ކ. މާލެ
|
1 މެއި 2021 | ހޮނިހިރު 20:03
ޔާމީނުގެ އިސްތިއުނާފު ޝަރީއަތް: ޔާމީނު މިހާރު ހުންނެވީ ގޭގައި
ޔާމީނުގެ އިސްތިއުނާފު ޝަރީއަތް: ޔާމީނު މިހާރު ހުންނެވީ ގޭގައި
ޔޫޓިއުބް
ރައީސް ޔާމީނު ގެއަށް ގެނައުން
ޔާމީނު ގެއަށް ގެނައުމަކީ ރައީސް ސާލިހުގެ އޯގާތެރިކަމުގެ ހެއްކެއް
 
ޔާމީނު ގެޔަށް ބަދަލުކުރަން ރައީސް ސާލިހަށް އެއްވެސް ޕްރެޝަރެއް ނެތް
 
މި ސަރުކާރަކީ ކުލުނު ހުރި އަދި އޯގާތެރިވާން ދަންނަ ސަރުކާރެއް
 
ރައީސް ސާލިހަކީ ހިތްމަޑު ބޭފުޅަކަށް ވިޔަސް ވަރަށް ސާބިތު ހިތެއްގެ ވެރިއެއް

ކުރީގެ ރައީސް އަބްދު ﷲ ޔާމީނު ގޭ ބަންދަށް ބަދަލުކުރެވުނު ދުވަހު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. ހަނދާން އާވަނީ ޔާމީނުގެ ވެރިކަމުގެ ދައުރުގައި އެކަމަނާގެ ބައްޕާފުޅު މައުމޫނު އަބްދުލް ގައްޔޫމު ގެޔަށް ބަދަލުކޮށްދެއްވާތޯ ސަރުކާރުގައި ދަންނަވައިގެން ކުރިހާ ނާކާމިޔާބު މަސައްކަތްތަކެވެ.

ތެދުފުޅެކެވެ. އެ ދައުރުގެ އެބާވަތުގެ ހަނދާންތައް އާވާނެއެވެ. ޔުމްނާ އެކަންޏެއް ނޫނެވެ. ވަރަށް ގިނަ ބަޔަކުވެސް ޔާމީނުގެ ދައުރުގެ އެބާވަތުގެ ހަނދާންތައް އާކުރާނެއެވެ. އެއީ އެކި ބަހަނާތަކުގައި އެކިގޮތަށް ދިވެހިން ޖަލަށްލުމުގެ ރިކޯޑެއް ގާއިމު ކުރެވުނު ދައުރެކެވެ. ސިޔާސީ ޕާޓީތަކުގެ ވެރީންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި ޕާޓީތަކުގެ އެކްޓިވިސްޓުންނާއި އެމީސްމީހުންގެ އާއިލާގެ މެންބަރުންވެސް ހިމެނޭގޮތަށް ވަރަށް ގިނަ ބަޔަކު އޭރު ތިބީ ޖަލުގައެވެ.

ރައީސް ޔާމީނުގެ ދައުރުގައި ރާއްޖޭގެ ހުރަގެތަކަށް މީހުން ލަމުން އަނިޔާ ކުރަމުން ދިޔައީ ރަމަޟާން މަހެއް ހައްޖު މަހެއް ޝައްވާލު މަހެއް ބަލައިގެނެއް ނޫނެވެ. އެގޮތަށް ހައްޔަރު ކުރެވޭ މީހުންގެ ސިއްހަތަށް ރިއާޔަތް ކުރެވިގެނެއް ވެސް ނޫނެވެ. ތަންތަނުގެ ފުރާޅުން ޓިނު ނައްޓައިގެން ވަދެ ބިންމަތީގައި ދަމާ ކޫއްތާފައި ގެންގޮސްގެން ވެސް ބައެއް މީހުން ޖަލަށް ލެވުނެވެ. އޭގެތެރޭގައި ދާއިމަށް ބޭސްކުރާ ބަލި މީހުންވެސް ހިމެނެއެވެ. އެ މީސްމީހުންގެ ގާތްތިމާގެ މީހުން ހާދަހާ ރުއިމެއް ރުޔެވެ. ގެޔަށް ބަދަލުކޮށްދެއްވާތޯ ހާދަހާ ގިނަ އާދޭހެއް ކުރިއެވެ.

މިއިން އެއްވެސް ރުއިމެއްގެ އަޑު ރައީސް ޔާމީނު އެއްސެވީކީ ނޫނެވެ. ހަމްދަރުދީގެ ކަންފުޅެއް ދެއްކެވީއެއް ވެސް ނޫނެވެ. އަދި ކިޔެއްތަ ޔާމީނުގެ އަރިސް މީހުންގެ ތެރޭގައި ވެސް މަޑުމޮޅި ހިތެއްގެ ވެރިޔަކު ހުރީއެއް ނޫނެވެ. އެހެންވީމާ މިއަދު ޔާމީނު ޖަލުން ނެރެގެން ގެޔަށް ބަދަލުކުރީމާ އެ ހަނދާންތައް އާވާނޭތާއެވެ. ވާންވެސް ޖެހޭނޭތާއެވެ. އެއީ އިންސާނީ ތަބީއަތުގެ ތެރެއިން ކަމެކެވެ.

ރައީސް ޔާމީނާއި ޚިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ހިތްމަޑު ކެތްތެރި އޯގާތެރި ވެރިޔެކެވެ. ރައީސް ޔާމީނަކީ ހިތްހަރު ބޮޑާ ކިބުރުވެރި އަނިޔާވެރި ވެރިއެކެވެ. އެހެންވީމާ މި ދެ ދައުރުގައި ހުރި ތަފާތު މި ފެންނަނީއެވެ. މާފުށީ ޖަލުގައި ކޮވިޑުގެ ބިރުވެރިކަން ފެތުރެން ފެށުމާއެކު ރައީސް ޔާމީނު ވެސް ހިމެނޭ ގޮތުން ހައިރިސްކު ގައިދީން ގޭ ބަންދަށް ބަދަލު ކުރުމަކީ ރައީސް ސާލިހުގެ އޯގާތެރިކަމުގެ ހެއްކެކެވެ. އެކަމާ ދެބަސްވެވޭނޭ ޖާގައެއް ނެތެވެ.

ރައީސް ޔާމީނު މިނިވަންކުރާށޭ ގޮވަމުން ދޮޅަސް ސޯޅަ މީހުން ކޮންމެ ދުވަހަކު ހެންވޭރުކޮޅު ވަރުނުލާ ރާޅުގަޑު ސަރަހައްދަށް އެއްވިޔަސް ޔާމީނު މިނިވަންކުރާކަށް ނުވަތަ ގެޔަށް ބަދަލުކުރާކަށް ރައީސް ސާލިހަށް އެއްވެސް ޕްރެޝަރެއް ނެތެވެ. އެމީހުންގެ ގޮވެއްޔަކީ ވެސް ވަރުނުލާ ގޮވެެއްޔެކެވެ. އެތެރެއާއި ބޭރުންވެސް ޔާމީނުގެ ކަންތަކުގައި ސަރުކާރަށް އެއްވެސް ކަހަލަ ޕްރެޝަރެއް އޮތީކީއެއް ނޫނެވެ. ޔާމީނާއި ދެންވެސް އެބާވަތުގެ ހައިރިސްކު ގައިދީން ގެޔަށް ބަދަލުކުރީ މި ސަރުކާރަކީ ކުލުނު ހުރި އަދި އޯގާތެރިވާން ދަންނަ ސަރުކާރަކަށް ވުމުންނެވެ.

ޔާމީނުގެ ދައުރުގައި ނަޝީދު ދޫކުރާށޭ، މައުމޫނު ދޫކުރާށޭ، ގާސިމް ދޫކުރާށޭ، އިމްރާން ދޫކުރާށޭ، ފަނޑިޔާރުން ދޫކުރާށޭ ނުގޮވާ ގައުމެއް ޖަމިއްޔާއެއް ދުނިޔޭގައި ނެތެވެ. އެއިން އަޑެއް ޔާމީނު ނާއްސަވައެވެ. މިއަދު ރައީސް ސާލިހުގެ ސަރުކާރުގެ އޯގާތެރިކަމުން ޔާމީނު ގެއަށް ބަދަލުކުރީ އެކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން އަދި ޖަމިއްޔާއަކުން ވެސް ގޮވުމެއް ނެތިއެވެ. މިއީ ވިސްނައި ފިކުރުކުރާ ބަޔަކަށް ނުހަނު ބޭނުންތެރި ފިލާވަޅެކެވެ. ވެރިކަމުގައި ޔާމީނު ހުންނަވައިގެން ހުރަގޭގައި އޮންނެވީ ރައީސް ސާލިހު ކަމުގައިވީނަމަ މި އޯގާތެރިކަން ޔާމީނުގެ ފަރާތުން ފެންނާނެބާވައެވެ. ނުފެންނާނެކަން ކަށަވަރެވެ.

ކުރިންވެސް ދެންނެވުނު ފަދައިން ޖަލުން ގެޔަށް ބަދަލުކުރެވުނީ ޔާމީނު އެކަންޏެއް ނޫނެވެ. ޔާމީނު ފަދަ ހައިރިސްކު އެންމެންނަށް ވެސް އެފުރުސަތު އެބައޮތެވެ. ކޮވިޑުން ސަލާމަތް ކުރަންޖެހޭ ހައިރިސްކު މީހަކަށް ޔާމީނު ވަނީ ރައީސްކަން ކުރި މީހަކަށް ވެގެނެއް ނޫނެވެ. ހައިރިސްކު ވަނީ މެޑިކަލް ރިކޯޑުތަކަށް ބެލީމައެވެ. ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް ސިއްހީ ފަރުވާއަށް ދޭތެރެ ނިކަން އަވަސްކޮށް ޔާމީނު ސިންގަޕޫރަށް ވަޑައިގެންނެވި ކަމީ އެންމެން ދަންނަ ކަމެކެވެ. ޔާމީނު ހައިރިސްކު ވަނީ އެހެންވެގެންނެވެ. ރައީސް ސާލިހުގެ ސަރުކާރުން ރިއާޔަތްކުރީ އެކަން ކަމަށެވެ.

ޔާމީނު ގެއަށް ބަދަލުކުރީމާ ގޭގައި ހުންނަވައިގެން ކުރައްވާނޭ ކަންތައް ސަރުކާރަށް މޭރުން ނުވަނީއެއް ނޫނެވެ. މޭރުންވެއެވެ. ވާނެއެވެ. ސަރުކާރާ ދެކޮޅަށް އެހީތެރިންނާއެކު ލައްކަ ގިނަ ރޭވުން ރާއްވަވާނޭކަން ގައިމެވެ. އެކަމާ ރައީސް ސާލިހުގެ ހާސްކަމެއް ފިކުރެއް ނެތެވެ. އިހުގެ މުސްކުޅިން ބުނެއެވެ. ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. އެގޮތުން ރައީސް ސާލިހަކީ ހިތްމަޑު ބޭފުޅަކަށް ވިޔަސް ވަރަށް ސާބިތު ހިތެއްގެ ވެރިއެކެވެ. މީހަކު ބުނާހާ އެއްޗަކުން އަދި ކުރާހާ ކަމަކުން ގުޑުގުޑު އަޅާނޭ ބޭފުޅެއް ނޫނެވެ.

ކޮމެންޓް
2 މެއި 2021 | އާދީއްތަ 00:34
މުހައްމަދު ހަސަން
ޔާމީނަކީ ވަރަށް ގަޓު ހުރި މީހެއްކަމަށް ކިޔައި އުޅުނެވެ. ސަރުކާރުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ބުނަމުން ވަކީލުންގެ ބޮޑު ޓީމަކުން ދެއިރު ދެދަޅައަށް ޔާމީނު ގެއަށް ބަދަލުކޮށްދޭށޭ ގޮވަމުން ދިޔައީ ކޮން ހައިސިއްޔަތެއް އޮވެގެން ހެއްޔެވެ؟ ޔާމީނުގެ ބަސް ނޫނީ ވަކީލުންނަށް އިއްވިދާނެކަމަށް ގަބޫލު ކުރާނީ ޔާމީނު ކަހަލަ ގަޓު މީހުންނެވެ.
1 މެއި 2021 | ހޮނިހިރު 22:36
އަހަންމާ
ޔާމީނު ޔަހޫދީންނާއި ގުލިފައި ނެތީމަ އެމަނިކުފާނު ދޫކުރާކަށް އެގައުމުތަކުންނެއް ނުގޮވާނެއެވެ. އެއްވެސް ތަނެއްގެ ޓިނު ނައްޓައިގެން ފައިބައި، ބަޔަކު ހައްޔަރު ކޮއްފައެއް ނުވާނެ. ތިޔެއްނޫނެވެ ކޮވިޑްގެ ބަލިމަޑު ކަމުގައި އެމް.ޑީ.ޕީ ކުރާވައްކަން މާއަނިޔާ ވެރި.
ގުޅުންހުރި
މީޑިއާތަކަށް އިންޒާރުދިނުން ސަރުކާރުން ކުށްވެރިކޮށްފި
ފޯނު ނުވެއްދޭ މައްސަލައިގައި ހައްލު ހޯއްދަވާނެކަމަށް ވިދާޅުވުމަށްފަހު ފޯނު ނުވެއްދޭ ވާހަކަ ތަރުޖަމާނު ދޮގުކުރައްވައިފި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ހީނާ
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި