ކ. މާލެ
|
2 މެއި 2021 | އާދީއްތަ 17:44
ޖޯ ބައިޑެން - އުތުރުކޮރެއާ މެދު އަމަލުކުރަނީ ވަރަށް ވިސްނުންތެރިކާމާއެކު
ޖޯ ބައިޑެން - އުތުރުކޮރެއާ މެދު އަމަލުކުރަނީ ވަރަށް ވިސްނުންތެރިކާމާއެކު
އަލްޖަޒީރާ
އުތުރު ކޮރެއާގެ ނުރުހުން އެމެރިކާއަށް
އެމެރިކާއިން "ދެކޮޅުވެރިކަމުގެ ސިޔާސަތު" ގެންގުޅޭ ކަމަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
އުތުރު ކޮރެއާއާ މެދު "ދެކޮޅުވެރިކަމުގެ ސިޔާސަތެއް" ގެންގުޅެން ބޭނުންވާކަން ދޭހަވޭ
އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ހުއްޓުވަން ކުރީގެ ސަރުކާރުތަކުން ފެއިލްވި ސަބަބުތައް ދެނެގަނެވިފައި

އެމެރިކާއިން އުތުރކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުތައް އާއްމުކުރަން ތައްޔާރުވަމުން އަންނަނިކޮށް އުތުރުކޮރެއާއިން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރާމެދު ނުރުހުން ފާޅުކޮށްފިއެވެ.

އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ ސަރުކާރުން ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ އުތުރު ކޮރެއާއާ މެދު "ދެކޮޅުވެރިކަމުގެ ސިޔާސަތެއް" ގެންގުޅެން ބޭނުންވާކަން ކަމުގައެވެ. މިދިޔަ ހަފްތާގައި ބައިޑެން ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ ދުނިޔޭގެ ސަލާމަތަށް އޮތް "ސީރިއަސް ނުރައްކަލެއް" ކަމަށެވެ. ވައިޓް ހައުސްއިން ބުނީ އުތުރު ކޮރެއާއާ މެދު އަމަލު ކުރާނީ ވަރަށް ވިސްނުންތެރިކަމާއެކުގައި ކަމަށެވެ.

ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ އެމެރިކާގެ ޚާރިޖީ ސިޔާސަތު މުރާޖައާކޮށްފައިވާ ކަމަށާއި އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ހުއްޓުވަން ކުރީގެ ސަރުކާރުތަކުން ފެއިލްވި ސަބަބުތައް ދެނެގަނެ، އާ ސަރުކާރުން ފިލާވަޅު ލިބިގެންފައިވާކަމަށެވެ. އޭގެ ބަދަލުގައި އާ ސިޔާސަތު ބިނާވަނީ އަމަލުން ކަންކަން ކުރުމަށާއި ޑިޕްލޮމެޓިކް ގުޅުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސަތަށް ގެނައި ބަދަލާ މެދު މަޝްވަރާ ކުރަން ޖަޕާނާއި ދެކުނު ކޮރެއާގެ ވެރިން ވަރަށް އަވަހަށް އެމެރިކާއާ އެކު މަޝްވަރާ ކުރެވޭނެ ކަމަށް އެމެރިކާއިން އުންމީދުކުރެއެވެ.

އެމެރިކާގެ ރައީސް ބައިޑަން ކޮންގްރެސްގައި އިއްވެވި ރިޔާސީ ބަޔާނުގައި އުތުރު ކޮރެއައާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކާ ބެހޭގޮތުން އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރ ވަނީ ބައިޑަންއާ ފޯނުން ގުޅުއްވާ ވާހަކަދައްކަވާފައެވެ.

- ކޮމެންޓް