ކ. މާލެ
|
30 އޭޕްރިލް 2021 | ހުކުރު 17:56
ސީއެޗްއެސްއީ
ސީއެޗްއެސްއީ
ސީއެޗްއެސްއީ
އޭލެވެލް އިމްތިހާން
ޕޭޕަރު ލީކުވީ ރާއްޖޭގައި ނޫންކަން ޔަގީން: އެޑިއުކޭޝަން
 
އެޑެކްސެލްއިން ވަކި ގޮތެއް އަންގަންދެން ތާވަލްގައިވާ ގޮތަށް އިމްތިހާނު ކުރިއަށްދާނެ

އޭއެސް/އޭލެވެސް އިމްތިހާނު ޕޭޕަރ ލީކުވީ ރާއްޖޭގައި ނޫން ކަމަށް ޔަގީންކަމާއެކު އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އޭލެވެލް ޕޭޕަރުތައް ލީކުވި މައްސަލަ އެޑިއުކޭޝަނުން ބެލުމަށް ފަހު ނެރުނު ނޫސްބަޔާނުގައި ބުނީ އިމްތިހާން ޕޭޕަރުތައް ރާއްޖޭގެ އެއްވެސް ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި އިމްތިހާން ހަދާ ހުރިހާ ސެންޓަރުތަކެއްގައި ވެސް ޕޭޕަރު ބަލަހައްޓަމުން އަންނަނީ ރައްކާތެރިކޮށް އެކަމަށް އޮންނަ އުސޫލުގެ މަތިން ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ ރާއްޖެއިން ބޭރުގެ ބައެއް ތަންތަނުން ޕޭޕަރު ލީކުވެ އާންމު ވަމުންދާ މައްސަލަ އެޑެކްސެލްއިން މިހާރު ބަލަމުން އަންނަ ކަމަށާއި އެކަމުގައި ވަކި ގޮތެއް އަންގަންދެން މިހާރު އިމްތިހާނު ތާވަލްކޮށްފައި އޮތް ގޮތަށް ކުރިއަށްދާނެ ކަމަށެވެ. އޭއެސް/އޭލެވެލް އިމްތިހާނު ފަށާފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. އޭއެސް/އޭލެވެލް އިމްތިހާނު އޭޕްރީލް މަހަށް އަވަސްވުމުން މިއަހަރުގެ އެޗްއެސްސީ އިމްތިހާނު ބާއްވާނީ 13 ޖޫން 2021ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އޭލެވެލް އިމްތިހާނުގެ ފިޒިކްސް ޔުނިޓް-1ގެ ޕޭޕަރު ލީކުވެ އެ މައްސަލަ ބަލަމުންދަނިކޮށް މިހާރު ވަނީ އިމްތިހާނުގެ ހުރިހަ ޕޭޕަރެއް ލީކުވެފައެވެ. އަދި ރާއްޖޭގައި ވެސް އެކި ޕްލެޓްފޯމްތަކުގައި ޕޭޕަރު ދައުރުވަމުން ދާއިރު ބައެއް އެހެން ވެބްސައިޓުތަކުގައި މިހާރު ދަނީ ޕޭޕަރު ވިއްކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި