ކ. މާލެ
|
25 އޭޕްރިލް 2021 | އާދީއްތަ 23:07
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ވެކްސިން
ރާއްޖެއިން ހޮނިހިރު ދުވަހު 7،000ށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވޭ
 
ވެކްސިން ޖެހި މީހުންގެ ޖުމްލަ 291،227ށް އަރާފައިވާއިރު އޭގެ ތެރެއިން ދެވަނަ ޑޯޒު ޖެހީ 76،923 މީހުން
 
ހޮނިހިރު ދުވަހު ރާއްޖެއިން ދެވަނަ ޑޯޒު ޖެހީ 5،940 މީހުން
 
ހޮނިހިރު ދުވަހު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 1،213

ރާއްޖެއިން ހޮނިހިރު ދުވަހު 7،000ށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ހޮނިހިރު ދުވަހު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 1،213 މީހުންނެވެ. އޭގެ ތެރެއިން 367 މީހުން ވެކްސިން ޖެހީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 846 މީހުންނެވެ. ހޮނިހިރު ދުވަހު ރާއްޖެއިން ދެވަނަ ޑޯޒު ޖެހީ 5،940 މީހުންނެވެ. އޭގެ ތެރެއިން 3،157 މީހުން ވެކްސިން ޖެހީ މަލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 2،786 މީހުންނެވެ.

މިއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ 291،227ށް އަރާފައިވާއިރު އޭގެ ތެރެއިން ދެވަނަ ޑޯޒު ޖެހީ 76،923 މީހުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދާއިރު، ދެވަނަ ޑޯޒު ޖަހަން ފަށާފައި ވަނީ މި މަހު ކުރީކޮޅުއެވެ. ދެވަނަ ޑޯޒު ޖަހަނީ ކޮވިޝީލްޑް ވެކްސިންއާއި ސިނޮފަރމް ވެކްސިންގެއެވެ. ދެވަނަ ޑޯޒުޖަހަން ފެށުމާއެކު ވެކްސިން ކިއުތަކުގައި މައްސަލަ ދިމާވެ އެކަމުގެ ރަގަޅު އުސޫލެއް ނެތި ކަންބޮޑުވުންތައް އިތުރުވެފައިވާތީ އެކަން ހައްލުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިހާރު ރާއްޖޭގައި ޖުމްލަ ތިން ވެކްސިނެއް އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމް ވެކްސިން އަދި ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން މިވަގުތު އާންމުންނަށް ފުރަތަމަ ޑޯޒު ޖަހަނީ ސިނޮފަރމްގެ އެކަންޏެވެ. އަދި ފައިޒާ ވެކްސިން ދެނީ ވަކި ޚާއްސަ ހާލަތެއްގައި ތިބޭ މީހުންނަށެވެ. މިހާރު ދެވަނަ ޑޯޒު ޖަހަނީ ކޮވިޝީލްޑް އަދި ސިނޮފާމްގެއެވެ.

ސިނޮފާމްގެ ދެވަނަ ޑޯޒު ޖަހައިދެނީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާއި، ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މާލެ ސަރަހައްދުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒްދެމުން އަންނަނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީއާއި ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް