ކ. މާލެ
|
21 އޭޕްރިލް 2021 | ބުދަ 18:58
ޕޮލިސް ބޯޑުގެ ރައީސާއި ނާއިބުރައީސް
ޕޮލިސް ބޯޑުގެ ރައީސާއި ނާއިބުރައީސް
ހޯމް މިނިސްޓްރީ
ޕޮލިސް ބޯޑުގެ ރައީސް އިންތިޚާބުކުރުން
ޕޮލިސް ބޯޑުގެ ރައީސަކަށް ފާއިޒު، ނާއިބަކަށް ފަޔާޒް ހަމަޖައްސައިފި
 
ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށް
 
ޕޮލިސް ބޯޑު އެކުލަވާލެއްވީ މި މަހުގެ 9 ވަނަ ދުވަހު
 
ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އެ ގާނޫނު ތަސްދީގުކުރިތާ ތިން މަސްފަހުން މާރޗް މަހުގެ 27 ވަނަ ދުވަހު

ފުލުހުންގެ ޚިދުމަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު އެކުލަވައިލި ޕޮލިސް ބޯޑުގެ ރައީސް އަދި ނާއިބުރައީސް އިންތިޚާބުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނިގޮތުގައި ޕޮލިސް ބޯޑުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ އަލީ ފާއިޒެވެ. އެ ބޯޑުގެ ނާއިބުރައީސް ކަމަށް އަހުމަދު ފަޔާޒް ހަސަނެވެ. ޕޮލިސް ބޯޑުގައި ދެން ތިއްބަވަނީ އާއިޝަތު ނޫރާ މުހައްމަދު، އަހުމަދު ނާޝިދު، އާދަމް އިބްރާހީމް، ހާމިދު އަބްދުލްޣަފޫރު އަދި ސަފާ ޝަރީފެވެ.

ޕޮލިސް ބޯޑު އެކުލަވާލުމާ ގުޅުގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ފައިދާހުރި މަގަށް ބައްޓަން ކުރުމަށް ޕޮލިސް ބޯޑުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި އިންތިޚާބުވި ރައީސާއި ނާއިބުރައީސް އެކަމަށް އަމާޒުހިފައި މަސައްކަތް ކުރައްވާނެކަން ޔަގީން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ގާނޫނު ތަސްދީގުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އެ ގާނޫނު ތަސްދީގުކުރިތާ ތިން މަސްފަހުން މާރޗް މަހުގެ 27 ވަނަ ދުވަހުއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި ފުލުހުންގެ ބޯޑެއް އެކުލަވާލަންޖެހެއެވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޕޮލިސް ބޯޑު އެކުލަވާލެއްވީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ. އާންމު ދެ މެންބަރުން ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާންކުރުމުން އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރާ ދެ ނަމެކެވެ.

ގާނޫނުގައި ބުނެފައިވާގޮތުން ޕޮލިސް ބޯޑުން ފުލަހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިޚުތިޔާރު ނަހަމަގޮތުގައި ބޭނުންކޮށް ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓްކުރެވިފައިވާ އޮފިސަރުންނަކީ އެމަގާމުތަކަށް ގާބިލް އަދި މަގާމާ އެކަށޭނެ ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހާތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ.

މިއޮފިސަރުންނާ މެދު ގޮތެއް ނިންމައި ތަންފީޒުކުރެވެންދެން ގާނޫނަށް އަމަލުކުރަން ފަށާއިރު އެމީހުން ތިބި އެރޭންކުތަކުގައި ދެމިތިބޭނެކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން