ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 18:32
 ވާލްޑް ބޭންކުން ދިވެހިރާއްޖެއާއި ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް
ވާލްޑް ބޭންކުން ދިވެހިރާއްޖެއާއި ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް
ކޯޕަރޭޓް މޯލްޑިވްސް
ރާއްޖޭގެ އިގްތިސޯދު ކުރިއެރުން
މި އަހަރު ރާއްޖޭގެ އިގްތިސާދު 17.1 އިންސައްތައަށް ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި
 
182 މިލިއަން ޑޮލަރުގެ އަގުހުރި 10 މަޝްރޫއެއް ވާލްޑް ބޭންކުން މިވަގުތު ރާއްޖޭގައި ހިންގާ
 
ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ލޮޅުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި
 
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ވަރަށް ބާރަށް ކުރިއަރަން ފަށާފައި

މި އަހަރު ރާއްޖޭގެ އިގްތިސާދު 17.1 އިންސައްތައަށް ކުރިއަރާނެކަމަށް ވާލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވާލްޑް ބޭންކުން ދިވެހިރާއްޖެއާއި ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާއިން އަރައިގަނެ، ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރާއްޖެއަށް ޒިޔާރަތް ކުރައްވާ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސޯދީ ކާރިސާއިން އަރައިގަނެ، ކުރިއަށްވުރެ ރަނގަޅަށް އިގްތިސޯދު ބިނާކުރުމުގައި އެހީތެރިވުމާ ގުޅޭގޮތުން ރާއްޖެއާއެކު ވާލްޑް ބޭންކުން ކުރިއަށްގެންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް ވިދާޅުވީ އެކަށޭނަ ފިޔަވަޅުތަކާއި އެ ކަންކަމަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ވަރަށް ބާރަށް ކުރިއަރަން ފަށާފައި ކަމަށެވެ. އެއާއެކު، ރާއްޖޭގެ އިގުތިސޯދުވެސް މިހާރު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައިކަން ފާހަގަކުރެއްވިއެވެ.

އިގުތިސޯދީ ކުރިއެރުން ލަފާކުރެވޭ ގޮތުގެ މައްޗަށް ބިނާކޮށް، މާލީ ޙާލަތާއި ދަރަނި ބެލެހެއްޓުން މެނޭޖުކޮށްގެން، ކުރިއަށް ވުރެ ތިމާވެއްޓާ ރަށްޓެހި، ކުރިމަތިވެދާނެ ކާރިޡާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާ އަދި އެންމެހާ ދިވެހިންނަށް އޭގެ ފައިދާ ކުރާ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީ ރާއްޖެ އަށް ހާސިލްކުރެވިދާނެ.
ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް

މި ދަތުރުފުޅު ކުރައްވާފައިވަނީ، މި މަހުގެ 15 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ވާލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން ރިޕޯޓް ނެރުމަށް ފަހު އެވެ. ރާއްޖޭގެ މިހާރުގެ އިގުތިސޯދީ ހާލަތާއި އަދި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލެވިފައިވާ މި ރިޕޯޓްގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ބޮޑެތި ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.

އެގޮތުން، އޭގެ ކުރީ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު ވަނީ ގާތްގަނޑަކަށް 30 އިންސައްތަ ދަށަށް ގޮސްފަ އެވެ. ނަމަވެސް، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ބާރަށް ކުރިއަރަމުން ދިއުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވެމުން އަންނަ އިންވެސްޓްމަންޓްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ރާއްޖޭގެ އިގްތިސޯދު 17.1 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވާލްޑް ބޭންކުން ލަފާކުރެ އެވެ. ހަމަ އެއާއެކު، ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމާއި ތަރައްގީގެ ދަތުރުގައި އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކުގެ މައްޗަށްވެސް މި ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރެއްވި ދަތުރުފުޅުގައި، ވާލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރ ވަނީ ވާލްޑް ބޭންކުގެ އެހީގައި ހިންގޭ މުހިންމު މަޝްރޫއުތައް ވިލަރެސްކުރައްވާ މިނިސްޓަރުންނާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ، ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ލޮޅުންތަކާ ގުޅޭ ގޮތުންނެވެ. ހަމަ އެއާއިއެކު، މި ކާރިސާއިން އަރައިގަނެ، އެންމެންގެ ބައިވެރިވުން އޮންނަ އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނެ ގޮތަށް ކުރިއަށްވުރެ ރަނގަޅަށް އިގްތިސޯދު އާރާސްތުކުރުމުގައި ރާއްޖެއަށް އެހީތެރިވުމުގައި ވާލްޑް ބޭންކުން ތައްޔާރަށް އޮތްކަންވެސް ކަންޓްރީ ޑިރެކްޓަރވަނީ ހިއްސާކުރައްވާފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވާލްޑް ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހު ދިވެހިރާއްޖެއަށް ފޯރުކޮށްދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއްވެސް ދިވެހިރާއްޖެއަށް ވަނީ ހަމަޖައްސައިދެވިފަ އެވެ.

ހަމަ އެއާއިއެކު، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށް ރާއްޖެއަށް އެހީތެރިވުމަށް ހިންގޭ 12.8 މިލިއަން ޑޮލަރުގެ އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް މިދިޔަ ޖޫންމަހު ފަށައި، މިދިޔަ ޖެނުއަރީމަހު ވަނީ އިތުރު 21.6 މިލިއަން ޑޮލަރާއެކު އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ޖުމްލަ 182 މިލިއަން ޑޮލަރުގެ އަގުހުރި 10 މަޝްރޫއެއް ވާލްޑް ބޭންކުން މިވަގުތު ރާއްޖޭގައި ހިންގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
33%
33%
0%
33%
0%
0%
ކޮމެންޓް