގެ 6 ބައިކުޅަ 1 ބައި މީހުންގެ ވަތަނެވެ. އެއީ ދުނިޔޭގެ އާބާދީގެ ތެރެއިން 1.4 ބިލިއަން މީހުންގެ އަމިއްލަ ވަޒަނެވެ. އެ ގައުމަކީ އެންމެ ގިނަ ދީންތަކުގެ މީހުން އެއްތަނެއްގައި އުޅެމުންދާ ފަސްގަނޑެވެ. އެކަމަކު އެމީހުންގެ ތެރެއިން ގިނަ މީހުން އުޅެމުންދަނީ ހިންދޫ ދީނަށެވެ. ދުނިޔޭގެ ހިންދޫއިންގެ އާބާދީގެ 94 އިންސައްތަ ދިރިއުޅެނީ އިންޑިޔާގައެވެ. ހިންދޫއިންގެ މެޖޯރިޓީ އޮންނަ އިންޑިއާއަށް މިވަނީ ކޮވިޑްގެ ބިޔަބޮޑު ރާޅެއް އަރާފައެވެ.

އޭގެ ސަބަބުން މިހާތަނަށް ދުނިޔެ ދެކެފައިނުވާ ބިރުވެރި އެތައް މަންޒަރެއް އިންޑިއާއިން ދަނީ ފެންނަމުންނެވެ. ހިތްދަތި އެތައްކަމަކުން މަންޒަރު ދެކޭ މީހުންގެ ލޯތައް ދަނީ ކަރުނައިން ތެމެމުންނެވެ. ފެންނަނީ ހޮސްޕިޓަލުތައް ފުރިފައިވާތަނެވެ. އޮކްސިޖަން ހުސްވެ ފުރާނައަށް އެދި ސަލާންޖަހާ މަންޒަރެވެ. ފަރުވާނުލިބި އާންމު ގޯތިގެދޮރުގައްޔާއި މަގުތަކުގައި މީހުން މަރުވާތަނެވެ. ޖަނާޒާ ހަރުގެތަކާއި ހުސްބިންތަކުގެ ބޭރުގައި ދެމިފައިވާ ފުރާނަނެތް ހަށިތަކުގެ ދިގު ކިއުތަކެވެ.

ކޮވިޑް ބަލިމަޑުކަމުގެ ފުރަތަމަ ރާޅެއް އިންޑިއާއަށް ބިންދާލީ މިދިޔައަހަރުގެ އޮގަސްޓުމަހުގައެވެ. އެއަށްފަހު އިންޑިއާއަށް ހިންދެމިލެވޭ ވަރުވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެކަމަކު އަނެއްކާ އޭޕްރީލްމަހު ދެވަނަ ރާޅެއް އިންޑިއާގެ ގަސްކަރަމަތިން ހުޅިލައި ނަގައިފިއެވެ. ހިންދޫ ދީނުގެ ބޮޑު އަޅުކަމެއް ކަމަށްވާ ކުމްބްމޭލާއާ ދިމާކޮށެވެ. ނަތީޖާއަކަށްވީ ކޮވިޑްގެ ރާޅަށް ބެލުމެއްނެތި އަޅުކަމަށް މިލިއަނުން މީހުން ޖަމާވުމެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއްނެތި އެ ބިމުގައި ވައިރަސް ފެތުރިގަތެވެ.

އޭޕްރީލްމަހު  އިންޑިއާގައި ނެގި ދެވަނަ ރާޅު ވެގެންދިޔައީ ކޮވިޑްގެ އާލަމީވަބާގައި ދުނިޔޭގެ އެއްވެސް ހިސާބަކުން މިހާތަނަށް ދެކެފައިނުވާވަރުގެ ރާޅަކަށެވެ. އޭޕްރީލް 21 ފެށިގެން ކޮންމެ ދުވަހަކު 300,000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ. މެއިމަހަށް އެޅި އިރު އެ އަދަދު ހުރީ 400,000 އިން މަތީގައެވެ. ކޮންމެ ދުވަހަކު ދުނިޔޭގެ އައު ރިކޯޑެކެވެ. ހޮސްޕިޓަލުތަކަށް ނުކަތާ ބާރު މިނުގައި މީހުންގެ ހާލު ދިޔައީ ދެރަވަމުންނެވެ. އެއާއެކު ލަސްތަކެއްނުވެ އިވުނީ އިންޑިއާ އޮކްސިޖަނަށް ޖެހުނުވާހަކައެވެ.

އޭޕްރީލް މަސްފެށުނު އިރު އިންޑިއާއިން ދުވާލަކު 7127 މެޓްރިކް ޓަނުގެ އޮކްސިޖަން އުފައްދައެވެ. އޭރު ދުވާލަކު ބޭނުން ކުރަންޖެހެނީ 3842 މެޓްރިކް ޓަނުގެ އޮކްސިޖަންއެވެ. އެކަމަކު އޭޕްރީލް 21 ފެށިގެން ދުވާލަކު 8000 މެޓްރިކްޓަނުގެ އޮކްސިޖަން ބޭނުންކުރަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑްގެ މި ބިޔަ ބޮޑު ސުނާމީގެ ނަތީޖާއަކީ ސުމާރެއް ނެތި އެތައް ފުރާނައެއް ނެތެމުން ދިޔުމެވެ. ހޮސްޕިޓަލާއި ހޮސްޕިޓަލުން ބޭރުގައެވެ. މީގެތެރެއިން މަރުވާ ހިންދޫންގެ ހަށިތައް އަންދަނީ އެކަމަށް ޚާއްސަކޮށްފައިވާ ޝަމްޝާން (ޝަމްޝާން އަކީ ހިންދޫ ދީނުގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދާ ބިންބިމަށް ހިންދީބަހުން ކިޔާނަން) ތަކުގައެވެ. އެކަމަކު މީހުން މަރުވަމުން ދިޔައީ އެ ބިންތަކަށް ކަތާ މިންވަރަކަށް ނޫނެވެ.

މި ޝަމްޝާންތައް ފުރި މައިޒާންތަކާއި ހުސްބިންތައް މައްޔިތުން އަންދާ ތަންތަނަށް ބަދަލުކުރެވުނެވެ. ހަމައެހެންމެ ބައެއް ސަރަހައްދުތަކުގެ މަގުތައް ވެސް ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ދަނީ ބޭނުން ކުރަމުންނެވެ. އެހެން ނަމަވެސް, ތޮއްޖެހުމެއް ނެތި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދެވޭގޮތެއް ނުވެއެވެ. ޝަމްޝާންތަކުގެ ބޭރު މަގުތައް ފުރިފައިވަނީ ހިންދޫންގެ ގަބުރުތަކުންނެވެ. ކޮންމެ ގަބުރެއް ވެސް އެތެރެއަށް ވެއްދެނީ މަގުމަތީގައި ވިއްސަކަށް ގަޑިއިރު ވާ ފަހުންނެވެ.

މިއީ މައްޔިތުން އެންދުމުގެ އާދަކާދައެއް ގެންގުޅޭ އިންޑިއާގެ އަދުގެ ހާލަތެވެ. ކޮވިޑްގެ ވަބާގައި ބޮޑުވަރުވި އެހެން އެއްވެސް ގައުމަކުން ނުފެންނަ ނާމާންކަން އިންޑިއާއިން ފެންނަމުންދަނީ މިސަބަބަށްޓަކައެވެ. މެދުކެނޑުމެއްނެތި އިވެމުންދަނީ ވޭނީ ހަޅޭކާއި ރުއިމުގެ އަޑެވެ. އިންޑިއާގެ އެތަންމިތަނުގައި ވަނީ ނިވުމެއްނެތް އަލިފާން ގަނޑުތަކެވެ. އެ އަލިފާނުގައި ހުއްޓުމެއްނެތި އަނދަމުންދަނީ ދިރުމެެއްނެތް އިންސާނުންގެ ހަށިތަކެވެ. މުޅިޖައްވުގައި ހަރުލާފައިވަނީ އަނދަމުންދާ މިނިކަށިތަކުގެ ވަހެވެ. ކުރިމަތިން ފެންނަމުންދަނީ ނަރަކައެއްހެން ހީވާކަހަލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
5%
3%
75%
2%
2%
12%
ކޮމެންޓް
3 މެއި 2021 | ހޯމަ 20:34
ހަމަ ބުނެލީ
ސްޓެޓިސްޓިކްސް އަށް ބުނެލަން. ދުނިޔޭގެ ހިންދޫއިންގެ އާބާދީގެ 94 އިންސައްތަ ދިރިއުޅެނީ އިންޑިޔާގައެވެ. ލިޔުންތެރިޔާ ބުނެފަ އޮތީ އިންޑިއާ ގެ އާބާދީ އެކޭ ނޫން.
3 މެއި 2021 | ހޯމަ 13:27
އިންޑިއާ
އިންޑިއާގެ އާބާދީގެ 94% އެކޭނޫން އޮތީ
3 މެއި 2021 | ހޯމަ 11:49
ޛުހޫ
ޢިންސާނާ ހެއްދެވި ޚާލިޤް ނޫންފަރާތްތަކަށް އަަޅުކަން ކުރުމުގެ ހުރިސުންޕާކަން ފެނިގެން މިދަނީ. ވިސްނާ ބަޔަކަށް މިވެސް އިބުރަތެކެވެ.
3 މެއި 2021 | ހޯމަ 11:06
ނުބައި
ދުނިޔޭގައި ހިންދޫ ދީނުގެ 94% އިންޑިއާގައި އޮންނަ ވާހަކަ އޮތީ.. ރަނގަޅަށް ކިޔާބެ
3 މެއި 2021 | ހޯމަ 10:39
ޜިޕްލައި
ދުނިޔޭގެ ޢާބާދީގެ 94 ހިންދޫ ވާހަކަ ބުނެފަ އޮތީ
2 މެއި 2021 | އާދީއްތަ 23:20
ސްޓެޓިސްޓިކްސް
ޢިންޑިއާގެ އާބާދީގެ 94% އަކީ ހިންދީ ދީނުގެ އަހުލުންކަމަށް އޮތުން ގޯސް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި