ކ. މާލެ
|
23 އޭޕްރިލް 2021 | ހުކުރު 11:33
ބ. އޭދަފުށި - މިހާތަނަށް 24 މީހުން ކޮވިޑަށް ޕޮޒިޓިވް
ބ. އޭދަފުށި - މިހާތަނަށް 24 މީހުން ކޮވިޑަށް ޕޮޒިޓިވް
އޭދަފުށި ޓައިމްސް
އޭދަފުށިން ކޮވިޑްގެ ގިނަ ކޭސްތަކެއް
ކޮވިޑްގެ ކޭސްތަކެއް ފެނި އޭދަފުށްޓަށް ދަތުރުކުރި މީހުން އެންގުމަށް އެޗްޕީއޭއިން އެދިއްޖެ
 
ފުރަތަމަ ކޭސް ރިޕޯޓުކުރީ މިމަހުގެ 19ވަނަ ދުވަހު
 
01 އޭޕްރީލްގެ ފަހުން ބ. އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާނަމަ އެޗްޕީއޭއަށް އަންގަން ޖެހޭ

ބ އޭދަފުށިން ކޮވިޑް-19ގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވާތީ މިމަހު އެރަށުގައި އުޅެފައިވާ ފަރާތްތައް އެންގުމަށް އެޗްޕީއޭއިން އެދިއްޖެއެެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، 01 އޭޕްރީލް 2021 ގެ ފަހުން ބ. އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެމަށެވެ. އަދި މިތާރީޚްގެ ފަހުން ބ އޭދަފުއްޓަށް ގޮސްފައިވާ ފަރާތެއްވާނަމަ، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އަދި 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރުމަށެވެ. އަދި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެކަމަށް އެޗްޕީއޭއިން ބުނފައިވެއެވެ.

އަދި 01 އޭޕްރީލް 2021 ގެ ފަހުން ބ. އޭދަފުށިއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށާއި، ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އޭދަފުށިއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބުމަށް ވަނީ އަންގާފައެވެ. އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު އެޗްޕީއޭއާ ހިއްސާކުރެއްވުމަށް އަންގާފައިވާއިރު، 10 ދުވަސް ހަމަވެފައިވާ މީހުންވެސް ސާމްޕަލް ނަގަައި ޓެސްޓްކުރަންވާނެ ކަމަށް ބުނެއެވެ.

އޭދަފުށިން ފުރަތަމަ ކޭސް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. މިހާތަނަށް 400ށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، ބައްޔަށް ޕޮޒިޓިވްވެގެން 24 މީހަކުވަނީ ރިޕޮޓުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް