ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 16:36
ދަރުމަވަންތަ ހޮސްޕިޓަލް،
ދަރުމަވަންތަ ހޮސްޕިޓަލް،
ރާއްޖެއެމްވީ
ކޮވިޑް ޖެހުނު އިތުރު މީހަކު ނިޔާވުން
ރާއްޖެ އިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު ނިޔާވެއްޖެ
 
ކޮވިޑްގެ އަލާމަތްތައް ހުރި 32 އަހަރުގެ ފިރިހެނަކު ކިނބިދޫގައި ވެސް ނިޔާވެފައިވޭ
 
މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި 72 ވަނަ މީހާ
 
އެމީހާ ނިޔާވެފައި ވަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް

ރާއްޖެ އިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު ނިޔާވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބޭ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ ތ. ކިނބިދޫ އަށް ނިސްބަތްވާ އުމުރުން 85 އަހަރުގެ އަންހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި 72 ވަނަ މީހާ އެވެ.

މީގެ އިތުރުން ބުދަ ދުވަހުގެ ހެނދުނު ކިނބިދޫގައި 32 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ. އޭނާއަކީ ވެސް ކޮވިޑްގެ އަލާމާތްތައް ހުރި މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކިނބިދޫގައި ނިޔާވި ޒުވާނާގެ ޓެސްޓް ސާމްޕަލްގެ ނަތީޖާ ނުލިބުނު ނަމަވެސް މިހާރު ވަނީ ވަޅުލާފައެވެ.

ކޮވިޑްގައި އިތުރު މީހަކު ނިޔާވެފައިވާއިރު، ބަލީގައި ޕޮޒިޓިވްވާ ރޭޓް ވަނީ ވަރަށް މަތިވެފައެވެ. އެގޮތުން މިފާއިތުވި ދެދުވަހުގެ 300ށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރޭގެ ރަށްތަކުން ވެސް ވަނީ ގިނަ ކޭސްތަކެއް ފެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް