ކ. މާލެ
|
21 އޭޕްރިލް 2021 | ބުދަ 19:20
ކާރު ޗިޕު - ޗިޕު ލިބުމުގައި ދަތިވުމުގެ ސަބަބުން ބައެއް ކުދި ކުންފުނިތައް ބަނގުރޫޓުވުމުގެ ބިރު އެބައޮތް
ކާރު ޗިޕު - ޗިޕު ލިބުމުގައި ދަތިވުމުގެ ސަބަބުން ބައެއް ކުދި ކުންފުނިތައް ބަނގުރޫޓުވުމުގެ ބިރު އެބައޮތް
ރޮއިޓަރސް
ކާރު ޗިޕު ލިބުމުގައި ދަތިވުން
ޗިޕު ލިބުން ދަތިވެ، ޗައިނާގައި ކާރު އުފައްދާ މިންވަރު ބޮޑުތަނުން ދަށަށް!
 
މިއަހަރުގެ ތިންވަނަ ކުއާޓާއާ ހަމައަށް ޗިޕު ލިބުމުގައި ދަތިވާނެ

ކާރު ޗިޕު ލިބުމުގައި ދިމާވެފައިވާ ދަތީގެ ސަބަބުން ޗައިނާގައި ކާރު އުފައްދާ މިންވަރު ބޮޑުތަނުން ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގައި ކާރު އުފައްދާ ބިދޭސީ ބޮޑެތި ކުންފުނިތައް ކަމަށްވާ ނިޝާން މޮޓޯ، ފޯރޑް މޮޓޯ އަދި ނިއޯ އިންކް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިތަކުން ކުރިން ކާރު އުފައްދާ މިންވަރާ އަޅާބަލައި މިހާރު ކާރު އުފެއްދޭ މިންވަރު ދަށްވެފައިވާ ކަމަށާއި، އެހެން އެ ވަނީ ކާރު ޗިޕު ލިބުމުގައި ދަތިތަކަކާ ދިމާވެފައިވާތީ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއަށް ކާރު ޗިޕު ލިބުމުގައި ދިމާވެފައިވާ ދަތިތައް މިއަހަރުގެ ތިންވަނަ ކުއާޓާއާ ހަމައަށް ދެމިގެންދާނެއެވެ. އަދި ކާރު އުފައްދާ ކުންފުނިތަކަށް މިކަމުގެ ސަބަބުން ބޮޑު ގެއްލުންތަކާއި ކުރިމަތިވާނެއެވެ.

ޗައިނާގެ އެސޯސިއޭޝަން އޮފް އޮޓޯމޯބައިލް މެނުފެކްޗަރސްގެ އޮފިޝަލަކު ބުނީ ކާރު ޗިޕް ސަޕްލައި 5-8 އިންސައްތަ އާއި ދެމެދު ދަށްވެފައިވާ ކަމަށާއި، އާންމުކޮށް މި މިންވަރަށް ދައްވާނަމަވެސް އެކަމުގެ އަސަރު ކާރު އުފައްދާ ކުންފުނިތަކަށް ކުރާނެ ކަމަށެެވެ. މިކަމުގެ ސަބަބުން ކާރު އިންޑަސްޓްރީއަށް ގެއްލުން ދައްކާނެ ކަމަށާއި، މި އިންޑަސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ކުދި ކުންފުނިތައް މާކެޓުން ބޭރަށް ދާން ޖެހުމުގެ ބިރުވެސް އެބައޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް