ކ. މާލެ
|
2 މެއި 2021 | އާދީއްތަ 15:33
2020 ވަނަ އަހަރު ވިއްކި އަދަދަކީ 2019 ވަނަ އަހަރު ވިއްކި ޑޮލަރާ އަަޅާ ބަލާއިރު އެއް ޕަސެންޓު އިތުރު އަދަދެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި
2020 ވަނަ އަހަރު ވިއްކި އަދަދަކީ 2019 ވަނަ އަހަރު ވިއްކި ޑޮލަރާ އަަޅާ ބަލާއިރު އެއް ޕަސެންޓު އިތުރު އަދަދެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި
އެމްއެމްއޭ
އެމްއެމްއޭގެ މާލީ ބަޔާން
އެމްއެމްއޭއިން މިދިޔަ އަހަރު 633.9 މިލިއަން ޑޮލަރު ވިއްކައިފި
ބޭންކް ތަކަށް 241.1 މިލިއަން ޑޮލަރު ވިއްކާފައިވޭ

މިދިޔަ އަހަރު އެމްއެމްއޭއިން 633.9 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އަންދާޒާކުރި މިންވަރަށްވުރެ ދަށްވެ، ބޭރު ފައިސާ ވަނުން މަދުވުމާއެކު ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދޭން ނިމިދިޔަ 2020 ވަނަ އަހަރު އެމްއެމްއޭއިން މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ބޭންކް ތަކަށް 633.9 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މި އަދަދަކީ 2019 ވަނަ އަހަރު ވިއްކި ޑޮލަރާ އަަޅައި ބަލާއިރު އެއް ޕަސެންޓު އިތުރު އަދަދެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން އެމްއެމްއޭ އިން ވަނީ ޑޮލަރު ވިއްކުމުގައި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ސަޕްލައި ކުރާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން ޚާއްސަ އިސްކަމެއް ދީފައިވަނީ ޒަރޫރީ ގޮތުން ރާއްޖެއަށް އެތެރެ ކުރަންޖެހޭ މުދާތަކަށް ބަލައިގެން ޑޮލަރު ދޫކުރުމަށެވެ. ބޭންކް ތަކަށް 241.1 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ 2019 ވަނަ އަހަރު ވިއްކި ޑޮލަރާ އަޅައި ބަލާއިރު 6 ޕަސެންޓުގެ އިތުރު ވުމެކެވެ. އެމްއެމްއޭއިން ދޫކުރި ޑޮލަރުގެ 35 އިންސައްތަ ހާއްސަކޮށްފައިވަނީ ބޭންކުތަކަށެވެ.

އެމްއެމްއޭ ރިޕޯޓް - 2020ވަނަ އަހަރު އެއްމެ ގިނައިން ޑޮލަރު ވިއްކާފައިވަނީ ބޭންކުތަކަަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގިނަ އަދަދެއްގެ ޑޮލަރު ވިއްކާފައިވެއެވެ. އެގޮތުން ސަރުކާރު ކުންފުނި ތަކަށް 392.8 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. ނަމަވެސް މިއީ 2019 ވަނަ ވިއްކި އަދަދާ އަޅައިބަލާއިރު ދެ ޕަސެންޓުގެ ދަށްވުމެކެވެ.

އެމްއެމްއޭއިން މިދިޔަ އަހަރު ވެސް ބޭރު ފައިސާގެ މާކެޓު ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މިނިމަން ރިޒާވް ރިކުއާމަންޓް 10.5 އިންސައްތައިން 7.5 އިންސައްތައަށް ދަށްކޮށްފައިވެއެވެ.

- ކޮމެންޓް