ކ. މާލެ
|
19 އޭޕްރިލް 2021 | ހޯމަ 18:43
ޖުޑިޝަރީގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދިނުން
ޖުޑިޝަރީގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދިނުން
ޖޭއެސްސީ
ވެކްސިން ޖެހުން
ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 45،000ށް ވުރެ މައްޗަށް
ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 281،848ށް އަރާފައި
އާދީއްތަ ދުވަހު މުޅި ރާއްޖެއިން ޖުމްލަ 8133 މީހުން ވެކްސިން ޖަހާފައިވޭ

ރާއްޖެއިން މިހާތަނަށް 45،000ށް ވުރެ ގިނަ މީހުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އާދީއްތަ ދުވަހު މުޅި ރާއްޖެއިން ޖުމްލަ 8133 މީހުން ވެކްސިން ޖާހާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި 2546 މީހުންނާއި ދެވަނަ ޑޯޒް ޖެހި5587 މީހުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 281،848ށް އަރާފައެވެ. އޭގެތެރެއިން 45817 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މިހާރު އަންނަނީ ދެވަނަ ޑޯޒް ދެމުންނެވެ. މާލެ ސަރަހައްދުގައި ދެވަނަ ޑޯޒް ދެމުން އަންނަނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.

ފުރަތަމަ ޑޯޒްގެ ގޮތުގައި ޗައިނާގެ ސިނޮފާރމް ވެކްސިން ދެމުންގެންދާއިރު މި ޑޯޒް ޖަހައިދެނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. މި ވެކްސިން ޖަހަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. ޚާއްސަ ހާލަތުގައި ފައިޒަރ ވެކްސިން ދޭންވެސް ވަނީ ފަށާފައެވެ. އެ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ.


Advertisement
- ކޮމެންޓް