ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވާ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ އެންގޯލޯ ކަންޓޭ ހޮވިއްޖެ އެވެ.
ލެސްޓާ ސިޓީއާ އެކު މިދިޔަ ސީޒަންގައި ޕްރިމިއާ ލީގު ކާމިޔާބުކުރި އުމުރުން 26 އަހަރުގެ ކަންޓޭ އަންނަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި ޗެލްސީއާއެކު ކަންޓޭ ޕްރިމިއާ ލީގު ކާމިޔާބުކުރާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.
މި އެވޯޑް ހޯދުމަށްފަހު މި ސީޒަނުގެ ޕްލޭޔާ އޮފް ދަ އިޔާ ހޯދާފައިވާ ކަންޓޭ ބުނީ ފުޓުބޯޅަ ހަބަރު ލިޔާ ލިޔުންތެރިންގެ ތެރޭގައި އެންމެ މަގުބޫލު ކުޅުންތެރިޔަކަށް އޭނާ ހޮވުމަކީ ކެރިޔަރުގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ކަންޓޭ ވަނީ މި ސީޒަނުގައި ޗެލްސީ އަށް 38 މެޗު ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗެއްގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. އެގޮތުން އެއީ އެފްއޭކަޕްގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޕްރިމިއާ ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކާމިޔާބުކުރި ލަނޑެވެ.