ކ. މާލެ
|
29 އޭޕްރިލް 2021 | ބުރާސްފަތި 16:14
ޝިފްލާ އިބްރާހިމް
ޝިފްލާ އިބްރާހިމް
ޝިފްލާ އިބްރާހިމް އިންސްޓަގްރާމް
ބްރޯޑްކޮމަށް މެންބަރަކު އައްޔަން ކުރުން
ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް ޝިފްލާ އިބްރާހިމް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި
ޝިފްލާއަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުން
ނޫސްވެރިކަމުގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވޭ

މޯލްޑިވެސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މަގާމަށް ޝިފްލާ އިބްރާހިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝިފްލާ އައްޔަން ކުރުމަށް ރުހުން ދިނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމަށް ކުރިމަތިލި މެމްބަރުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވި ލިސްޓުގައި ހިމެނެނީ ޝިފްލާގެ އިތުރަށް ފާތިމަތު ސައުޝަން އާއި ޑރ. މުހައްމަދު އިބްރާހިމްއެވެ. މި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ތިން ބޭފުޅުންނާ ވެސް އިންޓަވިއު ކުރުމަށް ފަހު ކޮމިޓީން ފާސްވެ ތަޅުމަށް ފޮނުވާފައި ވަނީ ޝިފްލާގެ ނަން އެކަންޏެވެ.

ޝިފްލާ އަކީ ނޫސްވެރިކަމުގެ ދާއިރާގައި ޚިދުމަތްކުރައްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ. އެންމެ ފުރަތަމަ ޓީވީއެމްގައި މަސައްކަތް ކުރުމަށްފަހު މިހާރު ޝިފްލާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަންގު ޓީވީގައެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުން މެމްބަރު ކަމަށް ހުޅުވާލީ ކޮމިޝަނުގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.


Advertisement
- ކޮމެންޓް