ކ. މާލެ
|
29 އޭޕްރިލް 2021 | ބުރާސްފަތި 17:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
މަޖިލިސް ޗުއްޓީއަށް
37 ޖަލްސާ އާއި 324 ކޮމިޓީ ބައްދަލުވުމަށްފަހު ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް
 
މުހިންމު ބިލްތަކެއްގެ މަސައްކަތް މިދައުރުގައި ވަނީ ނިންމާފައި
 
ދެވަނަ ދައުރު ފަށާނީ މެއި މަހުގެ 16 ވަނަ ދުވަހު
 
ސަރުކާރުން ފޮނުވާ ކަންކަމާއި އެއްވަރަށް އާންމުން ފޮނުވާ ކަންކަންވެސް މަޖިލީހަށް މުހިންމުވާނެ ކަމަށް ނަޝީދު ވިދާޅުވި

ޖުމްލަ 37 ޖަލްސާ އާއި 324 ކޮމިޓީ ބައްދަލުވުން ބޭއްވުމަށްފަހު ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް މިވަނީ ޗުއްޓީއަށް ގޮސްފައެވެ.

މިދައުރުގައި 37 ޖަލްސާ ބާއްވާފައިވާއިރު އެޖަލްސާތަކުގައި މެމްބަރުން 96 ގަޑިއިރާއި 35 މިނެޓް ހޭދަކުރައްވާފައިވެއެވެ. 324 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާއިރު އެއީ 282 ގަޑިއިރާއި 37 މިނެޓެވެ. ދައުރުގެ ފަހު ޖަލްސާ ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު މިޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މިދައުރުގައި މަޖިލީހަށް ހާސިލްކުރެވުނު ކަންކަމުގެ ކުރު ޚުލާސާއެއް ދެއްވާފައެވެ.

ބިލްތައް:

ކުރީ ދައުރުން މިދައުރަށް އައި ބިލްތައް: 24 ބިލް

މިދައުރަށް ހުށަހެޅުނު ބިލްތައް: 11 ބިލް

ޖުމްލަ : 35 ބިލް

ނިމުނު: 8 ބިލް

ނުނިމޭ: 27 ބިލް

ގަރާރު:

ކުރީ ދައުރުން މިދައުރަށް އައި ގަރާރުތައް: 10 ގަރާރު

މިދައުރަށް ހުށަހެޅުނު ގަރާރުތައް: 4 ގަރާރު

ޖުމްލަ: 14 ގަރާރު

ނިމުނު: 5 ގަރާރު

ނުނިމޭ: 9 ގަރާރު

ސަރުކާރުން ހުށަހެޅި ކަންކަން:

ސަރުކާރުން ހުށަހެޅީ: 13 ކަމެއް

ނިމުނު: 10 ކަމެއް

ނުނިމޭ: 3 ކަމެއް

ރިޔާސަތުން ހުށަހެޅި ކަންކަން:

ކުރީ ދައުރުން މިދައުރަށް އައި ކަންކަން: 2 ކަމެއް

މިދައިރުގައި ހުށަހެޅި: 5 ކަމެއް

ޖުމްލަ: 7 ކަމެއް

ނިމުނު: 5 ކަމެއް

ނުނިމޭ: 2 ކަމެއް

ކުއްލި މައްސަލަ:

ހުށަހެޅުނު: 10 މައްސަލަ

ނިމުނު: 10 މައްސަލަ

މެމްބަރުން ހުށަހެޅުއްވި ކަންކަން:

ކުރީ ދައުރުން މިދައުރަށް އައި ކަންކަން: 7 ކަމެއް

މިދައުރަށް ހުށަހެޅުނު: 7 ކަމެއް

ޖުމްލަ: 10 ކަމެއް

ނިމުނު: 6 ކަމެއް

ނުނިމޭ: 4 ކަމެއް

އެހެނިހެން މައްސަލަތަކާއި ގުޅޭ ރިޕޯޓް:

ކުރީ ދައުރުން މިދައުރަށް އައި ރިޕޯޓްތައް: 4 ރިޕޯޓް

މިދައުރަށް ހުށަހެޅުނު ރިޕޯޓް: 20 ރިޕޯޓް

ޖުމްލަ: 24 ރިޕޯޓް

ނިމުނު: 19 ރިޕޯޓް

ނުނިމޭ: 6 ރިޕޯޓް

ވަޒީރުންނާ ސުވާލުކުރުން:

ކުރީ ދައުރުން މިދައުރަށް އައި: 8 ސުވާލު

މިދައުރުގައި ހުށަހެޅުނު ސުވާލު: 17 ސުވާލު

ޖުމްލަ: 25 ސުވާލު

ނިމުނީ: 19 ސުވާލު

ނުނިމޭ: 6 ސުވާލު

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް އާންމުން ފޮނުވާފައިވާ ސިޓީތަކަށް ބަލާލާއިރު މިދިޔަ ދައުރުގައި 347 ސިޓީއެއް އާންމުންގެ ފަރާތުން ލިބިވަޑައިގެންފައިވާކަމަށެވެ. މީގެތެރެއިން 263 ސިޓީއެއް އާންމު ކޮމިޓީން ވަނީ ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވާފައެވެ. އާންމުން ފޮނުވާފައިވާ ބައެއް ސިޓީތަކަށް އަދިވެސް ޖަވާބު ނުދެވި ހުންނާނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކަންކަމަށް މެމްބަރުން ސަމާލުކަން ދެއްވައިގެން އެކަން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މެމްބަރުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން ރައްޔިތުންގެ މަޖިލިސްކަން މިއީ. މިތަނަށް ސަރުކާރުން ފޮނުވާ ކަންކަން ވަކި އިތުރަށް މުހިންމު ވެގެން ނުދާނެ އާންމުން ފޮނުވާ ކަންކަން ހަމަ އެދަރަޖައިގައި މުހިންމު ވާނެ. އެދެން މެމްބަރުން މިކަން މިގޮތަށް ފާހަގަކުރެއްވުމަށް.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީގެއިތުރުން މިދައުރުގައި މުހިންމު ބިލްތަކެއްގެ މަސައްކަތް ނިމިފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން ސިފައިންގެ ގާނޫނަށް ގެނެވުނު އިސްލާހާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެނެވުނު އިސްލާހު ވަނީ ފާހަގަކުރައްވާފައެވެ.

މީހުން ޓްރެފިކް ކުރުމުގެ ގާނޫނުގެ ދޭދެ ގައުމުތަކުގެ ކަންބޮޑުވުމާއި ނަޒަރު އެމަސައްކަތަށް ހުއްޓިފައި ވަނީ. މީގެއިތުރުން މަތީ ތައުލީމުގެ ބިލް، އާންމު ސިއްހަތުގެ ބިލް، ކްލައިމެންޓް ޗޭންޖް ބިލް، ސިވިލް ސަރވިސްގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ވަނީ ނިމިފައި،
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

ފެބްރުއަރީ މަހުން ފެށިގެން މިދައުރުގެ ޖަލްސާތައް ކުރިޔަށް ގެންގޮސްފައިވާއިރު މަޖިލިސްގެ ދެވަނަ ދައުރު ފެށޭނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ މަޖިލީހުގެ ގަވާއިދަށް އަލަށް ގެނެވުނު އިސްލާހާއެކުއެވެ. މިއިސްލާހުގެ ދަށުން ދެ ވަނަ ދައުރު ކުރިޔަށްދާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް