ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 22:26
ޖުޑިޝަރީގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދިނުން
ޖުޑިޝަރީގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދިނުން
ޖޭއެސްސީ
ވެކްސިން ޖެހުން
ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 60،000ށް ވުރެ މައްޗަށް
 
މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 287،171ށް އަރާފައި
 
ބުދަ ދުވަހު މުޅި ރާއްޖެއިން ޖުމްލަ 7378 މީހުން ވެކްސިން ޖެހި
 
ރާއްޖޭގައި މިވަގުތު ކޮވިޝިލްޑް އަދި ސިނޮފަރމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން

ރާއްޖެއިން މިހާތަނަށް 60،000ށް ވުރެ ގިނަ މީހުން ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންތަކުގެ ދެވަނަ ޑޯޒު ޖަހާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހު މުޅި ރާއްޖެއިން ޖުމްލަ 7378 މީހުން ވެކްސިން ޖާހާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި 1609 މީހުންނާއި ދެވަނަ ޑޯޒް ޖެހި5769 މީހުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 287،171ށް އަރާފައެވެ. އޭގެތެރެއިން 62,586 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މިހާރު އަންނަނީ ދެވަނަ ޑޯޒް ދެމުންނެވެ. މާލެ ސަރަހައްދުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.

ޗައިނާގެ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފެށީ މިދިޔަ މަހުގެ 17 ގައެވެ. ސިނޮފަރމްގެ ދެވަނަ ޑޯޒްޖެހުމުގެ މަސައްކަތް އޭޕްރީލް 20 ވަނަ ދުވަހު ފަށާފައިވާއިރު، ސިނޮފަރމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެނީ ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ފުރަތަމަ ޑޯޒްގެ ގޮތުގައި ޗައިނާގެ ސިނޮފާރމް ވެކްސިން ދެމުން ގެންދާއިރު މި ޑޯޒް ޖަހައިދެނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. މި ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. ޚާއްސަ ހާލަތުގައި ފައިޒަރ ވެކްސިން ދޭންވެސް ވަނީ ފަށާފައެވެ. އެ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް