ގަވާއިދާ ޚިލާފަށް ކާރު ޕާކު ކޮށްގެން ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތު ޖޫރިމަނާ ކޮށްފިއެވެ.
މީރާ ޖޫރިމަނާ ކޮށްފައިވަނީ 2000 ރުޕީސް އިންނެވެ. މީރާ ވަނީ ކާރު ޕާކު ކުރުން މަނާ ތަނެއްގައި ކާރު ޕާކުކޮށް ރެސްޓޯރެންޓަކަށް ވަދެފައެވެ.
އޭރު ކާރު ދުއްވަން އިނީ އޭނާގެ ޑްރައިވަރެވެ. ޚަބަރުތައް ބުނާ ގޮތުގައި މީރާ ޖޫރިމަނާ ކުރާއިރަށް އޭނާ ވަނީ ވަގުތުން ފައިސާ ދައްކާފައެވެ.
ފުލުހުންނާއި ހަވާލާ ދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖޫރިމަނާ ކުރުމުން ، އެ ނުދެއްކުމަށް މީރާ އެކަމާ އެއްވެސް ހިތްހަމަނުޖެހުމެއް ނުދައްކައެވެ.
އާންމުކޮށް ބޮލީވުޑް ތަރިންނަކީ އެގޮތަށް ކުރާ ޖޫރިމަނާތައް ދެއްކުމަށް ދެކޮޅު ހަދާ މައްސަލަ ޖައްސާ ބައެއް ކަމަށާއި މީރާގެ ފަރާތުން އެކަހަލަ ކަމެއް ނުފެންނަ ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް މީރާގެ ޑްރައިވަރު ވަނީ ޓްރެފިކްގެ މައްސަލައެއްގައި ޖޫރިމަނާ ކޮށްފައެވެ. އެ ފަހަރު ޖޫރިމަނާ ކޮށްފައިވަނީ ޓްރެފިކްގެ ގަވާއިދާ ޚިލާފަށް ލައިޓް ޖެހިފައި ހުއްޓާ އެއަށް ނުބަލާ ދުއްވުމުގެ ސަބަބުންނެވެ.
މީރާއާއި ޝާހިދު ކަޕޫރު ކައިވެނިކޮށް ވަނީ ދަރިއަކުވެސް ލިބިފައެވެ.