ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 02:14
ކުރީގެ ރައީސް އަބްދުﷲ ޔާމީން - މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން - މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން
ރައީސް އޮފީސް
ޔާމީން ގެއަށް ބަދަލުކުރުން
ރައީސް ޔާމީން ގެއަށް ބަދަލުކުރަން އަދި ނިންމާފައެއް ނުވޭ
 
ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން
 
އިދިކޮޅު ޕީޕީއެމް–ޕީއެންސީ ކޯލިޝަނުގެ އިސްފަރާތްތަކުން އަންނަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނަމުން
 
ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާކަން ކަމާބެހޭ ފަރާތްތަކަށް އެނގިފައެއް ނުވޭ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާ ކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ރަސްމީ އެހެން ފަރާތަކަށް ވެސް އެނގިފައިނުވާ ކަމަށް ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. ކަރެކްޝަނުން ވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާކަން އެނގިފައިނުވާ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް ރާއްޖޭގެ ބައެއް މީޑިއާތަކުގެ އިތުރުން އިދިކޮޅު ޕީޕީއެމް – ޕީއެންސީ ކޯލިޝަނުގެ އިސްފަރާތްތަކުން އަންނަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނަމުންނެވެ.  

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމާނާކޮށްފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެކި މައްސަލަތައް ބަލަމުން އެބަދެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގައި އިތުރު ދައުވާތަކެއް ވެސް އުފުލުމަށް ވަނީ ތައްޔާރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
33%
13%
50%
4%
0%
ކޮމެންޓް