ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 16:06
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމްގައި ޖަމާއަތުގައި ނަމާދުކުރާތަން
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމްގައި ޖަމާއަތުގައި ނަމާދުކުރާތަން
ޕިންޓްރެސްޓް
ދަމު ނަމާދުކުރުމާއި އިޢުތިކާފަށް ތިބުމުގެ އިންތިޒާ
ފަހު ދިހައެއްގައި މާލޭގައި ދަމު ނަމާދުކުރާނީ 23 މިސްކިތެއްގައި!
 
އިޢުތިކާފަށް ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ މާލޭގެ 5 މިސްކިތަކާއި ވިލިމާލޭގެ މިސްކިތެއްގެ އިތުރަށް ހުޅުމާލޭގެ 2 މިސްކިތެއްގައި
 
މާލެއިން 16 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެއްގައި
 
އިއުތިކާފަށް ތިބުމަށް މާލެ ސަރަހައްދުން 08 މިސްކިތެއް ވަނީ ހަމަޖައްސާފައި

ފަހު ދިހައެއްގައި މާލޭގައި ދަމު ނަމާދުކުރާނީ 23 މިސްކިތެއްގައިކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ރޯދަ މަހުގެ ފަހު 10 ގައި މާލޭގައި ދަމު ނަމާދާއި އިއުތިކާފަށް ތިބެވޭނެ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާ އިއުލާނުކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ދަމު ނަމާދު ކުރާނީ 23 މިސްކިތެއް ގައި ކަމަށެވެ. އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވަނީ 08 މިސްކިތެއްގައި ކަމަށެވެ.

މާލޭ ސަރަހައްދުގައި ދަމު ނަމާދުކުރުމަށް މާލެއިން 16 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެއް ހިމަނާފައިވެއެވެ. މާލޭގައި ދަމު ނަމާދުކުރާ މިސްކިތްތަކަކީ، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)، މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ، މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން، މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު، މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން، މަސްޖިދު ޞަލާޙުއްދީން، މަސްޖިދު ފުރްޤާން، މަސްޖިދު ޖަލާލުއްދީން، މަސްޖިދުއްނޫރު، އިބްރާހީމީ މިސްކިތް، މަސްޖިދުއްޝަހީދު ޢަލީ، މަސްޖިދު އިސްކަންދަރު، މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)، މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން އަދި މަސްޖިދުއްސުލްޠާން މުޙައްމަދު ޖަމީލު ދީދީ މިސްކިތެވެ.

ވިލިމާލޭގައި ދަމު ނަމާދުކުރަން ހަމަޖައްސާފައިވަނީ މަސްޖިދުއްސަލާމް، މަސްޖިދުލްއިޚްލާޞް އަދި މަސްޖިދުލް ބިއްރީގައެވެ. ހުޅުމާލެގައި ދަމު ނަމާދުކުރާނީ މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު ޢުމަރު ބިން ޚައްޠާބު، މަސްޖިދުލް ވާލިދައިނި އަދި ހުޅުމާލެ ނެއިބަހުޑް 3ގައި ހުންނަ ވަގުތީ މިސްކިތުގައެވެ.

އިސްލާމިކް މިނިސްޓަރީން ވަނީ ދަމުނަމާދު ކުރުމުގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައެވެ. މިގޮތުން މާލޭގެ 5 މިސްކިތަކާއި ވިލިމާލޭގެ މިސްކިތެއްގެ އިތުރަށް ހުޅުމާލޭގެ 2 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން އިޢުތިކާފަށް ތިބުމަށް ހަމަޖެހިގައިވާ މިސްކިތްތަކަކީ، މާލެއިން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)، މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ، މަސްޖިދު ފުރުޤާން، މަސްޖިދު ޖަލާލުއްދީން އަދި މަސްޖިދުއްޝަހީދު އަލީގައެވެ. ވިލިމާލޭފައި އިޢުތިކާފަށް ތިބޭނީ މަސްޖިދުލްއިޚްލާޞްގައި އެކަންޏެވެ. އަދި ހުޅުމާލޭގައި އިޢުތިކާފަށް ތިބޭނީ މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ އަދި މަސްޖިދު ޢަޒީޒާ މޫސާގައެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައަކީ، މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަން ބޮޑު، ހަމަ އެހެންމެ އެ ރެއެއްގައި ކުރެވޭ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގައި ކަމުގައި ވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމުނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ. ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 2:00ން ފެށިގެންނެވެ.

ކޮންމެ ރޯދަމަހެއްގެ ވެސް ފަހު ދިހައިގައި ރަސޫލުﷲ صلى الله عليه و سلم އިޢްތިކާފުކުރައްވާ ކަމަށް ޘާބިތުވެފައިވެއެވެ. ހަމައެހެންމެ، އެކަލޭގެފާނުގެ އެންމެ ފަހު ރޯދަމަހުގައި ވިހި ދުވަހު އިޢްތިކާފުކުރެއްވިކަމަށްވެއެވެ. އިޢްތިކާފުކުރާ މީހާގެ މައްޗަށް ވަނީ ގިނަ ގިނައިން ޤުރުއާން ތިލާވަތުކުރުމާއި، މާތް ﷲ މަތިން ހަނދުމަކުރުމާއި، ޛިކުރުކުރުމާއި، ދުޢާކުރުންފަ ދަ އަޅުކަންތަކުގައި މަޝްޢޫލުވެ ހުރުމެވެ. އެހެނީ، އިޢްތިކާފު ކުރުމުގެ މަޤްޞަދަކީ ވެސް، ދުނިޔޭގެ ހަލަބޮލިކަމުން އެކަހެރިވެ މާތް ﷲ ގެ ރުހުން ލިބޭފަދަ އަޅުކަންތައް ކުރުމަށް މިސްކިތުގައި ހުސްވެގަތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް