ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 22:38
ޝިފްލާ އިބްރާހިމް
ޝިފްލާ އިބްރާހިމް
ފޭސްބުކް
ބްރޯޑްކޮމް
ބްރޯޑްކޮމަށް ޝިފްލާގެ ނަން ޕީޖީ ގްރޫޕުން ފާސްކޮށްފި
ބްރޯޑްކޮމަށް ޝިފްލާ ކުރިމަތިލި މިއީ ތިން ވަނަ ފަހަރު
މިފަހަރު ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ ޝިފްލާގެ ނަން އެކަނި

މޯލްޑިވެސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ޝިފްލާ އިބްރާހިމް އައްޔަން ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމަށް ކުރިމަތިލި މެމްބަރުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވި ލިސްޓުގައި ހިމެނެނީ ޝިފްލާގެ އިތުރަށް ފާތިމަތު ސައުޝަން އާއި ޑރ. މުހައްމަދު އިބްރާހިމެވެ. ރައީސް ނަން ފޮނުއްވި ތިން ބޭފުޅުންނާ ވެސް އިންޓަވިއު ކުރުމަށް ފަހު މިފަހަރު ކޮމިޓީން ފާސްވެ ތަޅުމަށް ފޮނުވާފައި ވަނީ ޝިފްލާގެ ނަން އެކަންޏެވެ. އެހެންވެ މިފަހަރު ވޯޓަށް އަހާނީ ޝިފްލާ މެމްބަރު ކަމަށް އައްޔަން ކުރުމަށް އެކަންޏެވެ.

ނޫސްވެރިކަމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ޝިފްލާ ބްރޯޑްކޮމަށް ކުރިމަތިލި މިއީ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކުރިމަތިލިއިރު ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައިވެސް ޝިފްލާގެ ނަން އޮތެވެ. އެކަމަކު އޭރު ތަޅުމުން އޭނާގެ ބަދަލުގައި ފާސްކުރީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އޭގެ ފަހުން ދެވަނަ ފަހަރަކު ވެސް ކުރިމަތިލައިގެން އެ ފަހަރު ތަޅުމަށް ވެސް ފޮނުވާފައެއް ނުވެއެވެ. އެކަމަކު އެފަހަރ ވެސް ރައީސްގެ ލިސްޓުގެ ކުރީގައި ޝިފްލާގެ ނަން ހިމެނުނެވެ. މި ފަހަރު ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ ޝިފްލާ ނަން އެކަންޏެވެ. އެކަމަކު މިފަހަރު ލިސްޓުގެ ކުރީގައި އޮތީ ކުރިމަތިލި މީހުންގެ ތެރެއިން ފާތިމަތު ސައުޝަންގެ ނަމެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެމްބަރު ކަމަށް ހުޅުވާލީ ކޮމިޝަނުގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

- ކޮމެންޓް