ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 11:50
ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް
ފުލުހުންގެ ޚިދުމަތުގެ އިސްތިއުނާފު ކޮމެޓީ އެކުލަވަ
ފުލުހުންގެ ޚިދުމަތުގެ އިސްތިއުނާފު ކޮމެޓީ އެކުލަވާލައިފި
 
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ ޚިދުމަތުގެ އިސްތިއުނާފު ކޮމެޓީއަށް ފަސް މެންބަރުން އައްޔަނު ކުރައްވާފައިވޭ
 
މި ކޮމެޓީއަކީ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އެކުލަވާލެވޭ ކޮމެޓީއެެއް
 
އައު ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކޮމެޓީއެއް އެކުލަވާލުމަށް އެގާނޫނުން ހޯމް މިނިސްޓަރުގެ މައްޗަށް ލާޒިމްކުރޭ

އަލަށް އަމަލުކުރަންފެށުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން، ފުލުހުންގެ ޚިދުމަތުގެ އިސްތިއުނާފު ކޮމެޓީ އެކުލަވާލައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، އަންގާރަ ދުވަހު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ ޚިދުމަތުގެ އިސްތިއުނާފު ކޮމެޓީއަށް ފަސް މެންބަރުން އައްޔަނު ކުރައްވާފައިވާކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލެވުނު ފުލުހުންގެ ޚިދުމަތުގެ އިސްތިއުނާފު ކޮމެޓީއަށް ހޯމް މިނިސްޓަރު އައްޔަނުކުރެއްވި މެންބަރުންނަކީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) މުޙައްމަދު ޞާދިޤާއި, ގދ. ރަތަފަންދޫ، ޗަނބޭލީވިލާ އަލްއުސްތާޛު އަޒްމީން ރަޝީދާއި، މ. ސަލްޖަމްގެ ފާތިމަތު ލީނާއާއި، މ. ލިލީސް އަލްއުސްތާޛާ މިންނާ ނާފިޒްގެ އިތުރުން ހއ. ހޯރަފުށި، ބްލެސް އަލްއުސްތާޛު އަހްމަދު ޝިހާދުއެވެ.

ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 89 ވަނަ މާއްދާގެ (ހ) ދަށުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޕޮލިސް ބޯޑުގެ ލަފާގެ މަތިން އިސްތިއުނާފު ކޮމެޓީއެއް އެކުލަވާލުމަށް ހޯމް މިނިސްޓަރުގެ މައްޗަށް ލާޒިމްކުރެއެވެ. މި ކޮމެޓީއަކީ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އާންމު ރައްޔިތުންގެ ތެރެއިން ނަގާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނަށް އަމަލުކުރަން ފެށީ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. މިގާނޫނު ތަސްދީގުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުން މި ގާނޫނު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން