ކ. މާލެ
|
22 އޭޕްރިލް 2021 | ބުރާސްފަތި 11:57
"އެންމެން ކައިގެން" އެކަކު އަނެކަކަށް އެހީތެރިވުމުގެ ރީތި މިސާލެއް
"އެންމެން ކައިގެން" އެކަކު އަނެކަކަށް އެހީތެރިވުމުގެ ރީތި މިސާލެއް
ޓްވިޓަރ
އެންމެން ކައިގެން ކެމްޕެއިން
"އެންމެން ކައިގެން" އެކަކު އަނެކަކަށް އެހީތެރިވުމުގެ ރީތި މިސާލެއް
 
މި ރޯދަމަހު ހުރިހާ އެންމެން ވެސް ކައިގެން ތިބުން މަގްސަދަކީ
 
ހެންވޭރު ދަނޑު ކުރިމަތީގައި ހުންނަ ޔޫތު ސެންޓަރުން ކޮންމެ ރެއަކު 9:30 އިން 12:00 އަށް ކާއެއްޗެހި ބަލައިގަންނާނެ

"އެންމެން ކައިގެން" މި ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

ރަމަޟާން މަހަކީ އެހެން މަސްތަކާ އަޅާބަލާއިރު އިސްރާފުކުރުން ގިނަ މަހެކެވެ. ރޯދަ ވީއްލާ ގަޑިއަށް ސުފުރާމަތި ފުރާލަނީ ތަފާތު ބާވަތްތަކުގެ ކާއްޗެހިންނެވެ. ސުފުރާ މަތިން ބާކީވާ ތަކެތި ގިނަފަހަރަށް ޖެހެނީ އުކާލާށެވެ. އެހެންނަމަވެސް މިހާރު މި ތަކެތި ބޭނުން ޖެހިފައި ހުންނަ ކޮންމެވެސް މީހަކަށް ހަދިޔާ ކުރުމުގެ ފުރުސަތު މިއޮތީ ހުޅުވިފައެވެ.

"#އެންމެންކައިގެން"ގެ ނަމުގައި ޒުވާނަކު ހިންގަން ފެށި މި ކެމްޕެއިނަށް ފުރަތަމަ ރޭވެސް ވަރަށް ތަރުހީބު ލިބުނެވެ. ހެންވޭރު ދަނޑު ކުރިމަތީގައި ހުންނަ ޔޫތު ސެންޓަރުން ކޮންމެ ރެއަކު 9:30 ން 12:00 ށް ކާ އެއްޗެހި ބަލައިގަނެ، ބޭނުން ޖެހިފައިވާ މީހުންނަށް ބަހަން ވަނީ ފަށާފައެވެ. ބޭނުމަކީ އިސްރާފުވުން ކުޑަކޮށް އެހެން ބަޔަކަށް ފޯރުކޮށްދޭނެ މަގު ފަހިކޮށްދިނުމެވެ.

އެންމެންކައިގެން - ކޮންމެ ރެއަކު 9:30 ން 12:00 ށް ކާ އެއްޗެހި ބަލައިގަންނާނެ

މި ހަރަކާތުގައި އިސްކޮށް އުޅޭ ފާތިމަތު ޝަންމާ ގައްޔޫމް ބުނީ، ބޭނުންވާ ކޮންމެ މީހަކަށް ވެސް އެތަނުން ކާއެއްޗެހި ލިބޭނެ ކަމަށެވެ. އަދި ކާއެއްޗެހި ބެހުމުގައި ވަކި އުމުރަކަށް، އަދި ވަކި ގައުމަކަށް ނިސްބަތްވާ މީހަކަށް ބެލުމެއްނެތި ހަމަހަމަ ކަމާއެކު ކާއެއްޗެތި ލިބޭނެ ކަމަށެވެ. ގޭގެއިން އެއްޗެހި ގެންނައިރު ރަނގަޅަށް ޕެކްކޮށްގެން ގެނައުމަށް ޝަންމަ އެދެއެވެ.

ފުރަތަމަ ޕޯސްޓަރު އިއްޔެ ޓްވިޓާގައި އާންމުކުރުމާ އެކު ބޮޑު ތަރުހީބެއް މިކަމަށް ލިބިގެން ދިޔަކަމަށް މި ޓީމުން ބުނެއެވެ. ގިނަ މީހުން އެއްޗެހި ހަދިޔާކުރަން ބޭނުންވާއިރު މިކަމަށް ބޭނުންވަނީ އެހީތެރިވާނެ ބައެއްކަމަށް އެޓީމުން ބުނެއެވެ. "އެންމެންކައިގެން" މި ޓީމުން މި ފަހި ކޮށްދިނީ އެ ފުރުސަތެވެ. ބުދަ ދުވަހުގެރޭ ފެށި މި ކެމްޕެއިނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެޓީމުން ބުނެއެވެ. އެގޮތުން ފުރަތަމަރޭ ވެސް 100 އަށްވުރެ ގިނަ މީހުންނަށް ކާއެއްޗެތި ފޯރުކޮށްދެވުނުކަމަށް އެ ޓީމުން ބުނެއެވެ.

މިފަދަ ހަރަކާތްތަކަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކަކު އަނެކަކަށް އެހީތެރިވުމުގެ ރީތީ އާދަތައް ދައްކުވައިދޭ ކަންކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
50%
0%
50%
0%
0%
ކޮމެންޓް
22 އޭޕްރިލް 2021 | ބުރާސްފަތި 13:44
ޖިޖޭ
އަދި 'އެންމެން ކައިގެން' ފަގީރުންގެ ޕެންސަން ކޮޅު ކަނޑާލާ ޕުރޮގުރާމުގެ ވާހަކަ ނުދައްކާނަންތަ؟