ކ. މާލެ
|
9 މެއި 2017 | އަންގާރަ 00:30
އޮފީސް ބިލިއާޑް މުބާރާތަށް ތައްޔާރުވުމަށް ކުޅުންތެރިން ފަރިތަކުރަނީ
އޮފީސް ބިލިއާޑް މުބާރާތަށް ތައްޔާރުވުމަށް ކުޅުންތެރިން ފަރިތަކުރަނީ
ރާއްޖެއެމްވީ
ބިލިއާޑް
ތޭރަ އޮފީހާއެކު އޮފީސް ބިލިއާޑް މުބާރާތުގެ ކުޅުން ފަށައިފި
މިއަހަރުގެ މުބާރާތުގައި ޖުމްލަ 13 އޮފީހަކުން ވާދަކުރޭ
މި މުބާރާތުގައި ކޮންމެ އޮފީހަކުން އަންހެން ކުޅުންތެރިއެއް ބައިވެރިވޭ
މުބާރާތުގައި ހިމެނެނީ ސިންގަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އޮފީސް ބިލިއާޑް މުބާރާތުގެ ކުޅުން ފަށައިފިއެވެ.

ޖުމްލަ ތޭރަ އޮފީސް ވާދަކުރާ މި މުބާރާތުގެ ކުޅުން ފަށާފައި ވަނީ ހޯމަ ދުވަހުގެރޭ އިރުއޮއްސި 7:30 ގައެވެ.

ބިލިއާޑް އެސޯސިއޭޝަނުން ބުނީ މި މުބާރާތަކީ މިހާތަނަށް އެންމެ ފުރިހަމަ އިންތިޒާމްތަކާއެކު ކުރިއަށްދާނެ މުބާރާތް ކަމަށެވެ.

ސިންގަލް އަދި މިކްސްޑް ޑަބަލްސް އިވެންޓު ހިމަނައިގެން ބާއްވާ މި މުބާރާތުގައި މިއަހަރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަންހެން ކުޅުންތެރިން މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ވާދަކުރާކަމެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ކޮންމެ އޮފީހަކުންވެސް އަންހެން އެއް ކުޅުންތެރިއެއް ވަނީ ބައިވެރިވެފައެވެ. އަދި ބައެއް އޮފީސްތަކުން ދެ ކުޅުންތެރިން ބައިވެރިވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ 13 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު ގްރޫޕް "އޭ"ގައި ހިމެނޭ ޓީމުތަކަކީ ވިލާ، އެމްޕީއެލް، އެމްޑަބްލިއުއެސްސީ، ރައީސް އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް އަދި އެމްއޭސީއެލްއެވެ. އަދި ގްރޫޕް "ބީ"ގައި ހިމެނެނީ ސްޓެލްކޯ، މޯލްޑިވިއަން، ޓީއެމްއޭ، އެމްއައިބީ، ކަސްޓަމްސް އަދި ޕީއެސްއެމްއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ބިލިއާޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ބިޝާރު ވިދާޅުވީ ކުރިން އަހަރުތަކާ ތަފާތުކޮށް މިއަހަރުގެ މުބާރާތުގައި އަންހެން ކުޅުންތެރިން ވާދަކުރާކަމީ އެ ކުޅިވަރަށް ހުޅުވުނު އާ ސޮފުހާއެއް ކަމަށެވެ.

އެގޮތުން މިއަހަރުގެ މުބާރާތުގެ ނަތީޖާއަށް ބެލުމަށްފަހު އަންނަ އަހަރު އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބިލިއަޑް މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް